ކުލޫއްސީގެ މަސީޙީންނަށް ސިޓީ 1:16 - ކިތާބުލް މުޤައްދަސާ16 އެހެނީ އުޑުގައި ވާނަމަ ވާހައި ތަކެއްޗަކާއި ބިމުގައިއާއި އަދި ފެންނަ ނުފެންނަ ހުރިހާ ތަނެއްގައިވާހައި އެއްޗެއްމެ މާތްކަލާނގެ އުފެއްދެވީ އެކަލޭގެފާނު މެދުވެރިކުރައްވައެވެ. އަދި އެހުރިހާ ތަކެއްޗެއް އުފެއްދެވީ ވެސް އެކަލޭގެފާނަށްޓަކައެވެ. އެއީ ދުނިޔޭގެ ވެރިކަމާއި، އެވެރިކަމުގެ ބާރާއި އެވެރިކަން ކުރާ ރަސްރަސްކަލުންނާއި އެރަސްރަސްކަލުންގެ ތަޙުތުތައް ކަމުގައި ވިޔަސްމެ އެވެ. အခန်းကိုကြည့်ပါ။ |
ހުރިހާ ތަކެއްޗެއް މާތްކަލާނގެއާ އަލުން ގުޅުވިފައި ވަނީ އެކަލޭގެފާނު މެދުވެރިވެގެންނެވެ. މިގޮތުން އެކަލޭގެފާނު ވަނީ އުޑާއި ބިމުގައިވާހައި ތަކެއްޗެއްގެ މެދުގައި ސުލްޙަވެރި ގުޅުން ގާއިމުކޮށް ދެއްވާފައެވެ. އެކަން އެހެންވީ ސަލީބުގައި ވީއިރު އެކަލޭގެފާނުގެ ހަށިކޮޅުން އޮހިގެންދިޔަ އެކަލޭގެފާނުގެ ލޭފޮދު މެދުވެރިވެއެވެ.
ހުރިހާ އެއްޗެއް އުފައްދަވައި ދަމަހައްޓަވާ ކަލާނގެ، އީސާގެފާނު އެ އުފުއްލެވި ވޭންތަކުގެ ސަބަބުން އެކަލޭގެފާނު ފުރިހަމަ ކުރައްވައި އެ މަތިވެރި ޖަލާލަތުކަން ޙިއްސާ ކުރުމަށް ގިނަ ދަރިންތަކެއް ގެންނެވި ކަމީ އެކަލާނގެ ޙައްޤުގޮތުގައި ހިންމެވި ކަމެކެވެ. އެހެނީ އެމީސްތަކުން ދިންނެވުމާ ދިމާއަށް ގެންދަވަނީ އެކަލޭގެފާނު ވީމައެވެ.