މަންދޫބުންގެ މަސައްކަތް 9:39 - ކިތާބުލް މުޤައްދަސާ39 ޕަތަރަސްއަށް މިޚަބަރު ލިބުމާއި އެކު އެމީހުންނާއި އެކު ޖައްފާއަށް ދިއުމަށް ދަތުރު ފެށިއެވެ. ޕަތަރަސް އައުމާއި އެކު އެމީހުން އޭނާ ތަބިތާގެ ގަބުރު ބޭއްވިފައިވާ ކޮޓަރިއަށް ގެންދިޔައެވެ. އެކޮޓަރީގައި ފިރިމަރުވެފައިވާ އެތައް ބައިވަރު ހުވަފަތް އަންހެނުންނެއް ރޮއި ހިތާމަކުރަމުން ދިޔައެވެ. އެމީހުން ޕަތަރަސްއަށް ތަބިތާ އެމީހުންނަށް ފަހާދީފާވީ އަންނައުނުތައް ދެއްކިއެވެ. အခန်းကိုကြည့်ပါ။ |
އަޅުގަނޑު އެމީހުންގެ މެދުގައި ހުރި އިރު އިނބަރަސްކަލާނގެ ނަންފުޅުގެ ބާރުފުޅުގައި އަޅުގަނޑު އެމީހުންނަށް ރައްކާތެރިކަން ދިނިން. އެ ނަންފުޅަކީ އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި ނަންފުޅު. ގެއްލި ދިއުމަށް މިންވަރުގައި ވީ މީހާ ނޫން އެންމެން އަޅުގަނޑު ރައްކާތެރި ކޮށް ދިނިން. ގެއްލިދިޔަ މީހާ އެ ގެއްލުނީ ލިޔެވިގެންވީ ގޮތަށް ކަންތައްވެ ނިމި ދިއުމަށް.
އަހަރެން ކުރި ހުރިހާ ކަމަކުން ވެސް އަހަރެން ކަލޭމެންނަށް ހާމަކޮށްދޭން ބޭނުންވީ ގައިގައި ބާރު ނެތް މީހުންގެ ބޭނުންތަކަށް އެހީވެދިނުމަށް ކަލޭމެންގެ އަތުންފައިން މަސައްކަތް ކުރުން. މާތް ސާހިބާ އީސާގެފާނުގެ ބަސްފުޅުގެ މަތިން ހަނދާން ކުރޭ. އެކަލޭގެފާނު ވިދާޅުވި. ’ލިބިގަތުމަށް ވުރެ ދިނުން އެއީ މާ ބޮޑު ރަޙުމަތެކޭ.‘“
އީސާގެފާނަށް އީމާންވެ އެކަލޭގެފާނު އެންގެވި މަގުން އުޅެމުން ގެންދާ ބަނީއިސްރާއީލު މީހުންގެ އަދަދު ދުވަހުން ދުވަހަކަށް ގިނަވަމުން ދިޔައެވެ. އަދި މިހެން އީސާގެފާނަށް އީމާންވާ މީހުންގެ އަދަދު ގިނަވަމުން ދިޔަ ހިނދު އެމީހުންގެ ތެރޭގައިވާ ގުރީކު ބަހުން ވާހަކަ ދައްކާ މީހުން ޢިބްރާނީ ބަހުން ވާހަކަ ދައްކާ މީހުންނާއި މެދު ޝަކުވާއެއް ކޮށް، އެމީހުންގެ ތެރޭގައި ދެބަސްވުމެއް ވެސް އުފެދުނެވެ. އެމީހުންގެ ޝަކުވާއަކީ ކޮންމެ ދުވަހަކު ވެސް ކާއެއްޗެހި ބަހާ އިރު ގުރީކު މީހުންގެ ތެރޭ ފިރިމަރުވެފައިވާ ހުވަފަތް އަންހެނުންނަށް ލިބޭ ބައި ޢިބްރާނީ މީހުންގެ ތެރޭގައި ވާ ހުވަފަތް އަންހެނުންނަށް ލިބޭ ބަޔަށް ވުރެ ކުޑަކަމުގެ ޝަކުވާއެވެ.
މާތްރަސްކަލާނގެ ކަމަށްވާ މަތިވެރި ބައްޕާފުޅުގެ ކިބަފުޅަށް ތަކުރާރުކޮށް އަހަރެމެން ދުޢާ ދަންނަވާއިރު ތިޔަބައިމީހުންގެ އީމާންތެރިކަން އަމަލީ ގޮތުން ދައްކައި ދިން ގޮތުގެ ވާހަކަ އަހަރެމެން ހިމަނާނަމެވެ. އަދި ތިޔަބައިމީހުން އެހާ ބުރަމަސައްކަތެއް ކުރީ ތިޔަބައިމީހުންގެ ހިތުގައިވާ މަތިވެރި ލޯބިން ކަން ވެސް ދަންނަވާނަމެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި މާތްސާހިބާ އީސާ އަލްމަސީޙާ މެދު އޮތް ވަރުގަދަ އުންމީދުގެ ވާހަކަވެސް އެކުލަވާނަމެވެ.