މަންދޫބުންގެ މަސައްކަތް 9:4 - ކިތާބުލް މުޤައްދަސާ4 ޝާއުލް ބިންމައްޗަށް ވެއްޓުނެވެ. ދެން އޭނާއަށް އިވުނީ މިހެން ބުނާ އަޑެވެ. ”ޝާއުލް، ޝާއުލް، އަހަންނަށް އަނިޔާ ދިނުމަށް ކަލޭ ތިޔަ އުޅެނީ ކީއްވެ؟“ အခန်းကိုကြည့်ပါ။ |
އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ކައި ނިމުމުން އީސާގެފާނު ޝަމްއޫނު ޕަތަރަސް ކުރެން ސުވާލު ކުރެއްވިއެވެ. ”ޔޫޙަންނާގެ ދަރި ޝަމްއޫނު. މިމީހުން އަހަރެން ދެކެ ލޯބިވާވަރަށް ވުރެ ބޮޑަށް ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟“ ޝަމްއޫނު ޕަތަރަސް ޖަވާބުގައި ދެންނެވިއެވެ. ”އާދެ ސާހިބާ! އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގި ވަޑައިގަންނަވާނެ.“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”އެހެންވިއްޔާ ހުއިހައްޕާ މީހަކު ޅަކަންބަޅިތަކެއް ބަލަހައްޓާ ފަދައިން އަހަރެންގެ މީސްތަކުން ބަލަހައްޓާ!“