ކުލޫއްސީގެ މަސީޙީންނަށް ސިޓީ 1:24 - ކިތާބުލް މުޤައްދަސާ24 މިއަދު ތިޔަބައިމީހުންނަށްޓަކައި އަހަރެން މިވޭންތައް އުފުލަމުން ދާއިރު އަހަރެން މިވަނީ އުފަލުގައެވެ. އެއީ އަހަރެން ޖިސްމާނީ ގޮތުން އުފުލަމުން މިދަނީ އީސާ އަލްމަސީޙު އެކަލޭގެފާނުގެ ހަށިކޮޅު ކަމަށްވާ އެކަލޭގެފާނުގެ ޖަމާޢަތާމެދު އުފުލަމުން ގެންދަވާ ވޭނުގައި އަހަރެން ބައިވެރިވާތީއެވެ. အခန်းကိုကြည့်ပါ။ |
އެކަލޭގެފާނީ މަސީޙީ ޖަމާޢަތުގެ ބޮލެވެ. އެކަލޭގެފާނަކީ އެ ހަށިގަނޑަށް ދިރިހުރުން ގެނަސްދޭ ވަސީލަތް ވެސް މެއެވެ. އެކަލޭގެފާނަކީ އެންމެ ފުރަތަމަ ފެށުމެވެ. މަރުވުމަށް ފަހު އެންމެ ކުރީން އަލުން ދިރުއްވާފައި ވަނީ ވެސް އެކަލޭގެފާނެވެ. އެއީ ހުރިހާ ތަކެއްޗެއްގެ ތެރޭން އެންމެ ފުރަތަމަ މަޤާމު އެކަލޭގެފާނަށް ދެއްވުމަށްޓަކައެވެ.
އެހެންވީމާ، މާތްރަސްކަލާނގެ އާއިމެދު މީސްތަކުންނަށް އަންގައި ދިނުމުގައި ތިބާ ލަދުވެތި ނުވާށެވެ. އަދި އަހަރެން އީސާ އަލްމަސީޙަށްޓަކައި ހުރަގޭގައި ހައްޔަރުވެފައި ވާތީވެ އަހަރެންނާމެދުގައި ވެސް ލަދުވެތި ނުވާށެވެ. އަދި މާތްރަސްކަލާނގެ ތިބާއަށް ދެއްވި މަތިވެރި ބާރާއެކު އަހަރެންނެކޭ އެއްފަދައިން އެ ހެޔޮޚަބަރުފުޅު އިޢުލާންކުރާއިރު ވޭން އުފުލުމަށް ތިބާ ވެސް ތައްޔާރުވެ ހުންނާށެވެ.