Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 9:43 - ކިތާބުލް މުޤައްދަސާ

43 މިއަށް ފަހު ޕަތަރަސް ޖައްފާގައި ވަރަށް ގިނަ ދުވަހު ހުއްޓެވެ. އޭނާ އެ ރަށުގައި ހުރީ ގެރިބަކަރީގެ ހަމުގެ މަސައްކަތް ކުރާ ޝަމްއޫނުއޭ ކިޔުނު މީހެއްގެ ގޭގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 9:43
12 ပူးပေါင်းရင်းမြစ်များ  

މިހެން އެންގެވީމާ ޔޫނުސްގެފާނު ކަންކުރެއްވި ގޮތަކީ އިސްރާއީލުގެ ޔާފާގެ ގޮނޑުދޮށަށް ވަޑައިގެން އެތަނުން އޮޑިއަކަށް ކުލިދައްކަވައި އެއަށް އަރުއްވައިގެން ނީނަވާއާ ދިމާ އިދިކޮޅަށް ދާން އޮންނަ ތަރްޝީޝްއަށް ދިއުމަށް ދަތުރު ފެއްޓެވީއެވެ. މާތްރަސްކަލާނގެއަށް ފިއްލެވުމަށް ކަމަށް ހިތައެވެ.


ޖައްފާއަށް ބަޔަކު ފޮނުވާށޭ. އެ ރަށުގައި ޝަމްއޫނު ޕަތަރަސްއޭ ކިޔުނު މީހަކު ވާނެއޭ. އޭނާ ހުންނާނީ އެ ރަށުގެ މީހެއްގެ ގޭގައޭ. އެމީހާގެ ނަމަކީ ވެސް ޝަމްއޫނޭ. އެ ޝަމްއޫނަކީ ގެރި ބަކަރީގެ ހަމުގެ މަސައްކަތް ކުރާ މީހެކޭ. އޭނާގެ ގެ ހުންނާނީ އެ ރަށުގެ އަތިރިމަތީގައޭ.⁠‘


މިހާރު ކަލޭ ކުރަންވީ ކަމަކީ ޖައްފާއަށް ބަޔަކު ފޮނުވަންވީ. އެމީހުން އެ ރަށަށް ގޮސް އެ ރަށުގައިވާ ޝަމްއޫނު އޭ ކިޔުނު މީހަކު ހޯދާށޭ ބުނޭ. އޭނާގެ ނަމަކަށް ޕަތަރަސްއޭ ވެސް ކިޔޭ.


އޭނާ އެ ރަށުގައި ހުރީ ވެސް ޝަމްއޫނުއޭ ކިޔާ މީހެއްގެ ގޭގަ. އޭނާ ހުރިގޭގެ ޝަމްއޫނުއަކީ ގެރިބަކަރީގެ ހަމުގެ މަސައްކަތް ކުރާ މީހެއް. އެގެ ހުންނާނީ އެ ރަށުގެ އަތިރިމަތީގަ.⁠“


ކޮރުނޭލިޔުސް މިމީހުންނަށް ވީ ހުރިހާ ކަމެއް ކިޔާދީފަ ޖައްފާއަށް ފޮނުވިއެވެ.


ކޮރުނޭލިޔުސް އަހަރެމެން ކާރީ ބުނި. މާތްރަސްކަލާނގެ އެގެއަށް މަލާއިކަތަކު ފޮނުއްވާ އޭނާއަށް އެންގެވީ ޖައްފާއަށް ބަޔަކު ފޮނުވާ ޝަމްއޫނު ޕަތަރަސް އެ ރަށަށް ގެނައުމަށް ކަމުގަ.


ދެން އަހަރެން އީސާގެފާނާއި ބެހޭ ގޮތުން އެމީހުންނާއި ވާހަކަދައްކަން ހަމަފެށުމާއި އެކު އަހަރެމެންގެ މައްޗަށް މާތްރޫޙުފުޅު ކުރިން ހަމަ ވެރިވި ފަދައިން އެމީހުން އެންމެންގެ މައްޗަށް ވެސް މާތްރޫޙުފުޅު ވެރިވި.


ޖައްފާގައި ވީ އީސާގެފާނަށް އީމާންވާ މީހުންނަށް ޕަތަރަސް ލިއްދާގައިވާ ޚަބަރުވަނީ ލިބިފައެވެ. ލިއްދާ އަކީ ޖައްފާ އާއި ވަރަށް ކައިރި ރަށެއް ކަމުން އެމީހުން ޕަތަރަސްގެ ގާތަށް ދެމީހުން ފޮނުވާ ބުންޏެވެ. ”⁠ވީހާ ވެސް އަވަހަކަށް އަހަރެމެންގެ ގާތަށް ޖައްފާއަށް އައިސް ދޭށޭ.⁠“


މި ޚަބަރު މުޅި ޖައްފާގައި ފެތުރުނެވެ. އަދި މި ކަމުގެ ސަބަބުން އެ ރަށުގެ އެތައް ބަޔަކު އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅު ގަބޫލު ކުރިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ