Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 9:2 - ކިތާބުލް މުޤައްދަސާ

2 އޭނާ އުއްތަމަ އިމާމުގެ ކިބައިން އެދުނީ ދިމިޝްޤުގެ ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒުތަކުގެ ވެރިންނަށް ދެއްކުމަށްޓަކައި އުއްތަމަ އިމާމުގެ ފަރާތުން އޭގެން ކޮންމެ ތަނެއްގެ ވެރިއަކަށް ދޭނެ ސިޓީއަކަށެވެ. އެއީ އޭރުން އޭނާއަށް އީސާގެފާނު އެންގެވި މަގުން އުޅޭ އަންހެނަކަސް އަދި ފިރިހެނަކަސް ހައްޔަރުކޮށްގެން ޖެރޫސަލަމަށް ގެނައުމަށް ބާރު ހޯދުމަށްޓަކައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 9:2
23 ပူးပေါင်းရင်းမြစ်များ  

އަބްރާމް އެކަލޭގެފާނުގެ ލަޝްކަރު ބައިކުރެއްވުމަށް ފަހު ރޭގަނޑުގައި ދުޝްމަނުންނަށް ޙަމަލާދެއްވާ ކާމިޔާބު ހޯއްދެވިއެވެ. އަދި ދިމިޝްޤުގެ އުތުރު ސަރަހައްދެއް ކަމުގައިވާ ޙޫބާއާއި ހަމައަށް ހަނގުރާމަ ކުރައްވަމުން އެމީހުންގެ ފަހަތުން ވަޑައިގަތެވެ. ދެން އެއަށް ފަހު ލޫޠުގެފާނާއި އެކަލޭގެފާނުގެ އަތުން އަތުލެވިފައިވީ މުދާ ތަކާއި އަންހެނުންނާއި ހައްޔަރު ކުރެވުނު އެހެނިހެން މީހުން މިނިވަން ކޮށްދެއްވިއެވެ.


މީހުންނާއި މެދު ސަމާލުވޭ. ސަބަބަކީ އެބައިމީހުން ތިޔަބައިމީހުން ހައްޔަރުކޮށް ކޯޓަށް ގެންދާނެ. އަދި އެބައިމީހުންގެ ދީނީ މަރުކަޒުތަކުގައި ތިޔަބައިމީހުންގެ ގައިގައި ޗާބޫކުން ތަޅާނެ.


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެން މިއީ މަގު، އަހަރެން މިއީ ތެދު، އަހަރެން މިއީ ދިރިހުރުން. އެއްވެސް މީހަކަށް އަހަރެން މެދުވެރިކޮށް ނޫން އެހެން ގޮތަކަށް ބައްޕާފުޅުގެ އަރިހަކަށް ނުދެވޭނެ.


އަދި އަޕޯލޮސްއަށް އީސާގެފާނާއި މެދު ވެސް ފުދޭވަރަކަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އެކަލޭގެފާނާއި ބެހޭ ގޮތުން މީނާ މީސްތަކުންނާއި ޖޯޝާއި ފޯރިޔާއި އެކު ވާހަކަ ދައްކަމުން ގެންދިޔައެވެ. ނަމަވެސް އޭނާއަށް އީސާގެފާނާއި ބެހޭ ގޮތުން އެނގިފައި ވަނީ ޔަޙުޔާގެފާނު މީސްތަކުންނަށް ތައުބާގެ ހިނެވުމުން ހިނައިގަތުމަށް ގޮވާލެއްވި ގޮވާލެއްވުމާ ބެހޭ ގޮތުން އެކަންޏެވެ.


ނަމަވެސް އެދުވަސްކޮޅު އީސާގެފާނު ދެއްކެވި މަގާއި ބެހޭ ގޮތުން ވަރަށް ބޮޑު މައްސަލައެއް އެފޭސުސްގައި ފެތުރުނެވެ.


ނަމަވެސް ބައެއް ބަނީއިސްރާއީލު މީހުން މި ކަންތައްތަކާ ދެކޮޅުވެ ހަރުކަށިވެ އީސާގެފާނު އެންގެވި މަގާއި މެދު ނުރުހި އެކަމާއި ބެހޭ ގޮތުން އެމީހުން ދޮގު ނަހަމަ ވާހަކަތައް އެންމެންގެ މެދުގައި ފަތުރަމުން ދިޔައެވެ. އެހެން ކަމުން ޕައުލް އީސާގެފާނަށް އީމާންވެގެން ތިބި މީހުން ގޮވައިގެން އެ ދީނީ މަރުކަޒު ދޫކޮށް ދިޔައެވެ. ދެން ޕައުލް ދިޔައީ އެ ރަށުގެ ތިރާނުސް އޭ ކިޔުނު މީހަކު ހިންގި ސުކޫލެއްގެ އިމާރާތަކަށެވެ. އެތާނގައި ކޮންމެ ދުވަހަކު ޕައުލް މީސްތަކުންނަށް އީސާގެފާނުގެ ބަސްފުޅުތައް އަންގައިދީ ކިޔަވައިދެމުން ގެންދިޔައެވެ.


އާއެކޭ. އަޅުގަނޑު އެއްބަހޭ. އަޅުގަނޑު އީސާގެފާނު ގަބޫލުކޮށް އެކަލޭގެފާނު އެންގެވި މަގުން އުޅެ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އަޅުކަން ކުރަން. އެމީހުންގެ ވެރިން ބުނާ ގޮތުގައި އަޅުގަނޑު އީމާންވެ އެ ގޮތެއްގެ މަތިން ކަން ކުރާ ގޮތް ކަމުގައިވާ އީސާގެފާނު ދެއްކެވި މަގަކީ މުޅިން ދޮގުތަކުގެ މައްޗަށް ބިނާވެފައިވާ މަގެއް. އެކަމަކު ޙަޤީޤަތަކީ އަޅުގަނޑު އަޅުކަންކޮށް އީމާން ވަނީ ހަމަ އަޅުގަނޑުގެ ކާބަފައިން ވެސް އެކަލާނގެ އަކަށް އަޅުކަން ކުރި މާތްރަސްކަލާނގެ ކިބަފުޅަށް. އަދި މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ހުރިހާ އަމުރުފުޅުތަކަކަށް ވެސް އަޅުގަނޑު ކިޔަމަންވަން. އަދި ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތަކުގައިވާ ބަސްފުޅުތައް ވެސް އަޅުގަނޑު ގަބޫލު ކުރަން.


ގަވަރުނަރު ފެލިކުސް އީސާގެފާނާއި އެކަލޭގެފާނު އެންގެވި ބަސްފުޅުތާކާ ބެހޭ ވާހަކަތަކުގެ ޚަބަރުތައް ވަނީ އައްސަވާ އޮޅުންފިލުއްވާފައެވެ. ދެން އޭނާ އެހިސާބުން މެދު ކަނޑާލާ ވިދާޅުވިއެވެ. ”⁠ކޮމާންޑަރު ލިސިޔާހު އައުމުން އަހަރެން ކަލޭގެ ޝަރީއަތް ވަކި ގޮތަކަށް ނިންމާނަން.⁠“


އަޅުގަނޑު ވެސް ކަންތައް ކުރީ ހަމަ އެ ފަދައިން. ޖެރޫސަލަމުގެ ބޮޑު އިމާމުން ދެއްވި ހުއްދައަށް އަޅުގަނޑު އީސާގެފާނަށް އީމާންވި އެތައް ބަޔަކު ޖަލަށް ލީން. އަދި އޭގެ ތެރެއިން މީހުންނަށް މަރުގެ އަދަބު ދެވުނު ހިނދު އެކަމަށް ރުހި އަޅުގަނޑު ވެސް ވޯޓުލީން.


”⁠އެ ގޮތުން އަޅުގަނޑު އެއްފަހަރަކު ދިމިޝްޤަށް ދިޔައިން. އެ ރަށަށް އަޅުގަނޑު ދިޔައީ އެ ރަށުގައި ވީ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ހައްޔަރު ކުރުމަށް ބޮޑު އިމާމުން ދެއްވި ހުއްދައިގެ ސިޓީ އެއްވެސް ހިފައިގެން.


ނަމަވެސް ބަނީއިސްރާއީލުގެ ބަޔަކު އޭނާއާއި ދެކޮޅު ވިއެވެ. މިމީހުންނަކީ ”⁠މިނިވަން ފިރިހެނުން⁠“ ގެ ނަމުން ނަންދެވިފައިވާ ދީނުގެ މަރުކަޒުގެ ބަޔެކެވެ. މިމީހުންނަކީ ޒައިރީން އާއި، އިސްކަންދަރިއްޔާ އާއި، ސިލީސިޔާ އާއި އޭޝިޔާ ސަރަހައްދުގެ ބަޔެކެވެ. މި އެންމެން އައިސް އިސްތިފާނު އާއި ޖަދަލުކޮށް ބަހުސް ކުރަން ފެށިއެވެ.


އެ ރަސްގެފާނަކީ މަކަރުވެރި ހީލަތްތެރި ރަސްކަލަކު ކަމުގައިވި. އަދި އެރަސްގެފާނު އަޅުގަނޑުމެންގެ މީސްތަކުންނާއި މެދު ވަރަށް އަނިޔާވެރިކަމާއި އެކު ކަން ކުރަމުން ގެންދިޔަ. އެރަސްގެފާނު އަޅުގަނޑުމެންގެ މީސްތަކުންނަށް އެމީހުންނަށް ލިބޭ ދަރިން ހަމަވިހެއުމާއި އެކު ބޭރަށް އެއްލާލާ މަރުވުމަށް ދޫކޮށްލުމަށް ވެސް އަންގާ މަޖުބޫރު ކުރި.


އަދި އަޅުގަނޑުމެން އަހާފައިވާ ގޮތުގައި އޭނާ ދިމިޝްޤަށް އައީ ވެސް ކަލޭގެފާނަށް އީމާންވާ އެންމެން ހައްޔަރު ކުރުމަށް. އަދި ކަލޭގެފާނަށް އީމާންވެ އަޅުކަން ކުރާ ކޮންމެ މީހަކު ހައްޔަރު ކުރުމަށް ބޮޑު އިމާމުންގެ ފަރާތުން އޭނާއަށް އެކަމުގެ ހުއްދަ ދިނުމުގެ ގޮތުން ޚާއްސަ ސިޓީއެއް ވެސް ދީފައިވާ ވާހަކަ އަޅުގަނޑުމެން ވަނީ އަހާފަ.⁠“


ޝާއުލްގެ ވާހަކަތައް އަޑު އެހި ކޮންމެ މީހަކު ހައިރާންވެ ބުނެއެވެ. ”⁠މީނާ މިއީ ޖެރޫސަލަމުގައި އީސާގެފާނަށް އީމާންވެ އެކަލޭގެފާނު އެންގި މަގުން އުޅުނު މީހުން ނައްތާލަން ގަދައަޅާ މަސައްކަތް ކުރި މީހާއެއް ނޫން ހޭ؟ އަދި އަހަރެމެންނަށް އިވިފައިވާ ގޮތުގައި މީނާ މި ރަށަށް އައީ ވެސް އީސާގެފާނު ގަބޫލު ކުރާ އެންމެން ހައްޔަރުކޮށްގެން ބޮޑު އިމާމުންގެ ކައިރިއަށް ގެންދަން.⁠“


އަދި އަހަރެންގެ ކުރިން އީސާގެފާނަށް އީމާންވެތިބި އެކަލޭގެފާނުގެ މަންދޫބުންގެ ގާތަށް ޖެރޫސަލަމަކަށް ވެސް އަހަރެންނެއް ނުދަމެވެ. ހަމަވަގުތުން އަހަރެން ދިޔައީ އަރަބިކަރައަށެވެ. ދެން އެތަނުން އެނބުރި އަހަރެން ދިޔައީ ދިމިޝްޤަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ