Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 9:23 - ކިތާބުލް މުޤައްދަސާ

23 މިހެން ކަންތައް ވާތާ ދުވަސްކޮޅެއް ފަހުން ބަނީއިސްރާއީލުގެ ވެރިން މަޝްވަރާ ކޮށް ރޭވީ ޝާއުލް މަރާލުމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 9:23
14 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ބަނީއިސްރާއީލުގެ ވެރިން އެ ރަށުގެ ބާރާއި ނުފޫޒު ހިނގާ ބައެއް ފިރިހެނުންނާއި އަދި ދީންވެރި ކަމަށް މަޝްހޫރު މީހުން އިޙުތިރާމު ކުރާ ބައެއް އަންހެނުންގެ ގާތަށް ގޮސް އެމީހުން ޕައުލް އާއި ބަރުނައްބާސް އާއި ދެކޮޅުވެރި ވާނެ ފަދައިން ވާހަކަދައްކާ ދެކޮޅު ކުރުވިއެވެ. އަދި އެ ގޮތުން އެމީހުން ޕައުލް އަށާއި ބަރުނައްބާސް އަށް އުނދަގޫތައް ދޭން ފެށިއެވެ. އެމީހުން ޕައުލް އާއި ބަރުނައްބާސް އެ ސަރަހައްދު ން ވެސް ބޭރު ކުރިއެވެ.


ޕިސީދިޔާގެ އަންތީޔޮކު އާއި އިކޯނިޔުމް އިން ބަނީއިސްރާއީލުގެ ބައެއް ވެރިން އެ ރަށަށް އައެވެ. އަދި އެމީހުން މީސްތަކުން ޕައުލް އާއި ދެކޮޅަށް އެނބުރުވިއެވެ. ދެން ބަޔަކު ޕައުލްގެ ގަޔަށް ހިލައުކާ އަދި އޭނާ މަރުވީ ކަމަށް ހީކޮށް ދަމާ ގެންގޮސް އޭނާގެ ހަށިގަނޑު އެ ރަށުން ބޭރަށް އެއްލާލިއެވެ.


ނަމަވެސް ބަނީއިސްރާއީލު މީހުންގެ ތެރެއިން އީސާގެފާނަށް އީމާން ނުވި މީހުން އެތާނގައި ވީ މާތްރަސްކަލާނގެއަށް އީމާންވެގެން ތިބި ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ހިތްތަކުގައި އީސާގެފާނަށް އީމާންވި މީހުންނާއި މެދު ނަފްރަތު އުފައްދާ ދެކޮޅުވެރި ކުރުވިއެވެ.


އެދެމީހުންނަކީ އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ ޚިދުމަތުގައި އެމީހުންގެ ފުރާނައަށް ނުރައްކާތެރިވީ ހިނދު ވެސް ކެރިގެން ކުރިމަތިލާފައިވާ ބަޔެކެވެ.


އެ ރަށުގައި ޕައުލް ތިން މަސްދުވަހު މަޑު ކުރިއެވެ. އަދި އެއަށް ފަހު އޭނާ އޮޑިއެއްގައި ސޫރިޔާއަށް ފުރަން ނިންމިއެވެ. ނަމަވެސް ބައެއް ބަނީއިސްރާއީލު މީހުން ޕައުލް އާއި ދެކޮޅަށް ރޭވުމެއްރޭވިއެވެ. އެހެން ކަމުން ޕައުލް ގަސްތު ކުރީ އެއްގަމު މަގުން މެސެޑޯނިޔާއިން ލާފައި ދަތުރުކޮށް ދިއުމަށެވެ.


އަނެއްދުވަހު ހެނދުނު ބަނީއިސްރާއީލުގެ ފިރިހެނުންތަކެއް އެއްވެ ހުވާކުރީ އެމީހުން ޕައުލް މަރާލާފަ ނޫނީ އެއްވެސް ކާއެއްޗެއް ނުވަތަ ބޯއެއްޗެއް އެމީހުންގެ ހަށިގަނޑުގެ ތެރެއަށް ނުލާނެކަމުގައެވެ.


ތިމަން ކަލޭގެފާނަށް އީމާންވުމުގެ ސަބަބުން އޭނާއަށް ލިބޭނެ އަނިޔާ ތިމަންކަލޭގެފާނު އޭނާއަށް އަންގައިދޭނަން.⁠“


ނަމަވެސް ޝާއުލް އީސާގެފާނާއި ބެހޭ ޚަބަރުތައް އަންގައިދިނުމުގައި ހަރުދަނާ ކަމާއެކު ކުރިއަށް ދިޔައެވެ. އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތް ކަމުގައިވާ އަލްމަސީޙުކަން ހާމަކޮށްދިނުމަށް އޭނާ ދައްކަމުން ދިޔަ ހެކިތަކުގެ ސާބިތުކަމާއި ތެދުކަމުގެ ސަބަބުން ދިމިޝްޤުގައި އުޅުނު ބަނީއިސްރާއީލު މީހުންނަކަށް އެކަމާ ދެކޮޅަށް ދައްކާނެ ހެއްކެއް ބުނާނެ ބަހެއް ނޭނގުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ