Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 1:7 - ކިތާބުލް މުޤައްދަސާ

7 މާތްރަސްކަލާނގެ ރަޙުމަތްފުޅާއިމެދު ތިޔަބައިމީހުންނަށް އުނގަންނައި ދިނީ އަހަރެމެންގެ ލޮބުވެތި އެފަފުރާސް އެވެ. އޭނާއަކީ އަހަރެމެންނާއި އެކުގައި އަލްމަސީޙަށް ޚިދުމަތް ކުރުންމަތީގައިވާ އީމާންތެރި ޚާދިމެއް ވެސް މެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 1:7
19 ပူးပေါင်းရင်းမြစ်များ  

މި ޚާދިމު އޭނާގެ ފައިމައްޗަށް ވެއްޓި އާދޭސް ކުރަންފެށި. ’⁠އަހަރެންނާއި މެދު ކެތްތެރިވޭ، އަދި އަހަރެން ތިބާއަށް ދަރާފައިވާ ދަރަނި އަދާކޮށްދޭނަން!⁠‘


”⁠ސާހިބުމީހާގެ އިތުބާރު ލިބި އަދި ގޭބިސީގައިވާ އެހެނިހެން ޚާދިމުންނަށް ކަނޑައެޅިފައިވާ ވަގުތު ތަކުގައި ކާންދިނުމުގެ ފުރިހަމަ ޒިންމާ އުފުލޭފަދަ ބުއްދިވެރި އަދި ތެދުވެރި ޚާދިމަކީ ކާކު؟


ސާހިބުމީހާ ބުނި. ’⁠ވަރަށް ރަނގަޅު. ކަލެއަކީ ރަނގަޅު ވަފާތެރި ޚާދިމެއް. ކަލޭ ކުޑަ ފައިސާގެ މިންވަރަށް ވަފާތެރިވި. އެހެންވެ އަހަރެން ކަލެއާ ގިނަ މުދާތައް ހަވާލު ކުރާނަން. އަހަރެންގެ ކައިރިއަށް އައިސް އަހަރެންގެ މި އުފަލުގައި ބައިވެރިވޭ.⁠‘


މީގެ އިތުރުން އަލްމަސީޙަށް ޤަދަރު ކުރެއްވުމާއެކު ތިޔަބައިމީހުންގެ އެކަކު އަނެކަކަށް ކިޔަމަންތެރިވާށެވެ.


މިވަގުތު އަހަންނަށް ހީވަނީ ތިޔަބައިމީހުންގެ ކައިރިއަށް އެފަފުރޮދިތު އަނބުރާ ފޮނުވަންވީ ހެންނެވެ. އޭނާއަކީ ޙަޤީޤީ އަޚެކެވެ. މަސައްކަތުގެ ބައިވެރިއެކެވެ. އަދި ހަނގުރާމަވެރި އެކުވެރިއެކެވެ. އެއީ އަހަންނަށް ބޭނުންވި ހިނދު ޚަބަރު ހިފައިގެންނާއި އެހީތެރިވުމަށް ތިޔަބައިމީހުން ފޮނުވި މުރާސިލު ވެސް މެއެވެ.


ތިޔަ ސަހަރުގެ އަހުލުވެރިއެއް ކަމުގައިވާ އެފަފުރާސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އޭނާއަކީ ވެސް އީސާ އަލްމަސީޙުގެ ޚާދިމެކެވެ. އޭނާ އަބަދުވެސް ވަރަށް ޖޯޝާއެކު ތިޔަބައިމީހުންނަށްޓަކައި ދުޢާކުރެއެވެ. ރޫޙާނީގޮތުން ކުރިއަރަމުން ދިއުމަށް އެދިއާއި އަދި ތިޔަބައިމީހުންނަށް ހިތްވަރާއި ކުރިއެރުމާއި ފުރިހަމަކަން އެކަލާނގެ އެދިވޮޑިގަންނަވާނެ ފަދަޔަކުން ދެއްވުން އެދި އޭނާ ދުޢާ ކުރެއެވެ.


އަހަރެމެންނާއި އެކުގައި މާތްސާހިބަށް އީމާންތެރިކަމާއެކު ޚިދުމަތްކުރުން މަތީގައިވާ ޚާދިމު، އަދި އަހަރެމެންގެ ލޮބުވެތި އަޚު، ތިޚީކުސް އަހަރެމެންގެ ހާލުއަހުވާލު ތިޔަބައިމީހުންނަށް އަންގައިދޭނެއެވެ.


އޭނާގެ މި ދަތުރުގައި އަހަރެމެންގެ ލޮބުވެތި ވަފާދާރު އަޚު، އޮނެސިމަސް ބައިވެރިވާނެއެވެ. އޭނާއަކީ ތިޔަ ރަށުގެ އަހުލުވެރިއެއް ވެސްމެއެވެ. އެމީހުން ހުރިހާ ވާހަކައެއް ތިޔަބައިމީހުންނަށް ކިޔާދޭނެއެވެ.


ތިބާގެ އަޚުންނާއި އުޚުތުންނަށް މި ކަންތައްތައް އަންގައިދީ އޮޅުން ފިލުވައި ދީފިނަމަ އީސާ އަލްމަސީޙުގެ އެދޭވޭ ޚާދިމެއްގެ ގޮތުގައި ތިބާ ހިމެނޭނެއެވެ. އަދި ތިބާ އީމާންކަމުގެ ބަސްފުޅުތަކުންނާއި ތިބާ ތަބާވަމުން އައި ހެޔޮ އިރުޝާދުތަކުގެ ސަބަބުން ރޫޙާނީގޮތުން ތިބާ ކުރިއަރައި މުއްސަނދިވެގެން ވާކަން ފެނިގެން ދާނެއެވެ.


އަހަރެން ކިޔަވައިދިން ކަންތައް ވަރަށްގިނަ ހެކިވެރިންނާއެކު ތިބާއަށް ވާނީ އަޑުއިވިފައެވެ. އަހަރެން އެދެނީ އަހަރެން އެ ދަސްކޮށްދިން ކަންތައް އެހެންމީހުންނަށް އުނގަންނައިދެވޭނެ އިތުބާރު ހުރި ތިބި ބަޔަކަށް އެވާހަކަތައް ކިޔައިދިނުމަށެވެ.


ހަމައެއާއެކު އީސާ އަލްމަސީޙަށްޓަކައި ހައްޔަރުވެފައި އަހަރެންނާއެކު ހުރި އަހަރެންގެ ބައިވެރިއެއް ކަމަށްވާ އެފަފުރާސްގެ ތަހުނިޔާ ތިބާއަށް ފޮނުވައެވެ.


މީގެ މާނައަކީ އެކަލޭގެފާނު ހުރިހާ ގޮތަކުން ވެސް އެކަލޭގެފާނުގެ މީހުންނާ އެއްގޮތްވާން ޖެހިވަޑައިގެންނެވި ކަމެވެ. އެއީ މާތްރަސްކަލާނގެ ހަޒްރަތުގައި އެކަލޭގެފާނަށް އޯގާތެރިކަމާއި އަދި ވަފާތެރިކަމާއެކު އުއްތަމަ އިމާމެއްގެ ގޮތުގައި ޚިދުމަތް ކުރެއްވޭނެ ގޮތް ވުމަށްޓަކައެވެ. އެއީ އެގޮތުން މީސްތަކުންގެ ފާފަތަކަށް ކައްފާރާއެއް ހުށަހެޅޭނެ ގޮތް މެދުވެރި ވުމަށްޓަކައި ވެސް މެއެވެ.


އެކަލޭގެފާނަކީ އެކަލޭގެފާނު ފޮނުއްވި ކަލާނގެއަށް ވަފާތެރި ބޭކަލެކެވެ. އެއީ މޫސާގެފާނު ވެސް މާތްރަސްކަލާނގެ މީސްތަކުންނަށް ވަފާތެރިވެ ވަޑައިގަތް ފަދައިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ