Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 9:18 - ކިތާބުލް މުޤައްދަސާ

18 ދެން އަނާނިޔާހު ޝާއުލްގެ ކޮނޑުގައި އޭނާގެ އަތް ޖައްސާ ދުޢާ ކުރިއެވެ. ހަމަ އެވަގުތު ޝާއުލްގެ ލޮލުން މަހުގެ ހުޅުބުތަކެއް ފަދަ އެއްޗިހިތަކެއް ފައިބަން ފެށިއެވެ. އަދި އޭނާގެ ލޮލުގެ އަލިކަން އަނބުރާ އޭނާއަށް ލިބުނެވެ. އެވަގުތު އަނަނިޔާހު ޝާއުލް ތައުބާގެ ހިނެވުމުން ހިނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 9:18
11 ပူးပေါင်းရင်းမြစ်များ  

ޕަތަރަސް ބުންޏެވެ. ”⁠ކަލޭމެން ފާފަކުރުން ހުއްޓާލާ ހިތާއި އަމަލާއި ބަދަލުކޮށް މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި ކަލޭމެންގެ ފާފަތައް ފުއްސެވުމަށް އެދި، އީސާ އަލްމަސީޙުގެ ނަންފުޅުމަތީ ތައުބާގެ ހިނެވުމުން ހިނައިގަންނާށޭ. އޭރުން ކަލޭމެންނަށް ދެއްވާ ހަދިޔާފުޅެއް ކަމުގައިވާ މާތްރޫޙުފުޅު ލިބޭނެ.


އެދުވަހު ޕަތަރަސް ދެއްކި ވާހަކަތައް ގަބޫލު ކުރި މީހުން ތައުބާގެ ހިނެވުމުން ހިނައިގަތެވެ. އަދި އެދުވަހު ގާތްގަނޑަކަށް ތިން ހާސް މީހުން އީސާގެފާނު ގަބޫލުކޮށް އެކަލޭގެފާނުގެ މައްޗަށް އީމާންވާ މީހުންގެ ތެރެއަށް އިތުރު ވިއެވެ.


މި އަނާނިޔާހު އަޅުގަނޑުގެ ކައިރިއަށް އައިސް ބުނި. ’⁠މަގޭ އަޚާ ޝާއުލް އޭ، ލޮލަށް އަލިވެ ދެކޭށޭ!⁠‘ ހަމައެވަގުތު އަޅުގަނޑުގެ ލޮލަށް އަލިވެ އޭނާ ފެނުނު.


އެހެންވީމައި އިތުރަށް ދެން މަޑު ނުކުރާށޭ. ތެދުވެ އަވަހަށް ތައުބާގެ ހިނެވުމުން ހިނައިގަނެ މާތްސާހިބާގެ ނަންފުޅުގަނެ ދުޢާ ކޮށް ކަލޭގެ ފާފަތައް ފޮހެ ނައްތާލާށޭ.⁠‘


ދެން އަނާނިޔާހު ޔުދާސްގެ ގެ ހޯދައިގެން އެގެއަށް ދިޔައެވެ. އެގެއަށް ގޮސް އޭނާ ޝާއުލް އަށް ބުންޏެވެ. ”⁠ޝާއުލް އަހަރެން މި އައީ މާތްސާހިބާ އީސާގެފާނު އަހަރެން ފޮނުއްވީމަ. ކަލޭ ދިމިޝްޤަށް ދަތުރުކޮށް އައި މަގުމަތީގައި ކަލެއަށް ވެސް ފެނުނީ ހަމަ އެކަލޭގެފާނު. އެކަލޭގެފާނު އަހަރެން ފޮނުއްވީ ކަލެއަށް ކަލޭގެ ލޮލުގެ އަލިކަން އަނބުރާ ދެއްވުމަށް. އަދި ކަލެއަށް މާތްރޫޙުފުޅު ވެސް ދެއްވުމަށް.⁠“


ދެން އޭނާ ކާއެއްޗެއް ކެއެވެ. އަދި އޭނާގެގައި ވަރު ވެސް ޖެހުނެވެ. ޝާއުލް އީސާގެފާނަށް އީމާންވެ ތިބި މީހުންގެ ގާތު ދިމިޝްޤުގައި ދެތިން ދުވަހު މަޑުކުރިއެވެ.


ޝާއުލް ބިންމަތިން ތެދުވިއިރު އެއްގޮތަކަށް ވެސް އޭނާގެ ލޮލަކަށް ނުފެނެއެވެ. ދެން އޭނާ އާއި އެކު ދަތުރުކޮށް ދިޔަ މީހުންގެ ތެރެއިން ބަޔަކު އޭނާ ދިމިޝްޤަށް ގެންގޮސް ދިނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ