Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 1:2 - ކިތާބުލް މުޤައްދަސާ

2 ކުލޫއްސީގައި ތިބި އަލްމަސީޙަށް ތަބާވެ އީމާންކަން މަތީ ތިބި މާތްކަލާނގެ މުޤައްދަސް ކުރެއްވި މީހުން ކަމަށްވާ އަހަރެމެންގެ އަޚުންނާއި އުޚުތުންނަށް ލިޔަމެވެ. ތިޔަ ހުރިހާ އެންމެންނަށް އަހަރެމެންގެ ބައްޕާފުޅު، މާތްކަލާނގެ ނިޢުމަތްފުޅާއި ސުލްޙަވެރިކަން ލައްވާށިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 1:2
14 ပူးပေါင်းရင်းမြစ်များ  

އަނާނިޔާހު މާތްސާހިބާއަށް ދެންނެވިއެވެ. ”⁠އެކަމަކު މާތްސާހިބާ އަޅުގަނޑު ވަރަށް ގިނަ ގޮތް ގޮތުން ވެސް އަހާފައިވާ ގޮތުގައި ތިޔަ މީހާއަކީ ޖެރޫސަލަމުގައި ކަލޭގެފާނަށް އީމާންވެގެން ތިބި މީހުންނަށް ވަރަށް ނުބައިކޮން ކަން ކުރި މީހެއް.


މީގެ މާނައަކީ އިބްރާހީމްގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވުމުން ދެއްވި ފަދަ ރަޙުމަތެއް އަލްމަސީޙަށް އީމާންވި ކޮންމެ މީހަކަށް ވެސް ހަމަ ލިބޭނެ ކަމެވެ.


މި ސިޓީ އަކީ އީސާ އަލްމަސީޙުގެ މަންދޫބެއްގެ ގޮތުގައި މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި ޕައުލްގެ ފަރާތުން ފޮނުވާ ސިޓީ އެކެވެ. މި ސިޓީ މި ލިޔަނީ އެފޭސުސްގައިވާ މާތްކަލާނގެ މުޤައްދަސް ކުރެއްވި އަލްމަސީހަށް އީމާންވާ ހުރިހާ އެންމެންނަށެވެ. އެ ހުރިހާ އެންމެންނަކީ އީސާ އަލްމަސީޙަށް ވަފާތެރިވެ އީމާންކަން މަތީވާ ފަރާތްތައް ވެސް މެއެވެ.


އަލްމަސީޙަށް ޚިދުމަތްކުރުންމަތީގައިވާ އިތުބާރު ކުރަނިވި ޚާދިމު އަހަރެމެންގެ ލޮބުވެތި އަޚު ތިޚީކުސް އަހަރެންނާއިމެދުގައި ވީ ޚަބަރުތައް ތިޔަބައިމީހުންނަށް އަންގައިދޭނެއެވެ. އޭރުން ތިޔަބައިމީހުންނަށް އަހަރެންގެ ހާލު އޮޅުންފިލައި އަހަރެން ކުރަނީ ކޮންކަމެއްކަން އެނގޭނެއެވެ.


މި ސިޓީ އަކީ އަލްމަސީޙު އީސާގެފާނުގެ ޚާދިމުން ކަމުގައިވާ ޕައުލް އާއި ތިމޮތީގެ ފަރާތުން ފޮނުވާ ސިޓީއެކެވެ. މިސިޓީ މިލިޔަނީ އީސާ އަލްމަސީހަށް އީމާންވެގެންވީ މާތްކަލާނގެ މުޤައްދަސްކުރެއްވި ފިލިއްޕީގެ އެންމެހައި ފަރާތްތަކަށާއި މަސީޙީ ޖަމާޢަތުގެ ބޮޑުންނާއި އެހީތެރިންނަށެވެ.


އެންމެ ކުރީއްސުރެން މާތްރަސްކަލާނގެ، ބައްޕާފުޅަށް ތިޔަބައިމީހުން އެނގިވޮޑިގެންވުމާއެކު އެކަލާނގެ ވަނީ ތިޔަބައިމީހުން ޚިޔާރު ކުރައްވާފައެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ މަގުސަދަށްޓަކައި މާތްރޫޙުފުޅު މެދުވެރިކުރައްވައި ތިޔަބައިމީހުން މާތްކުރައްވާފައި ވުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތިޔަބައިމީހުން ވަނީ އެކަލޭގެފާނުގެ ލޭފޮދުން ތާހިރުކުރެވިފައެވެ. އަދި ތިޔަބައިމީހުން ތިޔަ ތިބީ އީސާ އަލްމަސީޙަށް ކިޔަމަންތެރިވެ އެގޮތުގެ މަތީގައެވެ. ނިޢުމަތާއި ޞުލުޙަވެރިކަން އޭގެ އެންމެ ފުރިހަމަގޮތުގައި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވާށިއެވެ!


ތިޔަބައިމީހުންނަށް ނިޢުމަތާއި ޞުލުޙަވެރިކަން އޭގެ އެންމެ ފުރިހަމަގޮތުގައި ދެއްވާށިއެވެ. އެއީ ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ އަދި އަހަރެމެންގެ މާތްސާހިބާ އީސާގެފާނު އެނގިގެންވުމުންނެވެ.


މާތްރަސްކަލާނގެ ތިޔަ ހުރިހާ އެންމެންނަށް އެކަލާނގެ ރަޙުމަތްފުޅާއި ސުލްޙަވެރިކަން ދެއްވައި ލޯބިވެ ވޮޑިގެންވުން އިތުރު ކުރައްވާށިއެވެ.


މި ސިޓީ އަކީ އޭޝިޔާ ސަރަހައްދުގައި ތިބި މަސީޙީ ޖަމާޢަތުގެ ހަތް ޖަމާޢަތަށް ޔޫޙަންނާގެ ފަރާތުން ލިޔެ ފޮނުވާ ސިޓީއެކެވެ. މިހިނދުގައިމެ ވޮޑިގެންވާ، މާޒީގައި ވޮޑިގެންވި، އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ މާތްރަސްކަލާނގެ ކިބަފުޅުންނާއި، އަދި އެކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގައިވާ ހަތް ރޫހުފުޅުގެ ފަރާތްޕުޅުންނާއި، ވަފާތެރި ހެކިވެރިޔާ އަދި ޚަލްޤުތަކުންގެ ތެރެއިން އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަ އަލުން ދިރިދުނިޔެއަށް ވަޑައިގެންނެވި ފަރާތް ކަމަށްވާ މިދުނިޔޭގެ ހުރިހާ ރަސްރަސްކަލުންގެ ވެރިޔާ އީސާ އަލްމަސީޙުގެ ފަރާތްޕުޅުން ތިޔަބައިމީހުންނަށް ނިޢުމަތާއި ސުލްހަވެރިކަން ރައްދުކުރަމެވެ. އެކަލޭގެފާނު އަހަރެމެން ދެކެ ވާލޯބިފުޅުގެ ސަބަބުން އަހަރެމެންނަށްޓަކައި ޤުރުބާން ކުރެވި އަވާހަރަވެ ވަޑައިގެންނެވީ އެކަލޭގެފާނުގެ ލޭފޮދުން އަހަރެމެން ފާފަވެރިކަމުން މިނިވަން ކޮށްދެއްވުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ