Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 1:29 - ކިތާބުލް މުޤައްދަސާ

29 އަހަރެންގެ ކިބައިގައިވާ އީސާގެފާނުގެ މި މަތިވެރި ބާރުފުޅާއެކު އަހަރެން މިހާ މިންނެތް މަސައްކަތް މިކުރަނީ އެހެންވީމައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 1:29
28 ပူးပေါင်းရင်းမြစ်များ  

”⁠ސުވަރުގެއަށް ވަނުމަށް ވާ ދޮރު ވަރަށް ހަނި. އެ ހަނި ދޮރުން ވަދެވޭތޯ ބެލުމަށް ވީހާ ވެސް މަސައްކަތެއް ކުރޭ. އެއީ އެތައް ބަޔަކު ވެސް އެހަނިދޮރުން ވަންނަން އުޅޭނެ، ނަމަވެސް ނުވަދެވޭނެ.


އަދި އަހަރެމެން ފަދައިން އެކަލާނގެ ކިބަފުޅަށް އީމާންވާ ފަރާތްތަކަށް އެކަލާނގެ ދެއްވާ މަތިވެރި ބާރު ތިޔަބައިމީހުން އުނގެނިގަތުމަށް ވެސް އަހަރެން ދުޢާ ދަންނަވަމެވެ. މިބާރު އަހަރެމެންގެ ތެރޭގައި މަސައްކަތް ކުރަމުން ދަނީ އެކަލާނގެ އިލާހުވަންތަކަމުގެ ކުޅަދުންވަންތަ ކަމާއި އެއްފަދައިންނެވެ.


މާތްރަސްކަލާނގެ މަތިވެރިކަމުގެ ބޮޑުކަމާއެވެ! އަހަރެމެން އެދިދަންނަވާ ކޮންމެ ކަމެއް މާއިތުރަށް ވެސް ކޮށްދެއްވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ. އަދި އަހަރެމެންނަށް ޚިޔާލު ކުރުމަށް ކުޅެދިގެންނުވާ މިންވަރަށް ވެސް ކަންތައްތައް ކޮށްދެއްވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ. އެހެނީ އެކަލާނގެ ކުޅަދުންވަންތަކަން އަހަރެމެންގެ ކިބައިގައި މަސައްކަތް ކުރަމުން ދެއެވެ.


ވުމާއެކު، މާތްރަސްކަލާނގެ ގަދަބާރުފުޅާއެކު މި ހެޔޮޚަބަރުފުޅުގެ ޚާދިމެއްގެ ގޮތުގައި ވުމުގެ ޚާއްސަ ހަދިޔާ އެކަލާނގެ އަހަރެންނަށް ދެއްވިއެވެ.


މި ހިނދު، އަހަރެންނަށް ދެވުނަސް އަދި ނުދެވުނަސް އެންމެ މުހިންމު ކަމަކީ ތިޔަބައިމީހުންގެ ދިރިއުޅުން އިންޖީލުގައި އަލްމަސީޙު އެދިވަޑައިގަންނަވާ ގޮތަށް ބިނާ ކުރުމެވެ. އޭރުން ތިޔަބައިމީހުން އެއްބައިވަންތަ ކަމާއެކުގައި ފުރިހަމައަށް ގާއިމުވެ ތިބެ ކުރިޔަށް ދިޔައީ އިންޖީލުގައި އަލްމަސީޙު އެންގެވި މަގުސަދާ އެއްގޮތްވާ ގޮތުގެ މަތިން އެންމެންއެކީގައި އީމާންތެރިކަމުގެ ރޫޙުގައި ހިތްވަރު ކުރަމުން ދާ ކަން އަހަރެންނަށް އެނގޭނެއެވެ.


މި ހިނދު އަހަރެން މިކުރާ ހަނގުރާމައިގައި ތިޔަބައިމީހުން ވެސް ބައިވެރިވެވޭނެއެވެ. އެ ހަނގުރާމައަކީ މާޒީގައި ތިޔަބައިމީހުންނަށް ފެނިދެނިވި، އަޑުއެހި، އަދި މިއަދާއި ހަމައަށް ވެސް އަހަރެން ކުރަމުންމިދާ ހަނގުރާމައެވެ.


ސަބަބަކީ އެކަލާނގެ ތިޔަބައިމީހުންނާއި އެކުގައި ވޮޑިގެންވީ އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމުގެ އެދުން ތިޔަބައިމީހުންނަށް ދެއްވުމާއެކުގައެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ މަގުސަދާއި އެއްގޮތްވާ ގޮތުގެ މަތިން ތިޔަބައިމީހުން އަމަލުކުރުމަށެވެ.


ޙަޔާތުގެ ބަސްފުޅުގައި ވަރުގަދައަށް ހިފަހައްޓާށެވެ. އޭރުން އަލްމަސީޙު އެނބުރި ވަޑައިގަންނަވާ ދުވަހުން ތިޔަބައިމީހުންނާއިމެދު އަހަރެންނަށް ފަޚުރުވެރި ވެވޭނެއެވެ. އަދި މިކަމަށްޓަކައި އަހަރެން ކުރި މި ބުރަ މަސައްކަތް ބޭކާރު ނުވާ ކަމުގައި އަހަރެން ދެކޭނަމެވެ.


އަހަރެންގެ އެދުމަކީ ތިޔަބައިމީހުންގެ އިތުރުން ލަވުދީކިޔާގެ މަސީޙީ ޖަމާޢަތަށާއި އަދި އަހަރެންނާ ބައްދަލުނުވެ ތިބި އެންމެނަށްޓަކައި އަހަރެން މިކުރާ ބުރަ މަސައްކަތާއި އުފުލަމުން މިގެންދާ ވޭންތައް ތިޔަ އެންމެން ދެނެގަތުމެވެ.


ތިޔަބައިމީހުން ތައުބާގެ ހިނެވުމުން ހިނެވޭހިނދު އަލްމަސީޙާއި އެކުގައި ތިޔަބައިމީހުން ވެސް ވަޅުލެވެއެވެ. އަދި އެކަލޭގެފާނު އަވަހާރަވުމަށް ފަހު ދިރުނު ފަދައިން އެކަލޭގެފާނާއި އެކުގައި ތިޔަބައިމީހުން ވެސް ދިރިގެން އައިސްފައެވެ. އެއީ އީސާގެފާނު އަވަހާރަވުމަށް ފަހު މާތްރަސްކަލާނގެ ކުޅަދުންވަންތަ ބާރުފުޅުން އެކަލޭގެފާނަށް އަލުން ދިރުން ދެއްވިކަމަށް ތިޔަބައިމީހުން އީމާންވާކަމުންނެވެ.


ތިޔަ ސަހަރުގެ އަހުލުވެރިއެއް ކަމުގައިވާ އެފަފުރާސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އޭނާއަކީ ވެސް އީސާ އަލްމަސީޙުގެ ޚާދިމެކެވެ. އޭނާ އަބަދުވެސް ވަރަށް ޖޯޝާއެކު ތިޔަބައިމީހުންނަށްޓަކައި ދުޢާކުރެއެވެ. ރޫޙާނީގޮތުން ކުރިއަރަމުން ދިއުމަށް އެދިއާއި އަދި ތިޔަބައިމީހުންނަށް ހިތްވަރާއި ކުރިއެރުމާއި ފުރިހަމަކަން އެކަލާނގެ އެދިވޮޑިގަންނަވާނެ ފަދަޔަކުން ދެއްވުން އެދި އޭނާ ދުޢާ ކުރެއެވެ.


އަޚުންނާއި އުޚުތުންނޭވެ. އަހަރެމެން ކުރި މަސައްކަތާއި އަދި އުފުލި އުނދަގޫ ތިޔަބައިމީހުން ހަނދާން ހުންނާނެއެވެ. މާތްރަސްކަލާނގެ ބާވައިލެއްވި ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް ވަޢުޡު އިއްވުމުގައި އަހަރެމެން ރެޔާދުވާލު ނުހަނު ބުރަކޮށް މަސައްކަތް ކުރީ ތިޔަބައިމީހުންނަށް ކުޑަވެސް ބުރައެއް ނުޖެއްސުމަށްޓަކައެވެ.


އަދި އެއްވެސް މީހެއްގެ އެއްޗެއް އަހަރެމެން ހިލޭ ނުކަމެވެ. އަހަރެމެންނަކީ ތިޔަބައިމީހުންނަށް ބުރައެއް ކަމުގައި ނުވުމަށްޓަކައި ދުވާލާއި ރޭގަނޑު އަހަރެމެން ނުހަނު ބުރަކޮށް މަސައްކަތް ކުރީމެވެ.


މިފަދަ ކޮންމެ ދަތިކަމަކަށް ކެތްކުރުމަށް އަހަރެން ތައްޔާރުގައި މިހިރީ މާތްކަލާނގެ ހޮއްވެވި މީހުންނަށް އަލްމަސީޙު އީސާގެފާނު މެދުވެރި ކުރައްވައި ނިމުމެއް ނުވާ ޖަލާލަތުކަމާއެކު ދިންނެވުން ލިބޭނެ ގޮތް ވުމަށްޓަކައެވެ.


ފާފަޔާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ތިޔައިން އެކަކު ވެސް މަރާ ކުރިމަތިލާ ހިސާބަކަށް އަދިއެއް ނުދެއެވެ.


އަހަރެންގެ ދުޢާއަކީ އަހަރެމެން އެންމެންގެ ކިބައިގައި އެ މަތިވެރި ކަލާނގެ ރުހިވޮޑިގެންވާނެ ފަދަ ހެޔޮކަންތައް ކުރެވޭނެ ހުރިހާ ވަސީލަތްތަކެއް ލެއްވުމެވެ. އީސާގެފާނު މެދުވެރިވެ އެކަލާނގެ ރުހިވޮޑިގަންނަވާ ފަދައިން ކަންތައް ކުރެވޭނެ ގޮތް އަހަރެމެންގެ ކިބައިގައި ލައްވާށިއެވެ. ހުރިހާ ވެސް ޖަލާލަތުކަމެއް ތާއަބަދަށް ހުރީ އީސާ އަލްމަސީޙަށެވެ! އާމީން!


ތިޔަބައިމީހުން ކެތްތެރިކަމާއެކު އަހަރެންނަށްޓަކައި ވޭން އުފުލީމު. އަދި ތިޔަބައިމީހުން ސާބިތުވެ ތިބި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ