މަންދޫބުންގެ މަސައްކަތް 9:34 - ކިތާބުލް މުޤައްދަސާ34 މިމީހާއަށް ޕަތަރަސް ބުންޏެވެ. ”އޭ އޭނިޔާސް. މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި އީސާ އަލްމަސީޙު ކަލޭގެ ބަލި ހެޔޮކުރައްވައިފި. ތެދުވޭ. ތެދުވެ ކަލޭގެ ތަންމަތި ނަގާ އޮޅާލާ.“ ޕަތަރަސް ހަމަ އެހެން ބުނުމާއި އެކު އޭނިޔާސް ކޮޅަށް ތެދުވިއެވެ. အခန်းကိုကြည့်ပါ။ |
މި ކުއްޖާ ކޮންމެ ދުވަހަކު އަހަރެމެންގެ ފަހަތުން މިހެން ގޮވަމުން ގޮސް ހެދިއެވެ. އެންމެ ފަހުން އެއް ދުވަހު ޕައުލް ކުޅަދާނަނުވެގެން އެ ކުއްޖާއާ ދިމާލަށް އެނބުރިފަ އެ ނުބައިރޫޙަށް ބުންޏެވެ. ”ތިކުއްޖާގެ ގައިން ހަމަ މިހާރު ނުކުތުމަށް އީސާ އަލްމަސީޙުގެ ނަންފުޅުގައި އަހަރެން ކަލެއަށް އަމުރުކުރަން.“ ހަމައެވަގުތު އެ ނުބައި ރޫޙު އެކުއްޖާގެ ހަށިގަނޑުގެ ތެރެއިން ނުކުމެއްޖެއެވެ.
ޕަތަރަސްއަށް މީހުންތައް އެތަނަށް އެއްވެފައިވާ ތަން ފެނުމުން އެމީހުންނާއި މުޚާޠަބުކޮށް ބުންޏެވެ. ”އެކުވެރިންނޭ، މިތަންދެކެ ކަލޭމެން ތިޔަހާ ބޮޑަށް ތިޔަ އަޖައިބުވެ ހައިރާންވީ ކީއްވެ؟ ކަލޭމެން އަހަރެމެންނާއި ދިމާއަށް ތިބާލާ ގޮތުން ހީވަނީ މިކަންތައްތައް މިވީ އަހަރެމެންގެ މޮޅުކަމުން ނުވަތަ އަހަރެމެންގެ ރަނގަޅުކަމުން ހެން.
ވީއިރު އަހާ. އަޅުގަނޑުމެން ބަނީއިސްރާއީލުގެ އެންމެންނަށް ހާމަކޮށް އަންގަން. އޭނާ ރަނގަޅުވީ ނާޒަރަތުގެ ރަށްވެއްސެއް ކަމުގައި ވީ އީސާ އަލްމަސީޙުގެ ބާރުފުޅުން. ކަލޭމެން އެކަލޭގެފާނު ސަލީބަކަށް ނަގާ މަރާލި. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު އަލުން ދިރުއްވި. މި ވާވެފައިވީ ނުހިނގޭ މީހާ މުޅިން ރަނގަޅުވެ މިއަދު ތިޔަ އެންމެ ހާ މީސްތަކުންގެ ކުރިމަތީ ކޮޅަށް މިހިރީ އީސާގެފާނުގެ ބާރުފުޅުން.