މަންދޫބުންގެ މަސައްކަތް 9:3 - ކިތާބުލް މުޤައްދަސާ3 ޝާއުލް މި ބޭނުމުގައި ދިމިޝްޤަށް ދިޔައެވެ. އަދި ދިމިޝްޤާއި ވަރަށް ކައިރިވެފައި ވަނިކޮށް ކުއްލިއަކަށް އުޑުން އައި ވަރަށް ގަދަ އައްޔެއް އޭނާގެ ވަށައިގެން ވިދައިގެން ދިޔައެވެ. အခန်းကိုကြည့်ပါ။ |
ދެން އަނާނިޔާހު ޔުދާސްގެ ގެ ހޯދައިގެން އެގެއަށް ދިޔައެވެ. އެގެއަށް ގޮސް އޭނާ ޝާއުލް އަށް ބުންޏެވެ. ”ޝާއުލް އަހަރެން މި އައީ މާތްސާހިބާ އީސާގެފާނު އަހަރެން ފޮނުއްވީމަ. ކަލޭ ދިމިޝްޤަށް ދަތުރުކޮށް އައި މަގުމަތީގައި ކަލެއަށް ވެސް ފެނުނީ ހަމަ އެކަލޭގެފާނު. އެކަލޭގެފާނު އަހަރެން ފޮނުއްވީ ކަލެއަށް ކަލޭގެ ލޮލުގެ އަލިކަން އަނބުރާ ދެއްވުމަށް. އަދި ކަލެއަށް މާތްރޫޙުފުޅު ވެސް ދެއްވުމަށް.“
ނަމަވެސް ބަރުނައްބާސް ޝާއުލްގެ ބަހަށް އިތުބާރުކޮށް އޭނާ އީސާގެފާނުގެ މަންދޫބުންގެ ކައިރިއަށް ގެންގޮސް ދިނެވެ. އަދި އެމީހުންނަށް ޝާއުލް ދިމިޝްޤަށް ދިޔަ މަގުމަތީ އޭނާއަށް އީސާގެފާނު ފާޅުވީ ގޮތުގެ ޚަބަރުދީ އަދި ޝާއުލް މުޅި ދިމިޝްޤުގައި ބިރެއްނެތި ސާބިތުކަމާއި އެކު އީސާގެފާނުގެ ޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދިން ގޮތް ކިޔާދީ ޚަބަރު ދިނެވެ.
އެކަލާނގެއީ އެކަކަށް ވެސް ކައިރި ނުވެވޭފަދަ ނޫރުފުޅެއްގައި އަބަދަށްޓަކައި ވޮޑިގެންވާ ފަރާތެކެވެ. އެއްވެސް އިންސާނަކަށް އެކަލާނގެ ފެނިފައެއް ނުވެއެވެ. އަދި ނުވެސް ފެންނާނެ އެވެ. އެކަލާނގެއީ ހަމައެކަނި އަޅުކަންކުރެވޭ އަދި އަބަދަށްޓަކައި ބާރުވެރިކަން ލިބިގެންވީ ހަމައެކަނި ފަރާތެވެ. އެކަލާނގެ ކުޅަދުންވަންތަ ކަމާއި މަތިވެރިކަން އަބަދަށްޓަކައި ދެމިގެންވާނެއެވެ! އާމީން.