Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 9:41 - ކިތާބުލް މުޤައްދަސާ

41 ދެން ޕަތަރަސް އޭނާގެ އަތުގައި ހިފާ އޭނާ ކޮޅަށް ތެދުވުމަށް އެހީވިއެވެ. ދެން ހުރިހާ ފިރި މަރުވެފައިވީ އަންހެނުންނާއި އެހެން ވެސް އީސާގެފާނަށް އީމާންވެގެންވީ މީހުންނަށް އެ ކޮޓަރިއަށް އައުމަށް ބުންޏެވެ. އަދި އެމީހުންނަށް ތަބިތާ މަރުވުމަށް ފަހުން އަލުން ދިރިގެންވާ ތަން ދެއްކިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 9:41
15 ပူးပေါင်းရင်းမြစ်များ  

އެބައިމީހުން ޔަޢުޤޫބުގެފާނަށް މިފަދައިން ދެންނެވިއެވެ. ”⁠ޔޫސުފުގެފާނު ދުނިޔޭގައި އެބަ ހުންނެވި. އަދި މުޅި މިޞްރުގެ މައްޗަށް ވެރިކަން ހިންގަވަނީ އޭނާ.⁠“ އެބައިމީހުންގެ ބަފައިކަލުން ޙައިރާންވެ ވަޑައިގަންނަވައި އެބައިމީހުން އެ ބުނި އެއްޗެއް ގަބޫލެއް ނުކުރެއްވިއެވެ.


ޝަމްޢޫނުގެ މައިދައިތަ ކައިރިއަށް އެކަލޭގެފާނު ވަޑައިގަންނަވައި އެކަނބުލޭގެ އަތުގައި ހިއްޕަވާ ކޮޅަށް ތެދުކުރުމަށް އެހީތެރިވެ ވަޑައިގަތެވެ. އެ ހިނދު އެކަނބުލޭގެ ހުންފިލައި ރަނގަޅުވިއެވެ. އަދި އެކަނބުލޭގެ ތެދުވެ އެބޭކަލުންނަށް ފަރިއްކޮޅު ތައްޔާރު ކޮށްދެއްވިއެވެ.


އެކަލޭގެފާނު އެރަށުގެ ދޮރާށި ކައިރިއަށް ވަޑައިގަތް ހިނދު އެތަނުން ބޭރަށް ނުކުންނަ ބަޔަކު މީހުންނާ ދިމާވިއެވެ. އެބައިމީހުންނީ މަރުވެފައިވާ މީހަކު ވަޅުލުމަށްޓަކައި ދިޔަ ބައެކެވެ. މަރުވެފައިވާ މީހާއަކީ ފިރިމަރުވެފައިވާ އަންހެނެއްގެ ހުރި އެންމެ ފިރިހެން ދަރިފުޅެކެވެ. އެރަށުގެ އެތައް ބަޔަކު މިއަންހެން މީހާ އާއި އެކުގައި ތިއްބެވެ.


މަރުވެފައި ވީ ޒުވާނާ ތެދުވެ ވަގުތުން ވާހަކަދައްކަން ފެށިއެވެ. އެ ހިނދު އީސާގެފާނު އޭނާ އޭނާގެ މަންމަޔާ ހަވާލު ކުރެއްވިއެވެ.


ދެން އެމީހުން އެ ވެއްޓުނު ޒުވާނާ އޭނާގެ ގެއަށް ގެންދިޔައެވެ. އޭނާ ދިރިހުރި ތަން ދެކެ އެއެންމެން ވެސް އުފާކުރިއެވެ.


ދެން ޕަތަރަސް އެމީހާގެ ކަނާއަތުގައި ހިފާ ނެގިއެވެ. އެވަގުތު އޭނާގެ ފައިގައި ބާރުޖެހުނެވެ.


އީސާގެފާނަށް އީމާންވެ އެކަލޭގެފާނު އެންގެވި މަގުން އުޅެމުން ގެންދާ ބަނީއިސްރާއީލު މީހުންގެ އަދަދު ދުވަހުން ދުވަހަކަށް ގިނަވަމުން ދިޔައެވެ. އަދި މިހެން އީސާގެފާނަށް އީމާންވާ މީހުންގެ އަދަދު ގިނަވަމުން ދިޔަ ހިނދު އެމީހުންގެ ތެރޭގައިވާ ގުރީކު ބަހުން ވާހަކަ ދައްކާ މީހުން ޢިބްރާނީ ބަހުން ވާހަކަ ދައްކާ މީހުންނާއި މެދު ޝަކުވާއެއް ކޮށް، އެމީހުންގެ ތެރޭގައި ދެބަސްވުމެއް ވެސް އުފެދުނެވެ. އެމީހުންގެ ޝަކުވާއަކީ ކޮންމެ ދުވަހަކު ވެސް ކާއެއްޗެހި ބަހާ އިރު ގުރީކު މީހުންގެ ތެރޭ ފިރިމަރުވެފައިވާ ހުވަފަތް އަންހެނުންނަށް ލިބޭ ބައި ޢިބްރާނީ މީހުންގެ ތެރޭގައި ވާ ހުވަފަތް އަންހެނުންނަށް ލިބޭ ބަޔަށް ވުރެ ކުޑަކަމުގެ ޝަކުވާއެވެ.


އަނާނިޔާހު މާތްސާހިބާއަށް ދެންނެވިއެވެ. ”⁠އެކަމަކު މާތްސާހިބާ އަޅުގަނޑު ވަރަށް ގިނަ ގޮތް ގޮތުން ވެސް އަހާފައިވާ ގޮތުގައި ތިޔަ މީހާއަކީ ޖެރޫސަލަމުގައި ކަލޭގެފާނަށް އީމާންވެގެން ތިބި މީހުންނަށް ވަރަށް ނުބައިކޮން ކަން ކުރި މީހެއް.


ހަމަ އޭރު ޕަތަރަސް ވެސް އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ގާތަށް ދިއުމަށް އެކި ރަށްރަށަށް ދަތުރު ކުރަމުން ދިޔަމަގުމަތީ އޭނާ ލިއްދާގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ގާތަށް ދިޔައެވެ.


އެކަނިވެރިކަން ޙިއްސާކުރާ ހުވަފަތް އަންހެނުންނާއިމެދު މަސީޙީ ޖަމާޢަތުން އިޙްތިރާމްކޮށް އަޅާލައި އިނާޔަތް ދޭންވާނެއެވެ.


އެހީތެރިވާނޭ ފަރާތެއް ނެތް އެކަނިވެރި ހުވަފަތް އަންހެނުން އެކަނބަލުންގެ ހުރިހާ އުންމީދުތަކެއް މާތްރަސްކަލާނގެއަށް ރައްދުކޮށް ރޭގަނޑާއި ދުވާލު އެކަލާނގެ މަދަދަށް އެދި ދަންނަވައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ