Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 1:11 - ކިތާބުލް މުޤައްދަސާ

11 ތިޔަބައިމީހުންނަށް ހަކަތަ އާއި އުޖާލާ ބާރު ލިބިދެއްވުމަށް އެދި އަހަރެމެން ދުޢާ ދަންނަވަމެވެ. އެއީ ތިޔަބައިމީހުންނަށް ކުރިމަތިވާ އެންމެހައި މުސީބާތްތަކަށް ކެތްތެރިވެ، އުފަލުގައި ވުމަށް ހިތްވަރު ލިބިދޭނެ ފަދައިންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 1:11
26 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެ ކަނާތްޕުޅުގެ މަތިވެރި ބާރުފުޅު ކިހާގަދަ! އެ އަތްޕުޅުން ދުޝްމަނުންގެ ލަޝްކަރު އެއްކޮށް ފުނޑުފުނޑުކޮށްލެއްވި.


ބުރަ ބޮޑުވުމުން ދޫދޭ މީހާގެ އަޒުމު ދެރައީއެވެ.


ނަމަވެސް މާތްރޫޙުފުޅު ކަލޭމެންގެ މައްޗަށް ވޮޑިގެންވުމުން ކަލޭމެންނަށް މާތްރޫޙުފުޅުގެ ބާރުލިބޭނެ. އަދި އޭރުން މުޅި ޖެރޫސަލަމުގައާއި، ޖުދެއާކަރައިގެ ތެރޭގައާއި، ސަމީރިއްޔާގައާއި، އަދި ދުނިޔޭގެ ހުރިހާ ޤައުމެއްގަ ވެސް ކަލޭމެން ތިމަންކަލޭގެފާނާއި ބެހޭ ގޮތުން އެންމެންނަށް އަންގައިދީ ފާޅުކޮށް ދޭނެ.⁠“


އީސާގެފާނުގެ މަންދޫބުން އެ ކޯޓުން އެނބުރި ދިޔައީ އުފާކުރަމުންނެވެ. އެއީ އެމީހުންނަކީ އީސާގެފާނުގެ ޙައްޤުފުޅުގައި އަނިޔާ ލިބުން އެކަށީގެންވާ ބަޔަކު ކަމުގައި މާތްރަސްކަލާނގެ ދެކެވޮޑިގެންވީތީއެވެ.


އެކަލާނގެ ނޫރުފުޅުގެ މުއްސަނދިކަމުން ތިޔަބައިމީހުންގެ ހިތްތައް އެކަލާނގެ ރޫޙުފުޅުގެ ބާރުން ވަރުގަދަ ކޮށްދެއްވުމަށް އެދި އަހަރެން ދުޢާ ދަންނަވަމެވެ.


އަބަދުވެސް ހިތްތިރިކަމާ، މަޑުމައިތިރިކަމާ އަދި ކެތްތެރިކަމުގައި، އަނެކުންނަށް ރުހެވިގެންވާ ބައެއްގެ ގޮތުގައިވެ، އެކަކު އަނެކަކާ މެދު ލޮބުވެތިކަމާއެކުގައި ވާށެވެ.


އަހަރެން ތިޔަބައިމީހުންނަށް ބުނާ ފަހުބަހަކީ މިއީއެވެ. މާތްސާހިބާއާ ގުޅިފައިވެ އެކަލޭގެފާނުގެ ހަކަތައިން ތިޔަބައިމީހުން ބާރުހޯދާށެވެ.


ކޮންމެ ޙާލަތަކަށް ކުރިމަތިލުމުގެ ކުޅަދާނަކަން އަލްމަސީޙު އަހަރެންނަށް ދެއްވައެވެ.


ތިޔަބައިމީހުންގެ އިލްމާ އަމިއްލަ ނަފްސުގެ މައްޗަށް ބާރުހިންގުން ގުޅުވާށެވެ. އަދި ނަފްސުގެ މައްޗަށް ބާރު ހިންގުމާ، ސާބިތުކަމާ ކެތްތެރިކަން ގުޅުވާށެވެ. އަދި ސާބިތުކަމާ ކެތްތެރިކަމާ ކަލާނގެ ރުހިވޮޑިގަންނަވާ ގޮތްތައް ގުޅުވާށެވެ.


ހުރިހާ ޖަލާލަތަކާއި، ޢިއްޒަތަކާއި، ބާރަކާއި، އަމުރުވެރިކަމެއް ފެށުނީއްސުރެން ދާއިމަށް މިލްކުވެގެން ވަނީ އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި އަހަރެމެންނަށް ދިންނެވުން ދެއްވާ ފަރާތް، މާތްރަސްކަލާނގެ ކިބަފުޅަށެވެ. އާމީން!


މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުން ކެތްތެރިކަމާއެކު ދެމިތިބެން ޖެހޭނެއެވެ. މިފަދަ މީހުންނަކީ މާތްރަސްކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރި ކަމުގައިވެ، އީސާގެފާނަށް އީމާންވެތިބޭ ބައެއް ވެސް މެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ