Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 9:32 - ކިތާބުލް މުޤައްދަސާ

32 ހަމަ އޭރު ޕަތަރަސް ވެސް އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ގާތަށް ދިއުމަށް އެކި ރަށްރަށަށް ދަތުރު ކުރަމުން ދިޔަމަގުމަތީ އޭނާ ލިއްދާގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ގާތަށް ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 9:32
18 ပူးပေါင်းရင်းမြစ်များ  

އެހެން މީހުންނާ މެދު އިންސާފުން ކަންތައް ކުރާ މީހުންނަށް މާތްކަލާނގެ ރައްކާތެރިކަން ދެއްވައެވެ. އަދި އެކަލާނގެއަށް ވަފާތެރިކަން މަތީ ތިބޭމީހުންނަށް ހިމާޔަތް ދެއްވައެވެ.


މަހާނަތައް ހުޅުވި ޞާލިހުންގެ ފުރާނައެޅި އެބައިމީހުން ތެދުވިއެވެ.


ނަމަވެސް މާތްރޫޙުފުޅު ކަލޭމެންގެ މައްޗަށް ވޮޑިގެންވުމުން ކަލޭމެންނަށް މާތްރޫޙުފުޅުގެ ބާރުލިބޭނެ. އަދި އޭރުން މުޅި ޖެރޫސަލަމުގައާއި، ޖުދެއާކަރައިގެ ތެރޭގައާއި، ސަމީރިއްޔާގައާއި، އަދި ދުނިޔޭގެ ހުރިހާ ޤައުމެއްގަ ވެސް ކަލޭމެން ތިމަންކަލޭގެފާނާއި ބެހޭ ގޮތުން އެންމެންނަށް އަންގައިދީ ފާޅުކޮށް ދޭނެ.⁠“


އަޅުގަނޑު ވެސް ކަންތައް ކުރީ ހަމަ އެ ފަދައިން. ޖެރޫސަލަމުގެ ބޮޑު އިމާމުން ދެއްވި ހުއްދައަށް އަޅުގަނޑު އީސާގެފާނަށް އީމާންވި އެތައް ބަޔަކު ޖަލަށް ލީން. އަދި އޭގެ ތެރެއިން މީހުންނަށް މަރުގެ އަދަބު ދެވުނު ހިނދު އެކަމަށް ރުހި އަޅުގަނޑު ވެސް ވޯޓުލީން.


ޖެރޫސަލަމުގައި ވީ އީސާގެފާނުގެ މަންދޫބުންނަށް ސަމީރިއްޔާގެ އެތައް ބަޔަކު މާތްރަސްކަލާނގެ ބަސްފުޅު ގަބޫލު ކުރި ޚަބަރު ލިބުމުން އެމީހުންގެ ކައިރިއަށް ޕަތަރަސްއާއި ޔޫޙަންނާ ފޮނުވިއެވެ.


ޕަތަރަސްއާއި ޔޫޙަންނާ އީސާގެފާނު ކުރެއްވި ކަންތައްތަކާއި އެކަލޭގެފާނާއި ބެހޭ ހެޔޮޚަބަރުފުޅު އެ ރަށުގެ މީހުންނަށް ކިޔާ ދިނުމަށް ފަހު އެނބުރި ޖެރޫސަލަމަށް ދިއުމަށް ދަތުރު ފެށިއެވެ. އެމީހުން ދަތުރުކޮށް ދިޔަ މަގުމަތީގައި ވީ ސަމީރިއްޔާގެ ވަރަށް ގިނަ ރަށްތަކުގައި ވެސް އެމީހުން އެ ހެޔޮޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދިނެވެ.


އަނާނިޔާހު މާތްސާހިބާއަށް ދެންނެވިއެވެ. ”⁠އެކަމަކު މާތްސާހިބާ އަޅުގަނޑު ވަރަށް ގިނަ ގޮތް ގޮތުން ވެސް އަހާފައިވާ ގޮތުގައި ތިޔަ މީހާއަކީ ޖެރޫސަލަމުގައި ކަލޭގެފާނަށް އީމާންވެގެން ތިބި މީހުންނަށް ވަރަށް ނުބައިކޮން ކަން ކުރި މީހެއް.


އެ ރަށުގައި ވީ އޭނިޔާސްއޭ ކިޔުނު މީހަކާއި ޕަތަރަސްއާއި ބައްދަލުވިއެވެ. މިމީހާއަކީ އޭރު ވާބަލީގެ ސަބަބުން އޮތް ތަނުން ނުތެދުވެވޭތާ އަށް އަހަރު ވެފައިވާ މީހެކެވެ.


ދެން ޕަތަރަސް އޭނާގެ އަތުގައި ހިފާ އޭނާ ކޮޅަށް ތެދުވުމަށް އެހީވިއެވެ. ދެން ހުރިހާ ފިރި މަރުވެފައިވީ އަންހެނުންނާއި އެހެން ވެސް އީސާގެފާނަށް އީމާންވެގެންވީ މީހުންނަށް އެ ކޮޓަރިއަށް އައުމަށް ބުންޏެވެ. އަދި އެމީހުންނަށް ތަބިތާ މަރުވުމަށް ފަހުން އަލުން ދިރިގެންވާ ތަން ދެއްކިއެވެ.


މި ސިޓީ އަކީ އީސާ އަލްމަސީޙުގެ މަންދޫބެއްގެ ގޮތުގައި މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި ޕައުލްގެ ފަރާތުން ފޮނުވާ ސިޓީ އެކެވެ. މި ސިޓީ މި ލިޔަނީ އެފޭސުސްގައިވާ މާތްކަލާނގެ މުޤައްދަސް ކުރެއްވި އަލްމަސީހަށް އީމާންވާ ހުރިހާ އެންމެންނަށެވެ. އެ ހުރިހާ އެންމެންނަކީ އީސާ އަލްމަސީޙަށް ވަފާތެރިވެ އީމާންކަން މަތީވާ ފަރާތްތައް ވެސް މެއެވެ.


މި ސިޓީ އަކީ އަލްމަސީޙު އީސާގެފާނުގެ ޚާދިމުން ކަމުގައިވާ ޕައުލް އާއި ތިމޮތީގެ ފަރާތުން ފޮނުވާ ސިޓީއެކެވެ. މިސިޓީ މިލިޔަނީ އީސާ އަލްމަސީހަށް އީމާންވެގެންވީ މާތްކަލާނގެ މުޤައްދަސްކުރެއްވި ފިލިއްޕީގެ އެންމެހައި ފަރާތްތަކަށާއި މަސީޙީ ޖަމާޢަތުގެ ބޮޑުންނާއި އެހީތެރިންނަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ