Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 9:8 - ކިތާބުލް މުޤައްދަސާ

8 ޝާއުލް ބިންމަތިން ތެދުވިއިރު އެއްގޮތަކަށް ވެސް އޭނާގެ ލޮލަކަށް ނުފެނެއެވެ. ދެން އޭނާ އާއި އެކު ދަތުރުކޮށް ދިޔަ މީހުންގެ ތެރެއިން ބަޔަކު އޭނާ ދިމިޝްޤަށް ގެންގޮސް ދިނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 9:8
10 ပူးပေါင်းရင်းမြစ်များ  

އަބްރާމް އެކަލޭގެފާނުގެ ލަޝްކަރު ބައިކުރެއްވުމަށް ފަހު ރޭގަނޑުގައި ދުޝްމަނުންނަށް ޙަމަލާދެއްވާ ކާމިޔާބު ހޯއްދެވިއެވެ. އަދި ދިމިޝްޤުގެ އުތުރު ސަރަހައްދެއް ކަމުގައިވާ ޙޫބާއާއި ހަމައަށް ހަނގުރާމަ ކުރައްވަމުން އެމީހުންގެ ފަހަތުން ވަޑައިގަތެވެ. ދެން އެއަށް ފަހު ލޫޠުގެފާނާއި އެކަލޭގެފާނުގެ އަތުން އަތުލެވިފައިވީ މުދާ ތަކާއި އަންހެނުންނާއި ހައްޔަރު ކުރެވުނު އެހެނިހެން މީހުން މިނިވަން ކޮށްދެއްވިއެވެ.


ދެން އެމަލާއިކަތުން އެތާނގައި ވީ އެންމެންގެ ލޯތައް އަނދިރި ކުރެއްވިއެވެ. އެހެންކަމުން އޭގެން އެކަކަށް ވެސް ދޮރެއް ނުފެނުނެވެ.


މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އިންސާނާއަށް އަނގަ ދެއްވީ ކޮންފަރާތަކުން؟ އަދި އިންސާނާ ބީރު މީހަކަށް ނުވަތަ މަންމަނަކަށް ހައްދަވަނީ ކޮން ފަރާތަކުން؟ އިންސާނާގެ ލޮލަށް އަލިކަން ދެއްވައި އަނދިރި ކުރައްވަނީ ކޮން ފަރާތަކުން؟ އެކަންތައް މެދުވެރި ކުރައްވަނީ ތިމަން މާތްރަސްކަލާނގެ ނޫންތަ؟


މާތްރަސްކަލާނގެ ކޯފާފުޅު ކަލޭގެ މައްޗަށް ލެއްވިއްޖެ. ދުވަސްކޮޅަކަށް ކަލޭގެ ލޮލުގެ އަލިކަން މުޅިން ގެއްލޭނެ. އެންމެ ކުޑަ ވެގެން އިރުގެ އަލިކަން ވެސް ކަލެއަކަށް ނުފެންނާނެ.⁠“ ހަމައެވަގުތު އެލީމާހުގެ ލޮލަށް އަނދިރި ވެއްޖެއެވެ. އޭނާ އަތުގައި ހިފައިގެން ގެންގޮސްދޭނެ މީހަކު ވޭ ތޯ ބަލަން ވަށަވަށައިގެން އޭނާ އަތް އުކަން ފެށިއެވެ.


އޭރު އަޅުގަނޑުގެ ލޮލަކަށް ނުފެނޭ. އެއީ އެ ގަދަ އަލީގެ ސަބަބުން އަޅުގަނޑުގެ ލޮލުގެ އަލިކަން ވަނީ ގެއްލިފަ. އެހެން ކަމުން އަޅުގަނޑާއި އެކު ދަތުރު ކުރަމުން ދިޔަ މީހުން އަޅުގަނޑު އެ ރަށަށް ގެންގޮސް ދިން.


ދެން އަނާނިޔާހު ޝާއުލްގެ ކޮނޑުގައި އޭނާގެ އަތް ޖައްސާ ދުޢާ ކުރިއެވެ. ހަމަ އެވަގުތު ޝާއުލްގެ ލޮލުން މަހުގެ ހުޅުބުތަކެއް ފަދަ އެއްޗިހިތަކެއް ފައިބަން ފެށިއެވެ. އަދި އޭނާގެ ލޮލުގެ އަލިކަން އަނބުރާ އޭނާއަށް ލިބުނެވެ. އެވަގުތު އަނަނިޔާހު ޝާއުލް ތައުބާގެ ހިނެވުމުން ހިނެވިއެވެ.


އޭގެ ފަހުން ތިން ދުވަސް ވަންދެން އޭނާގެ ލޮލުގެ އަލިކަން ގެއްލިފައި ވިއެވެ. އަދި އެދުވަސްތަކުގައި އޭނާ އެއްވެސް ކާއެއްޗެއް ނުކައެވެ. އަދި ބޯއެއްޗެއް ވެސް ނުބޮޔެވެ.


އަދި އަހަރެންގެ ކުރިން އީސާގެފާނަށް އީމާންވެތިބި އެކަލޭގެފާނުގެ މަންދޫބުންގެ ގާތަށް ޖެރޫސަލަމަކަށް ވެސް އަހަރެންނެއް ނުދަމެވެ. ހަމަވަގުތުން އަހަރެން ދިޔައީ އަރަބިކަރައަށެވެ. ދެން އެތަނުން އެނބުރި އަހަރެން ދިޔައީ ދިމިޝްޤަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ