Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 1:19 - ކިތާބުލް މުޤައްދަސާ

19 މާތްކަލާނގެ އެންމެ ފުރިހަމަކަމާއެކު އެކަލޭގެފާނުގެ ކިބައިގައި ވޮޑިގެންވުމަށް ރުހިވޮޑިގަތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 1:19
12 ပူးပေါင်းရင်းမြစ်များ  

އެވަގުތު މާތްރޫޙުފުޅުގެ ސަބަބުން އުފަލުން ފުރިފައިވާ ހާލުގައި އީސާގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑު ބައްޕާފުޅަށް ޙަމްދު ކުރަން. އުޑާއި ބިމުގެ ވެރި މާތްސާހިބާ! މިހުރިހާ ކަންތައްތައް ކިޔަވައިގެން ތިބި ބުއްދިވެރިންނަށް ވަންހަނާ ކުރައްވައި މި ކަންތައްތައް ތިޔަ ހާމަ ކުރެއްވީ އާދައިގެ މީހުންނަށް. ބައްޕާފުޅާ! ބައްޕާފުޅަށް ފުރިހަމަ އުފަލާއި ހިތްހަމަ ޖެހިލެއްވުން ލިއްބައިދެނީ މިފަދަ ކަންތައް ކަން އަޅުގަނޑަށް އެނގޭ.⁠“


އެކަލޭގެފާނުގެ ނިމުމެއް ނުވާ ޚަޒާނާއިން އަހަރެމެން އެންމެންނަށް ނިޢުމަތަކަށް ފަހު ނިޢުމަތެއް ލިބިގެން ދިޔައެވެ.


އެހެނީ އެކަލޭގެފާނު ފޮނުއްވެވީ މާތްރަސްކަލާނގެ. އެކަލޭގެފާނުގެ ބަސްފުޅުތަކަކީ އެކަލާނގެ ބަސްފުޅު. އެއީ މާތްރަސްކަލާނގެ މާތްރޫޙުފުޅު އެކަލޭގެފާނުގެ ކިބައިގައި ވަކި ވަގުތެއް ވަކި މިންވަރެއް ނެތި ވާތީ.


އަދި މަސީޙީ ޖަމާޢަތަކީ އަލްމަސީޙުގެ ހަށިކޮޅެވެ. އަދި މަސީޙީ ޖަމާޢަތް ފުރާފުރިހަމަ ކޮށްދެއްވާނީ އަލްމަސީޙު އެވެ. އެކަލޭގެފާނީ އެންމެހާ ތަނެއްގައި ވީ އެންމެހާ ތަކެއްޗެއް އެކަލޭގެފާނުގެ ޒާތުފުޅުގައި ފުރާފުރިހަމަ ކޮށްދެއްވާ ފަރާތެވެ.


އެންމެހާ ހަމްދާ ޘަނާއެއް ޙައްޤުވެގެން ވަނީ މާތްސާހިބާ އީސާއަލްމަސީޙުގެ ބައްޕާފުޅު މާތްރަސްކަލާނގެއަށެވެ. އެއީ އަހަރެމެން އަލްމަސީޙާއި އެކުގައި ވީ އެއްބައިވަންތަކަމުން އެކަލާނގެ އަހަރެމެންނަށް އުޑުތަކުގެ ހުރިހާ ރޫހާނީ ރަޙުމަތެއްލެއްވިއެވެ.


އަދި މި ޢިބާރާތުގެ މާނަ މިފަދައިން ވެސް ބުނެދެއްވައެވެ. މި ދުނިޔޭގެ އެންމެ ފުންމިނަށް ފީނެއްވި ކަލޭގެފާނާއި އަދި އެންމެ އުހަށް އެރުއްވި ކަލޭގެފާނު ތަފާތެއް ނެތްކަމެވެ. އެހެނީ، މުޅި މި ކާއިނާތު ފުރާފުރިހަމަ ކޮށްދެއްވާނީ އެކަލޭގެފާނެވެ.


އެކަލޭގެފާނީ މާތްރަސްކަލާނގެ ވަންހަނާ ކުރައްވާފައިވާ ހުރިހާ ހިކުމަތާއި އިލްމު ހިމެނޭ ޚަޒާނާތަކުގެ ތަޅުނދަނޑި ވެސް މެއެވެ.


އެހެނީ އެކަލޭގެފާނުގެ އިންސާނީ ހަށިކޮޅުގައި މާތްކަލާނގެ ކައުވަންތަކަން ފުރިހަމަޔަށް އެކުލެވިފައި ވެއެވެ.


މި އާ ޙަޔާތުގައި އެއްވެސް މީހަކު އަނެކާއަށްވުރެ މަތިވެރިއެއް ނޫނެވެ. އެއީ ޚިތާނު ކުރެވިފައިވާ މީހެއް ކަމުގައި ވިޔަސް، ނުވަތަ ޚިތާނު ނުކުރެވި ހުރި މީހެއްކަމުގައި ވިޔަސް، ނުވަތަ ބަނީއިސްރާއީލީއަކު ކަމުގައި ވިޔަސް، ނުވަތަ ޣައިރު ބަނީއިސްރާއީލީއަކު ކަމުގައިވިޔަސް އަދި ތަރައްޤީނުވާ މީހަކު ނުވަތަ ނާތަހުޒީބު މީހަކު ނުވަތަ އަޅަކު ނުވަތަ މިނިވަނަކު ވިޔަސްމެއެވެ. ހުރިހާ އެންމެންނަށްވުރެ އެންމެ މުހިންމީ އީސާއަލްމަސީޙުއެވެ. އެކަލޭގެފާނު ތިޔަ އެންމެންގެ ކިބައިގައި ވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ