Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 1:12 - ކިތާބުލް މުޤައްދަސާ

12 މަތިވެރި ބައްޕާފުޅަށް އަބަދުވެސް ޝުކުރު ކުރުން މަތީ ދެމިތިބޭށެވެ. އެކަލާނގެއީ އެކަލާނގެ މުޤައްދަސް ކުރެއްވި މީހުންގެ ތަރިކަ ދެއްވަން އެކަށޭނަ ފަދަ މުޤައްދަސް ބަޔަކަށް ތިޔަބައިމީހުން ހެއްދެވި ކަލާނގެއެވެ. އެއީ އެކަލާނގެ ރަސްކަންފުޅުގެ އަލިކަމުގެ ތެރޭގައި ވާ މީހުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 1:12
50 ပူးပေါင်းရင်းမြစ်များ  

އިންސާނާ ކުރަނީ ތަދުބީރެވެ. ފަހުބަސް އިއްވަވާނީ މާތްރަސްކަލާނގެއެވެ.


ހެޔޮލަފާ މީހުންގެ އުޅުން ހުންނަ ގޮތުގެ މިސާލަކީ ފަތިހުގެ އަލިކަން ފާޅުވީއްސުރެން މެންދުރާ ހަމަޔަށް އަލިގަދަ ވަމުން ދާ ގޮތުގެ މިސާލެވެ.


ދެން ރަސްގެފާނު އެމަނިކުފާނުގެ ކަނާތްޕުޅު ފަރާތުގައި ތިބި މީސްތަކުންނަށް ވިދާޅުވާނެ. ’⁠އަހަރެންގެ ބައްޕާފުޅު ތިޔަބައިމީހުންނަށް ބަރަކާތް ލައްވައިފި! ދުނިޔެ އުފެއްދެވުމުގެ ކުރިން ތިޔަބައިމީހުންނަށް ޓަކައި ތައްޔާރު ކުރެވިފައިވާ ރަސްކަން ލިބިގަތުމަށް އާދޭ.


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެން މިއީ މަގު، އަހަރެން މިއީ ތެދު، އަހަރެން މިއީ ދިރިހުރުން. އެއްވެސް މީހަކަށް އަހަރެން މެދުވެރިކޮށް ނޫން އެހެން ގޮތަކަށް ބައްޕާފުޅުގެ އަރިހަކަށް ނުދެވޭނެ.


”⁠އަހަރެން ހިފަހައްޓަން ނޫޅޭ!⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠އަދިއެއް އަހަރެން ބައްޕާފުޅުގެ އަރިހަކަށް ނުދަން. ކަލޭ ގޮސް އަހަރެންގެ އަޚުން ހޯދާ! ގޮސް އެމީހުން ގާތު ބުނޭ، އަހަރެން މިދަނީ އަހަރެންނާއި ކަލޭމެންގެ ބައްޕާފުޅު، އަދި އަހަންނާއި ކަލޭމެންގެ ވެސް ކަލާނގެ އަރިހަށޭ.⁠“


ނަމަވެސް އެދުވަހެއް އެބައާދޭ. އަދި ކީއް! އެދުވަސް މީހާރު ވެސް މި ވަނީ އައިސްފަ. އެދުވަހަކުން ތެދުވެރި އަޅުވެރިން، އުޑުގައިވޮޑިގެންވާ ބައްޕާފުޅު، މާތްރަސްކަލާނގެ ކިބައަށް އަޅުކަން ކުރާނީ މާތްރޫޙުފުޅު ދައްކަވާ ތެދުމަގުން. މާތްރަސްކަލާނގެ ހޯއްދަވަނީ އެފަދައިން އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާނެ މީހުން.


މިއަދު އަހަރެން ކަލޭމެން މާތްރަސްކަލާނގެ ބެލެއްވުމުގެ ދަށަށާއި އެކަލާނގެ ނިޢުމަތްފުޅުގެ އުފާވެރި ޚަބަރުފުޅުގެ މައްޗަށް ދޫކޮށް އެކަލާނގެ ކިބަފުޅާއި ހަވާލު ކުރަން. އެ ޚަބަރުފުޅުގެ ސަބަބުން އެކަލާނގެ ޚާއްސަކުރައްވާ ހޮއްވަވާފައިވާ މީހުންނަށް ލިބޭނެ ހުރިހާ ރަޙުމަތެއް ކަލޭމެންނަށް ލިބޭނެ.


ކަލޭ އެބައިމީހުންގެ ލޯތައް ހުޅުވާނޭ. އަދި އެމީހުން އަނދިރިކަމުން އަލިކަމަށް އަދި ޝައިތާނާގެ ބާރުގެ ދަށުން މާތްރަސްކަލާނގެ ބާރުގެދަށަށް އައުމަށް އެހީވެދޭނޭ. އޭރުން އެމީހުންގެ ފާފަތައް ޢަފޫކުރެއްވި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރުމުގެ ސަބަބުން މާތްރަސްކަލާނގެ ޚާއްސަ މަޤާމެއް ދެއްވާފައި ވާ އެހެން މީހުންގެ ތެރެއިން އެމީހުން ވެސް ހިމެނޭނޭ.⁠‘⁠“


އަލްމަސީޙާއި އަހަރެމެން ގުޅިފައިވަމުން އަހަރެމެންނަށް މާތްކަލާނގެ ވަނީ ތަރިކައެއް ދެއްވާފައެވެ. އެކަލާނގެ ވަނީ މާކުރީގައި ވެސް އަހަރެމެން އިޚްތިޔާރު ކުރައްވާފައެވެ. އެކަލާނގެ ހުރިހާ ކަމެއް ކުރައްވަނީ އެކަލާނގެ ރޭއްވެވުންފުޅާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.


ތިޔަބައިމީހުންގެ ހިތްއަލިކުރެއްވުން އެދި އަހަރެން ދުޢާ ދަންނަވަމެވެ. އޭރުން އެކަލާނގެ މުޤައްދަސް ކުރެއްވި ފަރާތްތަކަށް ދެއްވުމަށް އެކަލާނގެ ވަޢުދުވެ ވޮޑިގެންނެވި އުންމީދަކީ ކޮބައިކަން ތިޔަބައިމީހުންނަށް އެނގިގެންވާނެއެވެ. އަދި އެކަލާނގެ މުޤައްދަސްކުރެއްވި ފަރާތްތަކަށް އެކަލާނގެ ދެއްވާ ތަރިކައިގެ މަތިވެރިކަމާއި މުއްސަނދިކަން ތިޔަބައިމީހުންނަށް ވިސްނޭނެއެވެ.


އެއީ އަލްމަސީޙު މެދުވެރި ކުރައްވައި އަހަރެމެން ހުރިހާ އެންމެންނަށް، ބަނީއިސްރާއީލުގެ ދަރިކޮޅު ނޫން ފަރާތްތަކާއި އަދި ބަނީއިސްރާއީލުގެ ދަރިކޮޅަށް އެއް ރޫޙުފުޅެއްގައި ބައްޕާފުޅުގެ ޙަޟްރަތަށް ވާސިލުވުމުގެ ކުޅަދާނަކަން ލިބިދިނުމަށް ވެސް މެއެވެ.


އަދި މި ހާމަކޮށްދެއްވާ ސިއްރަކީ އީސާ އަލްމަސީޙު ދެއްވި ދިންނެވުން ލިއްބައިދޭ ހެޔޮޚަބަރުފުޅު ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ ފަރާތްތަކާ ޙިއްސާ ކުރެއްވުމަށް ބަނީއިސްރާއީލު ދަރިކޮޅަށް ވަޢުދުވެ ވޮޑިގެންނެވުމެވެ. އަދި މި ދެދަރިކޮޅުގެ އަހުލުވެރިން މަސީޙީ ޖަމާޢަތުގައި އެއް ހަށިގަނޑެއް ފަދައިން ލެއްވިއެވެ.


އެންމެހާ ޚަލްޤުތަކުންގެ ވަނީ އެންމެ ކަލާނގެއެކެވެ. އަދި ބައްޕާފުޅެވެ. އެކަލާނގެ ބާރުފުޅު އަހަރެމެން ހުރިހާ އެންމެންގެ މައްޗަށް ހިންގަވަނީ ހުރިހާ އެންމެން މެދުވެރި ކުރައްވައެވެ. އަހަރެމެންގެ ހުރިހާ އެންމެންގެ މެދުގައި އެކަލާނގެ ވޮޑިގެންވެއެވެ.


އަނދިރީގައި މީސްތަކުން ކުރަމުންގެންދާ ބޭކާރު އަމަލުތައް ކުރުމަށް ތިޔަބައިމީހުން ބައިވެރި ނުވާށެވެ. އޭގެ ބަދަލުގައި މީސްތަކުންނަށް އެފަދަ އަމަލުތަކަކީ ނުބައިވެގެންވީ އަމަލުތައް ކަމުގައި ހާމަކޮށްދޭށެވެ.


އެންމެހާ ކަންތައްތަކުގައި މާތްސާހިބާ އީސާ އަލްމަސީޙުގެ ނަންފުޅުގަނެ އަބަދުވެސް މާތްރަސްކަލާނގެ އަހަރެމެންގެ ބައްޕާފުޅަށް ޝުކުރު ދަންނަވާށެވެ.


ނުބައި ބަސްތަކުންނާއި ލަދުޙަޔާތްކުޑަ ވާހަކަތަކުންނާއި މޮޔަ ބަސްތަކަކީ ތިޔަބައިމީހުންނާ ގުޅޭ ކަހަލަ ކަންތަކެއް ނޫނެވެ. އޭގެބަދަލުގައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާށެވެ.


މާޒީގައި ތިޔަބައިމީހުން ޙަޔާތު ވޭތުކުރީ އަނދިރީގައެވެ. ނަމަވެސް މާތްސާހިބާ އާއިއެކުގައި މިއަދު ތިޔަބައިމީހުން އެއްބައިވަންތަ ވުމުން ތިޔަބައިމީހުންނަށް ވަނީ އަލިކަން ލިބިފައެވެ. އެހެންވީމާ، އަލިކަން ލިބިފައިވާ ބަޔަކުފަދައިން އަޚުލާޤު ބަހައްޓާށެވެ.


އަހަރެންގެ މަގުސަދަކީ އެމީހުންނަށް ހިތްވަރު ދިނުމެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ލޮބުވެތިވެ އެއްބައިވަންތަކަމާއެކު ގުޅި ލާމެހިފައިވުމެވެ. އަހަރެންގެ އެދުމަކީ އެމީހުންނަށް މާތްރަސްކަލާނގެ ވަންހަނާ ކުރައްވާފައިވާ ރޭވުންތަކާ ބެހޭ ޚަބަރުތައް ކަމަށްވާ އަލްމަސީޙާ ބެހޭ ޚަބަރުތައް، އެމީހުންނަށް ފުރިހަމައަށް ޔަޤީންކުރެވި އޮޅުންފިލުވައި ދިނުމެވެ.


އަލްމަސީޙުގެ ފަރާތްޕުޅުން ލިބޭ ހިތްހަމަޖެހުން ތިޔަބައިމީހުންގެ ހިތްތަކުގެ މައްޗަށް ބާރުވެރި ކުރުވާށެވެ. އެހެނީ ތިޔަ އެންމެންނަށް ވެސް ގޮވާލެވުނީ އެއް ހަށިގަނޑެއްގެ ގޮތުގައި ދިރިއުޅުމަށެވެ. ވީމާ އަބަދުވެސް ޝުކުރު ކުރުން މަތީ ދެމިތިބޭށެވެ.


ތިޔަބައިމީހުން ކުރާކޮންމެ ކަމެއް މާތްސާހިބާ އީސާގެފާނުގެ ނަންފުޅު މަތީގައި ކުރާށެވެ. އެއީ އެކަލޭގެފާނު މެދުވެރިކޮށް ބައްޕާފުޅު މާތްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވާށެވެ.


އަހަރެމެން ހުރިހާ ބާވަތެއްގެ ފާފަތަކަކުން ސަލާމަތް ކުރެއްވުމަށްޓަކައި އަދި އަހަރެމެން ތޯހިރު ގޮތުގައި ލެހެއްޓެވުމަށް އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ވަނީ ދެއްވަވާފައެވެ. އެކަލާނގެ އެދިވޮޑިގެން ވަނީ އަހަރެމެން އެކަލާނގެ އަމިއްލަ މީހުންގެ ގޮތުގައިވެ، ހެޔޮ ކަންތައް ކުރުމުގައި ޝައުޤުވެރި ވުމަށެވެ.


ކަލޭމެން އައިސް އެއްވެ ތިޔަތިބީ މާތްރަސްކަލާނގެ ހުރިހާ އިސް ދަރިން ވާތަނުގައެވެ. އެމީހުންގެ ނަންތައް އުޑުގައި ލިޔެވިފައިވާނެއެވެ. އަދި އެއެންމެންގެ ހިސާބުބައްލަވާ ކަލާނގެ ކުރިފުޅުމައްޗަށް ކަލޭމެން ތިޔަތިބީ އައިސްފައެވެ. ޞާލިޙުވަންތަ ކުރެވިފައިވާ މީހުންގެ ރޫޙުތައް ވެސް މިތަނުގައި މިވަނީ ފުރިހަމަވެފައެވެ.


އަހަރެންގެ މާތް އަޚުންނާ އުޚުތުންނޭވެ! މާތްރަސްކަލާނގެ އެކަލާނގެ މާތްކުރެއްވި މީހުން ކަމުގައި ކަލޭމެން ވަނީ ޚިޔާރު ކުރައްވާފައެވެ. ވުމާއެކު ކަލޭމެން އީސާގެފާނާމެދު ފުންކޮށް ވިސްނާށެވެ. އެކަލޭގެފާނަކީ އަހަރެމެންގެ މައްޗަށް ފޮނުއްވުނު ކަލޭގެފާނެވެ. އަދި އަހަރެމެންގެ މައްޗަށްވާ އުއްތަމަ އިމާމު ވެސް މެއެވެ. އަހަރެމެން އެކަމަށް ހެކިވަމެވެ.


އަހަރެމެން ފެށުނު އިރު އީމާން ކަމުގައި ތިބި ފަދައިން ނިމެންދެން ވެސް އީސާ އަލްމަސީޙާ މެދު ޔަޤީންކަން ދަމަހައްޓައިފި ނަމަ އަހަރެމެން ވާނީ އެކަލޭގެފާނުގެ ބައިވެރިންކަމުގައެވެ.


ނަމަވެސް އަހަރެމެންގެ ބައްޕާފުޅު ސާހިބުވަންތަ ރަސްކަލާނގެއަށް ޙަމްދު ތަޢުރީފު ކުރުމުގައި އަހަރެމެން ދުލުގެ ބޭނުން ކުރަމެވެ. އަދި މީސްތަކުންނަށް ބަދުދުޢާ ކުރުމުގައި ވެސް ހަމަ އަހަރެމެން އެ ދުލުގެ ބޭނުން ކުރަމުއެވެ. އެހެނަސް އިންސާނުންނަކީ މާތްރަސްކަލާނގެ ސިފަފުޅާއި އެއްފަދައިން ޚަލްޤުކުރެވިގެންވާ ބައެކެވެ.


އެގޮތުން ގޮވާލެއްވުނު މަސީޙީ ޖަމާޢަތުގައިވާ ބޮޑުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބަހެއް ބުނެލުމަށް މި ހިނދު އަހަރެން ބޭނުމެވެ. އަހަރެންނަކީ ވެސް މަސީޙީ ޖަމާޢަތުގެ ބޮޑެއްމެއެވެ. އަދި އަލްމަސީޙު ތަޙައްމަލު ކުރެއްވި ވޭންތަކަކީ އަހަރެންގެ ލޮލުން ދުށް ކަންތައްތަކެވެ. މީގެ އިތުރުން އެކަލޭގެފާނުގެ އެނބުރި ވަޑައިގަތުމުން އެކަލޭގެފާނުގެ ނޫރުފުޅާއި މަތިވެރިކަން އަހަރެންނަށް ވެސް ޙިއްސާ ކުރެވޭނެއެވެ. ޖަމާޢަތުގެ ބޮޑެއްގެ ޙައިސިއްޔަތުން ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ އިލްތިމާސް އަކީ މިއީއެވެ.


ތިޔަބައިމީހުންނަށް އަހަރެމެން ބުނެދެމުން މި ގެންދަނީ އަހަރެމެންނަށް ފެނިފައިވި އަދި އިވިފައިވި ކަންތައްތަކެވެ. އެހެންވީމާ، ތިޔަބައިމީހުން އެފަރާތާއި މެދު އީމާންތެރި ކަމުގައިވެ އަހަރެމެންނާއި އެކުގައި އެއްބައިވަންތަ ގުޅުމެއްގައި ވުމަށް އެދެމެވެ. އެއްބައިވަންތަ ގުޅުމެއްގައި އަހަރެމެން ވަނީ މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅާއި އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙު އާއި އެކުގައެވެ.


އެ ސަހަރަށް އަލިކަން ލިބިދިނުމަށް އިރާއި ހަނދު ބޭނުމެއް ނުވެއެވެ. ސަބަބަކީ މާތްރަސްކަލާނގެ ނޫރުފުޅު އެ ސަހަރުގައި ބަބުޅަމުން ދެއެވެ. އަދި އެ ސަހަރުގެ ބައްތިއަކީ ޅަކަންބަޅި ކަމުގައި ވުމެވެ.


މީސްތަކުންގެ ތެރެއިން އެބައިމީހުންގެ ފޭރާންތައް ސާފުކޮށްގެންވާ ފަރާތްތަކަށް އުފާވެރިކަން ލިބިގެންވާނެއެވެ. ވީމާ، ޙަޔާތުގެ ދިރުން ލިބިދޭ ގަހުން ކެއުމުގެ ޙައްޤު އެބައިމީހުންނަށް ލިބިގެންވާނެއެވެ. އަދި މުޤައްދަސް ސަހަރުގެ ދޮރާށިތަކުން އެބައިމީހުންނަށް އެތެރެއަށް ވަދެވޭނެއެވެ.


އެތަނަށް ރޭގަނޑު ވުމެއް ނޯންނާނެއެވެ. އަދި ބައްތިތަކާއި އިރުގެ އަލިކަން އެބައިމީހުންނަށް ބޭނުމެއް ނުވާނެއެވެ. ސަބަބަކީ އެބައިމީހުންގެ އަލިކަމަކީ ސާހިބުވަންތަ މާތްރަސްކަލާނގެ ކަމުގައި ވާނެކަމެވެ. އަދި އެބައިމީހުން ރަސްރަސްކަލުން ފަދައިން ދާއިމަށް ވެރިކަން ކުރާނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ