Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 9:24 - ކިތާބުލް މުޤައްދަސާ

24 ނަމަވެސް ޝާއުލް އަށް މިމީހުންގެ ރޭވުމުގެ ޚަބަރު ލިބިއްޖެއެވެ. އަދި އެމީހުން އެ ރަށުގެ ރަށްބޭރު ދޮރާށީގައި ރެޔާދުވާލު ފާރަލާ ޝާއުލް މަރާލާނެ ފުރުސަތެއްގެ އިންތިޒާރުގައި ވާކަން ވެސް އޭނާ އަށް އެނގިއްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 9:24
15 ပူးပေါင်းရင်းမြစ်များ  

ތެދުވެރިޔާގެ ގެއިން ވައްކަން ކުރަން ވަންނަން ނުދާށެވެ. ޞާލިޙު މީހާގެ ގެއަށް ވަދެގަނެ އެގޭގެ ހުރުމަތް ނުކަނޑާށެވެ.


ބަނީއިސްރާއީލު މީހުން އަހަރެންނާއި ދެކޮޅަށް ރާވަމުން ދިޔަ އެތައް ރޭވުންތަކެއްގެ ސަބަބުން އަހަރެންނަށް އެތައް ވޭނަކާއި އުނދަގުލެއް ލިބެމުން ދިޔަ ނަމަވެސް އެހުރިހާ ކަމަކަށް ކެތްކޮށް އަދި ހިތްމޮޅުވުމެއްނެތި އެތައް ކަރުނައަކާއި އެކު މާތްރަސްކަލާނގެ އަހަރެންނަށް އެންގެވި މަގުން ކަން ކުރިން.


އެ ރަށުގައި ޕައުލް ތިން މަސްދުވަހު މަޑު ކުރިއެވެ. އަދި އެއަށް ފަހު އޭނާ އޮޑިއެއްގައި ސޫރިޔާއަށް ފުރަން ނިންމިއެވެ. ނަމަވެސް ބައެއް ބަނީއިސްރާއީލު މީހުން ޕައުލް އާއި ދެކޮޅަށް ރޭވުމެއްރޭވިއެވެ. އެހެން ކަމުން ޕައުލް ގަސްތު ކުރީ އެއްގަމު މަގުން މެސެޑޯނިޔާއިން ލާފައި ދަތުރުކޮށް ދިއުމަށެވެ.


އަދި އަޅުގަނޑަށް ބަނީއިސްރާއީލު މީހުން އޭނާ މަރާލަން ރާވާކަން އެނގުމާއި އެކު އަޅުގަނޑު އޭނާ މި ފޮނުވަނީ ތިޔަބޭފުޅާގެ އަރިހަށެވެ. ޕައުލް އާއި ދޭތެރޭ އެމީހުން ކުރަން ބޭނުން ދަޢުވާ އެއް އޮތްނަމަ ތިޔަބޭފުޅާގެ އަރިހަށް ހުށައެޅުމަށް އަޅުގަނޑު ބަނީއިސްރާއީލު މީހުންނަށް އަންގާފީމެވެ.⁠“


އަޅުގަނޑު އެއްވެސް ގަވާއިދަކާ ޚިލާފުވެ ކުށެއް ކޮށްފައިވާ ނަމަ އަދި އެ ކުށެއްގެ ސަބަބުން އަޅުގަނޑަށް މަރުގެ ޙުކުމް ލިބުން ޙައްޤު ނަމަ އަޅުގަނޑު އެކަމުން ރެކޭކަށް ނޫޅެން. ނަމަވެސް އެބައިމީހުން އަޅުގަނޑު އެކުއްވެރި ކުރާ އެއްވެސް ކަމަކީ ތެދަކަށް ނުވާ ހިނދު އަޅުގަނޑު އެއްވެސް މީހަކަށް އެމީހުންނަކާއި ހަވާލެއް ނުކުރެވޭނެ. އަޅުގަނޑު އެދެނީ މި މައްސަލަ ރޯމުގެ ރަސްގެފާނަށް ހުށައެޅުމަށް.⁠“


ދެން އީސާގެފާނަށް އީމާންވެގެން ތިބި ބަޔަކު އެއްރެއަކު ޝާއުލް ބޮޑު ވަށިގަނޑަކަށް ލާ ރަށުގެ ވަށައިގެންވާ ބޮޑުފާރުގައި ހުޅުވިފައިވާ އާނގަޔަކުން އޭނާ ތިރިއަށް ބޭލިއެވެ. އަދި އޭނާއަށް އެރަށް ދޫކޮށް ދިއުމަށް އެހީވެދިނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ