Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 9:28 - ކިތާބުލް މުޤައްދަސާ

28 މި ޚަބަރުތައް އަހާ އީސާގެފާނުގެ މަންދޫބުން ޝާއުލް އަށް އިތުބާރު ކުރިއެވެ. އޭގެ ފަހުން ޝާއުލް އެމީހުންނާއި އެކު ހުރިހާ ތާކަށް ވެސް ދެއެވެ. އަދި ޝާއުލް މުޅި ޖެރޫސަލަމުގެ ތެރޭގައި އީސާގެފާނާއި ބެހޭ ޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް ބިރެއްނެތި ސާބިތުކަމާއި އެކު މީސްތަކުންނަށް އަންގައިދެމުން ގެންދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 9:28
10 ပူးပေါင်းရင်းမြစ်များ  

ކަލޭގެފާނަކީ ޝާއުލްގެފާނުގެ ދުނިޔޭގައި ކުރި ހުރިހާ ހަނގުރާމައެއްގައި ވެސް އިސްވެ ހުންނަވައި އަދާވާތްތެރިންގެ މައްޗަށް ކާމިޔާބު ހޯއްދެވި ކަލޭގެފާނު. މާތްރަސްކަލާނގެ ވަނީ އެކަލާނގެ މީހުންގެ މައްޗަށް މަގު ދައްކަވާނެ ބޭކަލެއް ކަމުގައި ކަލޭގެފާނު ލައްވައި، އެމީހުންގެ ރަސްކަލަކަށް ކަލޭގެފާނު ހައްދަވާނެ ކަން އަންގަވާފައި.⁠“


އަހަރެން މިއީ ދޮރު. އަހަރެން މެދުވެރިކޮށް ވަންނަ މީހުންނަށް ދިންނެވުން ލިބޭނެ. އަދި އެމީހުން ކޮންމެ ތާނކަށް ދިޔަ ނަމަވެސް އެތަނުގައި އެމީހުންނަށްޓަކައި ފެހިވިނައިގެ ދަނޑުތައް ފެންނާނެ.


އެހެން ކަމުން އޭނާގެ ބަދަލުގައި އޭނާގެ މަޤާމަށް އެހެން މީހަކު ހޮވަން އަހަރެމެން އެބަޖެހޭ. އެމީހަކީ މާތްސާހިބާ އީސާގެފާނާއި އެކު އަހަރެމެން ހޭދަކުރި ހުރިހާ ދުވަހަކު އަހަރެމެންނާއި އެކުގައި ވީ މީހަކު ކަމުގައި ވާން ވާނެ.


ޕަތަރަސްއާއި ޔޫޙަންނާ ބިރެއް ނެތި ކެރިގެން ތިބެ މި ދެއްކި ވާހަކަތައް އަހާ ބަނީއިސްރާއީލުގެ ވެރިންނާއި އެންމެ ހާ ބޮޑުން ވަރަށް ހައިރާންވިއެވެ. އެއީ ޕަތަރަސްއާއި ޔޫޙަންނާ އަކީ އާދައިގެ ތައުލީމެއް ނެތް ބައެއްކަން އެމީހުންނަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް މި ދެމީހުންނަކީ އީސާގެފާނާއި އެކު އުޅުނު ދެމީހުން ކަން ވެސް އެމީހުންނަށް ފާހަގަ ކުރެވުނެވެ.


މާތްރަސްކަލާކޯ! އެމީހުން އެކުރާ އިންޒާރުތަކުގެ އަޑު އައްސަވާ ވޮޑިގަންނަވާ. އިނބަރަސްކަލާނގެ ޚާދިމުން ކަމުގައިވާ އަޅަމެންނަށް ބިރެއް ނެތި އިނބަރަސްކަލާނގެ ބަސްފުޅުތައް އަންގައިދިނުމަށް ބާރުދެއްވާފާނދޭ.


ޝާއުލް ޖެރޫސަލަމުގައި އުޅުނު ގުރީކު ބަހުން ވާހަކަދައްކާ ބަނީއިސްރާއީލު މީހުންނާއި ވަރަށް ގިނައިން އީސާގެފާނާއި ބެހޭ ގޮތުން ވާހަކަދައްކާ އުޅުނެވެ. އެމީހުންނާއި ޝާއުލް އާއި ދެމެދު މި ކަމާއި ބެހޭ ގޮތުން ވަރަށް ގަދައަށް ބަހުސްތައް ކުރެވެއެވެ. އެހެން ކަމުން އެމީހުން ގަސްތު ކުރީ ޝާއުލް މަރާލުމަށެވެ.


އޭގެ ތިން އަހަރުފަހުން އަހަރެން ޕަތަރަސްއާއި ބައްދަލުވުމަށް ޖެރޫސަލަމަށް ދިޔައީމެވެ. އަދި އޭނާގެ ގާތުގައި ފަނަރަ ދުވަހު ހުރީމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ