މަންދޫބުންގެ މަސައްކަތް 9:21 - ކިތާބުލް މުޤައްދަސާ21 ޝާއުލްގެ ވާހަކަތައް އަޑު އެހި ކޮންމެ މީހަކު ހައިރާންވެ ބުނެއެވެ. ”މީނާ މިއީ ޖެރޫސަލަމުގައި އީސާގެފާނަށް އީމާންވެ އެކަލޭގެފާނު އެންގި މަގުން އުޅުނު މީހުން ނައްތާލަން ގަދައަޅާ މަސައްކަތް ކުރި މީހާއެއް ނޫން ހޭ؟ އަދި އަހަރެމެންނަށް އިވިފައިވާ ގޮތުގައި މީނާ މި ރަށަށް އައީ ވެސް އީސާގެފާނު ގަބޫލު ކުރާ އެންމެން ހައްޔަރުކޮށްގެން ބޮޑު އިމާމުންގެ ކައިރިއަށް ގެންދަން.“ အခန်းကိုကြည့်ပါ။ |
ޕަތަރަސްއާއި ޔޫޙަންނާ ބިރެއް ނެތި ކެރިގެން ތިބެ މި ދެއްކި ވާހަކަތައް އަހާ ބަނީއިސްރާއީލުގެ ވެރިންނާއި އެންމެ ހާ ބޮޑުން ވަރަށް ހައިރާންވިއެވެ. އެއީ ޕަތަރަސްއާއި ޔޫޙަންނާ އަކީ އާދައިގެ ތައުލީމެއް ނެތް ބައެއްކަން އެމީހުންނަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް މި ދެމީހުންނަކީ އީސާގެފާނާއި އެކު އުޅުނު ދެމީހުން ކަން ވެސް އެމީހުންނަށް ފާހަގަ ކުރެވުނެވެ.
ނަމަވެސް ޝާއުލް އީސާގެފާނާއި ބެހޭ ޚަބަރުތައް އަންގައިދިނުމުގައި ހަރުދަނާ ކަމާއެކު ކުރިއަށް ދިޔައެވެ. އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތް ކަމުގައިވާ އަލްމަސީޙުކަން ހާމަކޮށްދިނުމަށް އޭނާ ދައްކަމުން ދިޔަ ހެކިތަކުގެ ސާބިތުކަމާއި ތެދުކަމުގެ ސަބަބުން ދިމިޝްޤުގައި އުޅުނު ބަނީއިސްރާއީލު މީހުންނަކަށް އެކަމާ ދެކޮޅަށް ދައްކާނެ ހެއްކެއް ބުނާނެ ބަހެއް ނޭނގުނެވެ.
މިކަންތައް ހިނގައިދާނީ މާތްސާހިބާ އެކަލޭގެފާނަށް އީމާންވެގެންތިބި ހުރިހާ މީހުން ކަމަށްވާ އެކަލާނގެ މީހުންގެ ފަރާތުން އެކަލޭގެފާނަށް ޤަދަރާއި ޖަލާލަތާއި ޙަމްދު ސަނާ ލިބިގަތުމަށް ވަޑައިގަންނަވާ ދުވަހުއެވެ. އެބައިމީހުންގެ ތެރޭގައި ތިޔަބައި މީހުންވެސް ހިމެނިގެން ވާނެއެވެ. އެއީ އެކަލޭގެފާނާއި ބެހޭގޮތުން އަހަރެމެން ދިން ރިސާލަތު ތިޔަބައިމީހުން ގަބޫލުކުރި ކަމުންނެވެ.
މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާ މިންވަރުގެ ބޮޑުކަމާއިމެދު ނިކަން ވިސްނާލަބާލާށެވެ! އެގޮތުގެ މަތިން އެކަލާނގެ ދަރިންގެ ލަގަބު އެކަލާނގެ އަހަރެމެންނަށް ދެއްވިއެވެ. ހަމަ ޔަޤީނުން ވެސް އަހަރެމެންނީ އެކަލާނގެ ދަރިންނީމުއެވެ! ނަމަވެސް މި ދުނިޔޭގައި ވީ މީސްތަކުންނަށް އަހަރެމެންނީ އެކަލާނގެ ދަރިން ކަން ނޭނގެނީ އެބައިމީހުންނަށް މާތްރަސްކަލާނގެ ނޭނގޭތީއެވެ.