މަންދޫބުންގެ މަސައްކަތް 9:29 - ކިތާބުލް މުޤައްދަސާ29 ޝާއުލް ޖެރޫސަލަމުގައި އުޅުނު ގުރީކު ބަހުން ވާހަކަދައްކާ ބަނީއިސްރާއީލު މީހުންނާއި ވަރަށް ގިނައިން އީސާގެފާނާއި ބެހޭ ގޮތުން ވާހަކަދައްކާ އުޅުނެވެ. އެމީހުންނާއި ޝާއުލް އާއި ދެމެދު މި ކަމާއި ބެހޭ ގޮތުން ވަރަށް ގަދައަށް ބަހުސްތައް ކުރެވެއެވެ. އެހެން ކަމުން އެމީހުން ގަސްތު ކުރީ ޝާއުލް މަރާލުމަށެވެ. အခန်းကိုကြည့်ပါ။ |
ދެން ޕައުލް ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒަށް ގޮސް އެތާނގައި ވާ ބަނީއިސްރާއީލު މީހުންނާ އަދި އެތަނަށް މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށް އަންނަ ގުރީކު މީހުންނާއި އީސާގެފާނާއި ބެހޭގޮތުން ވާހަކަދެއްކިއެވެ. އަދި ކޮންމެ ދުވަހަކު އެރަށުގެ ބޮޑު ބާޒާރުގައި ވެސް އެތަނަށް އައްޔާ އައި ހާ ބަޔަކު ގާތު ވެސް މިފަދައިން ވާހަކަ ދައްކަމުން ގެންދިޔައެވެ.
ދެން ޕައުލް ދިޔައީ އެ ރަށުގެ ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް ދާ ދީނީ މަރުކަޒަށެވެ. އެތާނގައި ޕައުލް ތިން މަސްދުވަސް ވަންދެން ވަރަށް ކެރިގެން ކިޔަވާދެމުން ދިޔައެވެ. ޕައުލް ބަނީއިސްރާއީލު މީހުންނާއި ވާހަކަ ދައްކާ ބަހުސްކޮށް، މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދު، އޭނާ ކިޔަވާދެމުން ދިޔަ ބަސްތައް އެމީހުންނަށް ސާފުކޮށް އޮޅުންފިލުވާދިނެވެ.
އީސާގެފާނަށް އީމާންވެ އެކަލޭގެފާނު އެންގެވި މަގުން އުޅެމުން ގެންދާ ބަނީއިސްރާއީލު މީހުންގެ އަދަދު ދުވަހުން ދުވަހަކަށް ގިނަވަމުން ދިޔައެވެ. އަދި މިހެން އީސާގެފާނަށް އީމާންވާ މީހުންގެ އަދަދު ގިނަވަމުން ދިޔަ ހިނދު އެމީހުންގެ ތެރޭގައިވާ ގުރީކު ބަހުން ވާހަކަ ދައްކާ މީހުން ޢިބްރާނީ ބަހުން ވާހަކަ ދައްކާ މީހުންނާއި މެދު ޝަކުވާއެއް ކޮށް، އެމީހުންގެ ތެރޭގައި ދެބަސްވުމެއް ވެސް އުފެދުނެވެ. އެމީހުންގެ ޝަކުވާއަކީ ކޮންމެ ދުވަހަކު ވެސް ކާއެއްޗެހި ބަހާ އިރު ގުރީކު މީހުންގެ ތެރޭ ފިރިމަރުވެފައިވާ ހުވަފަތް އަންހެނުންނަށް ލިބޭ ބައި ޢިބްރާނީ މީހުންގެ ތެރޭގައި ވާ ހުވަފަތް އަންހެނުންނަށް ލިބޭ ބަޔަށް ވުރެ ކުޑަކަމުގެ ޝަކުވާއެވެ.
ނަމަވެސް ބަރުނައްބާސް ޝާއުލްގެ ބަހަށް އިތުބާރުކޮށް އޭނާ އީސާގެފާނުގެ މަންދޫބުންގެ ކައިރިއަށް ގެންގޮސް ދިނެވެ. އަދި އެމީހުންނަށް ޝާއުލް ދިމިޝްޤަށް ދިޔަ މަގުމަތީ އޭނާއަށް އީސާގެފާނު ފާޅުވީ ގޮތުގެ ޚަބަރުދީ އަދި ޝާއުލް މުޅި ދިމިޝްޤުގައި ބިރެއްނެތި ސާބިތުކަމާއި އެކު އީސާގެފާނުގެ ޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދިން ގޮތް ކިޔާދީ ޚަބަރު ދިނެވެ.
މި ޚަބަރުތައް އަހާ އީސާގެފާނުގެ މަންދޫބުން ޝާއުލް އަށް އިތުބާރު ކުރިއެވެ. އޭގެ ފަހުން ޝާއުލް އެމީހުންނާއި އެކު ހުރިހާ ތާކަށް ވެސް ދެއެވެ. އަދި ޝާއުލް މުޅި ޖެރޫސަލަމުގެ ތެރޭގައި އީސާގެފާނާއި ބެހޭ ޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް ބިރެއްނެތި ސާބިތުކަމާއި އެކު މީސްތަކުންނަށް އަންގައިދެމުން ގެންދިޔައެވެ.
މަގޭ ލޮބުވެތި ރަޙުމަތްތެރިންނޭވެ! އަހަރެމެން ޙިއްސާ ކުރަމުން މިގެންދާ ދިންނެވުމާއިމެދު ތިޔަބައިމީހުންނަށް ލިޔަން އަހަރެން ވަރަށް ޝައުޤުވެރިވަމެވެ. ނަމަވެސް މިކަމާއިގުޅިގެން އަހަރެން ތިޔަބައިމީހުންނަށް އެހެން ކަމަކާއި ބެހޭގޮތުން ލިޔަން ވެސް ބޭނުންވެއެވެ. އެއީ އަހަރެމެންގެ ޢަގީދާ ދިފާޢުކުރުމަށް ތިޔަބައިމީހުންގެ ކިބައިން އެދޭ އެދުމުގެ ވާހަކައެވެ. ބަދަލުވުމެއްނެތް ޙަޤީޤީ ރިސާލަތު މާތްކަލާނގެ މުޤައްދަސް ކުރެއްވި މީހުންނާ ހަވާލުކުރަނީ އެންމެ ފަހު ފަހަރަށެވެ.
ނަމަވެސް އެންމެ މަތިވެރި މަލާއިކަތާ މިޚައީލުގެފާނާ ޝައިތާނާއާ ދެމެދު މޫސާގެފާނުގެ ހަށިކޮޅާ ހަވާލުވާނީ ކާކުހޭ ކުރެވުނު ޒުވާބު ތެރޭގައި ވެސް މީކާއީލުގެފާނަކަށް އިބިލީސްއަށް ހުތުރު ބަސްތައް ރައްދުކޮށް ކުށްވެރި ކުރައްވާކަށް ކެރިވަޑައެއް ނުގަތެވެ. އެއާ ޚިލާފަށް މީކާއީލުގެފާނު ހަމައެކަނި ވިދާޅުވީ މިފަދައިންނެވެ. ”މާތްރަސްކަލާނގެ ކަލެއަށް ޢުޤޫބާތް ދެއްވާނެ.“