Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 1:1 - ކިތާބުލް މުޤައްދަސާ

1 މި ސިޓީއަކީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތުގެ މަތިން އީސާ އަލްމަސީޙުގެ މަންދޫބެއްގެ ގޮތުގައި ޚިޔާރު ކުރައްވާފައިވާ ޕައުލް އާއި އަހަރެމެންގެ އަޚު ތިމޮތީގެ ފަރާތުން ފޮނުވާ ސިޓީއެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ކުލޫއްސީގެ މަސީޙީންނަށް ސިޓީ 1:1
11 ပူးပေါင်းရင်းမြစ်များ  

ޕައުލް އާއި ސިލާހު ދަތުރުކޮށް ދެރުބޭ އާއި ލިސްތުރާއަށް ދިޔައެވެ. އެ ރަށުގައި ތިމޮތީ އޭކިޔުނު އީސާގެފާނަށް އީމާންވެގެންވީ މީހަކު ވިއެވެ. އޭނާގެ މަންމައަކީ ވެސް އީސާގެފާނަށް އީމާންވެގެންވީ މީހެކެވެ. އޭނާގެ މަންމަ އަކީ ބަނީއިސްރާއީލު މީހެކެވެ. އެހެން ނަމަވެސް އޭނާގެ ބައްޕައަކީ ގުރީކު މީހެކެވެ.


މި ސިޓީ އަކީ އީސާ އަލްމަސީޙުގެ މަންދޫބެއްގެ ގޮތުގައި މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި ޕައުލްގެ ފަރާތުން ފޮނުވާ ސިޓީ އެކެވެ. މި ސިޓީ މި ލިޔަނީ އެފޭސުސްގައިވާ މާތްކަލާނގެ މުޤައްދަސް ކުރެއްވި އަލްމަސީހަށް އީމާންވާ ހުރިހާ އެންމެންނަށެވެ. އެ ހުރިހާ އެންމެންނަކީ އީސާ އަލްމަސީޙަށް ވަފާތެރިވެ އީމާންކަން މަތީވާ ފަރާތްތައް ވެސް މެއެވެ.


މި ސިޓީ އަކީ އަލްމަސީޙު އީސާގެފާނުގެ ޚާދިމުން ކަމުގައިވާ ޕައުލް އާއި ތިމޮތީގެ ފަރާތުން ފޮނުވާ ސިޓީއެކެވެ. މިސިޓީ މިލިޔަނީ އީސާ އަލްމަސީހަށް އީމާންވެގެންވީ މާތްކަލާނގެ މުޤައްދަސްކުރެއްވި ފިލިއްޕީގެ އެންމެހައި ފަރާތްތަކަށާއި މަސީޙީ ޖަމާޢަތުގެ ބޮޑުންނާއި އެހީތެރިންނަށެވެ.


ޕައުލް އާއި ސިލާހު އަދި ތިމޮތީގެ ފަރާތުން ތިސަލޯނިކާގެ މަސީޙީ ޖަމާޢަތުގައިވާ ހުރިހާ އެންމެންނަށް ލިޔެ ތަހުނިޔާ ފޮނުވަމެވެ. ތިޔަބައިމީހުންނީ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެއާއި އަދި މާތްސާހިބާ އީސާ އަލްމަސީޙަށް މިލްކުވެފައިވާ ބަޔަކީމުއެވެ. ތިޔަ ހުރިހާ އެންމެންނަށް ނިޢުމަތާއި ސުލްޙަވެރިކަން ދެއްވާށިއެވެ.


އޭނާއަކީ އަހަރެމެންނާއި އެކު އެހީތެރިއެއްގެ ގޮތުގައި މާތްރަސްކަލާނގެއަށްޓަކައި ޚިދުމަތްކުރުމުގައިވާ އަޚެކެވެ. އަދި އޭނާ އަލްމަސީޙާ ބެހޭ ހެޔޮޚަބަރުފުޅު މީސްތަކުންނަށް ބުނެދިނުމެވެ. އަހަރެމެން އޭނާ ތިޔަބައިމީހުންގެ ކައިރިއަށް މި ފޮނުވަނީ ތިޔަބައިމީހުންގެ ކިބައިގައި ވީ އީމާންތެރިކަން ވަރުގަދަ ކޮށްދީ އަދި ތިޔަބައިމީހުންނަށް ހިތްވަރު ދިނުމަށެވެ.


މާތްރަސްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު އަދި މާތްސާހިބާ އީސާ އަލްމަސީޙަށް އީމާންވެގެންވީ ތިސަލޯނިކާގެ މަސީޙީ ޖަމާޢަތަށް ޕައުލް، ސިލާހު އަދި ތިމޮތީގެ ފަރާތުން ސިޓީ ލިޔެ ފޮނުވަމެވެ.


މި ސިޓީއަކީ އީސާ އަލްމަސީޙަށްޓަކައި ޖަލުގައި ހައްޔަރު ކުރެވިފައިވާ ޕައުލްގެ ފަރާތުން ފޮނުވާ ސިޓީއެކެވެ. މިސިޓީގައި އަހަރެންގެ އަޚު ތިމޮތީ ވެސް ޝާމިލު ކުރަމެވެ. އަހަރެން މި ސިޓީ މި ލިޔަނީ އަހަރެމެންގެ ލޮބުވެތި އަޚު އަދި އެހީތެރިޔާ ކަމުގައިވާ ފިލަމެންއަށެވެ.


އަހަރެމެންގެ ރަޙުމަތްތެރި ތިމޮތީ މިހާރު ޖަލުން މިނިވަންވެއްޖެ ޚަބަރު ކަލޭމެން ވާނީ އަހާފައެވެ. އޭނާ ލަސްނުވެ އަހަރެންގެ ގާތަށް އަތުވެއްޖެނަމަ އޭނާ ގޮވައިގެން ކަލޭމެންގެ ގާތަށް އަހަރެން ދާނަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ