Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 9:19 - ކިތާބުލް މުޤައްދަސާ

19 ދެން އޭނާ ކާއެއްޗެއް ކެއެވެ. އަދި އޭނާގެގައި ވަރު ވެސް ޖެހުނެވެ. ޝާއުލް އީސާގެފާނަށް އީމާންވެ ތިބި މީހުންގެ ގާތު ދިމިޝްޤުގައި ދެތިން ދުވަހު މަޑުކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 9:19
11 ပူးပေါင်းရင်းမြစ်များ  

ބަރުނައްބާސް ޝާއުލް ގޮވައިގެން އެނބުރި އަންތީޔޮކުއަށް އައެވެ. އެދެމީހުން އެ ރަށުގައި އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ މީހުން ކާރީ އެމީހުންނަށް ކިޔަވާދިނުމަށް އެއްއަހަރު މަޑު ކުރިއެވެ. ފުރަތަމަ ފަހަރަށް އީސާގެފާނު ގަބޫލުކޮށް އީމާންވެ އެކަލޭގެފާނުގެ ބަސްތަކާއި އެއް ފަދައިން އަމަލު ކުރާ މީހުންނަށް މަސީޙީންނޭ ކިޔުނީ އެ ރަށުގައެވެ.


ދެން އީސާގެފާނަށް އީމާންވެގެން ތިބި އެންމެން ގަސްތު ކުރީ އެމީހުންނަށް ވެގެންވީ އެންމެ ގިނަ އަދަދެއްގެ އެހީ ޖުދެއާކަރައިގައިވާ އީސާގެފާނު ގަބޫލު ކުރާ ޖަމާޢަތުގެ މީހުންނަށް ފޮނުވުމަށެވެ.


އަޅުގަނޑު މި ކަންތަކުގެ ޚަބަރު ފުރަތަމަ ދިނީ ދިމިޝްޤުގެ މީހުންނަށް. ދެން އެއަށް ފަހު އަޅުގަނޑު ދިޔައީ ޖެރޫސަލަމަށާ އަދި މުޅި ޖުދެއާ ކަރާގެތެރެއަށާ އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް. އަޅުގަނޑު އެމީހުން ގާތުގާ ބުނީ ފާފަކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުމަށް، އަދި އެމީހުން ފާފަކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުނުކަން އެމީހުން ކުރާ ހުރިހާ އަމަލުތަކަކުން ވެސް ދެއްކުމަށް.


ދެން އަނާނިޔާހު ޝާއުލްގެ ކޮނޑުގައި އޭނާގެ އަތް ޖައްސާ ދުޢާ ކުރިއެވެ. ހަމަ އެވަގުތު ޝާއުލްގެ ލޮލުން މަހުގެ ހުޅުބުތަކެއް ފަދަ އެއްޗިހިތަކެއް ފައިބަން ފެށިއެވެ. އަދި އޭނާގެ ލޮލުގެ އަލިކަން އަނބުރާ އޭނާއަށް ލިބުނެވެ. އެވަގުތު އަނަނިޔާހު ޝާއުލް ތައުބާގެ ހިނެވުމުން ހިނެވިއެވެ.


ޝާއުލް ޖެރޫސަލަމަށް ގޮސް އީސާގެފާނަށް އީމާންވެގެން ތިބި މީހުންނާއި ބައްދަލުކޮށް އެމީހުންގެ ޖަމާޢަތުގައި ބައިވެރިވުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެމީހުން ތިބީ އޭނާ އާއި ބައްދަލު ކުރުމަށް ބިރުންނެވެ. އެއީ ޝާއުލް އަކީ އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތަކަށް އަމަލު ކުރާ މީހެއް ކަމުގައި ގަބޫލު ކުރަން އެމީހުންނަށް ދަތިވިވަރުންނެވެ.


ޖައްފާގައި ވީ އީސާގެފާނަށް އީމާންވާ މީހުންނަށް ޕަތަރަސް ލިއްދާގައިވާ ޚަބަރުވަނީ ލިބިފައެވެ. ލިއްދާ އަކީ ޖައްފާ އާއި ވަރަށް ކައިރި ރަށެއް ކަމުން އެމީހުން ޕަތަރަސްގެ ގާތަށް ދެމީހުން ފޮނުވާ ބުންޏެވެ. ”⁠ވީހާ ވެސް އަވަހަކަށް އަހަރެމެންގެ ގާތަށް ޖައްފާއަށް އައިސް ދޭށޭ.⁠“


އަދި އަހަރެންގެ ކުރިން އީސާގެފާނަށް އީމާންވެތިބި އެކަލޭގެފާނުގެ މަންދޫބުންގެ ގާތަށް ޖެރޫސަލަމަކަށް ވެސް އަހަރެންނެއް ނުދަމެވެ. ހަމަވަގުތުން އަހަރެން ދިޔައީ އަރަބިކަރައަށެވެ. ދެން އެތަނުން އެނބުރި އަހަރެން ދިޔައީ ދިމިޝްޤަށެވެ.


އެމީހުން އޭނާއަށް ވައްތީނި ބޯކިބާ ފަޅި އަކާއި ދެ މުށް ވަރު ހިކި މޭބިސްކަދުރު ދިނެވެ. އޭރު އޭނާ އެއްޗެއް ކައިބޮއި ނަހަދާތާ ތިން ދުވަސް ވެއްޖެއެވެ. ގިނަ އިރެއް ނުވެ އޭނާގެ ގައިގައި ވަރު ޖެހިއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ