Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 9:30 - ކިތާބުލް މުޤައްދަސާ

30 ނަމަވެސް އީސާގެފާނަށް އީމާންވެގެން ތިބި މީހުންނަށް މި ޚަބަރު ލިބުނެވެ. އެހެން ކަމުން އެމީހުން ޝާއުލް ކައިސަރިޔާ އަށް ގެންދިޔައެވެ. އަދި އެ ރަށުން އޭނާ ތަރުސުސް އަށް ފޮނުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 9:30
11 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުންނާއި މެދުގައި އަވަށަކުން އަނިޔާވެރި ގޮތަކަށް އަމަލުކޮށްފިނަމަ، އަނެއް އަވަށަކަށް އަވަހަށް ދޭ. އަހަރެން މިބުނަނީ ތެދެއް. ބަނީއިސްރާއީލުގެ ހުރިހާ އަވަށަކަށް ތިޔަބައިމީހުން ގޮސް ނުނިމުނީސް އިންސާނާގެ ދަރިކަލުން އަންނާނެ.


އީސާގެފާނަށް ކައިސަރިއާ ފިލިއްޕީގެ ސަރަހައްދަށް ވަޑައިގެންނެވުނު ހިނދު އެކަލޭގެފާނު އެކަލޭގެފާނުގެ އަސްޙާބީން ކުރެން އެއްސެވިއެވެ. ”⁠އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެންނާއި މެދު މީސްތަކުން ބުނަނީ ކީކޭ؟⁠“


އޭގެ ތެރެއިން އެއްދުވަހަކު އީސާގެފާނުގެ މައްޗަށް އީމާންވާ ސަތޭކަ ވިއްސަކަށް މީހުން އެއްތަނަކަށް އެއްވިއެވެ. އެ ދުވަހު ޕަތަރަސް އެމީހުންނާއި މުޚާޠަބު ކުރުމަށްޓަކައި ކޮޅަށް ތެދުވެ އެމީހުންނަށް ބުންޏެވެ.


ދެން މިއަށް ފަހު ބަރުނައްބާސް ދިޔައީ ޝާއުލް ހޯދުމަށްޓަކައި ތަރުސުސްއަށެވެ.


ރޭގަނޑުވުމާއި އެކު އީމާންވެގެންވީ މީހުން ޕައުލް އާއި ސިލާހު އެ ރަށުން ބެރޭއާއަށް ފޮނުވާލިއެވެ. އެ ރަށަށް ގޮސް، އެމީހުން އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒަށް ދިޔައެވެ.


ޕައުލް ގޮވައިގެން ދިޔަ މީހުން އޭނާއާއި އެކު އަތެންސް އާއި ހަމައަށް ދިއުމަށް ފަހު އެނބުރި ބެރޭއާ އަށް އައެވެ. އެމީހުން އައިސް ސިލާހު އާއި ތިމޮތީ ވީހާ ވެސް އަވަހަކަށް ޕައުލް ހުރިތަނަށް އައުމަށް އެންގި ކަމުގެ ޚަބަރު އެމީހުންނަށް ދިނެވެ.


އެރަށުގައި އަހަރެމެން އެއްހަފްތާ މަޑުކުރި މަޑުކުރުމުގައި އެ ރަށުގެ އީސާގެފާނަށް އީމާންވެގެން ތިބި ބަޔަކާއި އަހަރެމެންނާއި ބައްދަލުވިއެވެ. އެމީހުން އެދުމުން އަހަރެމެން އެ ރަށުގައި އެމީހުންގެ ގާތުގައި ތިބީމެވެ. ދެން އެންމެފަހުން އަހަރެމެން ރޯމުކަރަޔަށް ދިޔައީމެވެ.


އެ ހިނދު ފިލިޕު ވީ އަޒޯތުސް އޭ ކިޔުނު ރަށެއްގައެވެ. އޭނާ އީސާގެފާނާއި ބޭހޭ ހެޔޮޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދެމުން ދަތުރުކޮށް އެއް ރަށުން އަނެއް ރަށަށް ދިޔައެވެ. މި ގޮތުގެ މަތިން ދަތުރު ކުރަމުން ގޮސް އޭނާ ކައިސަރިޔާ އާއި ހަމައަށް ދިޔައެވެ.


މާތްސާހިބާ އޭނާއަށް ވިދާޅުވިއެވެ. ”⁠ތެދުވެގެން ގޮސް ސީދާމަގޭ ކިޔޭ މަގުގައިވާ ޔުދާސްގެ ގެއަށް ދޭ. އެގެއަށް ގޮސް އަހާ އެ ގޭގައި ޝާއުލް އޭ ކިޔާ ތަރުސުސްގެ މީހަކު ވޭހޭ. އޭނާ ހަމަ މި ވަގުތު ތިމަންކަލޭގެފާނުގެ ނަންފުޅުގައި އެބަ ދުޢާ ކުރޭ.


ދެން އެއަށް ފަހު އަހަރެން ދިޔައީ ސޫރިޔާއާއި ސިލީސިޔާގެ ސަރަހައްދަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ