Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 9:10 - ކިތާބުލް މުޤައްދަސާ

10 ދިމިޝްޤުގައި އަނާނިޔާހު އޭ ކިޔުނު އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތަކާއި އެއްގޮތަށް އަމަލު ކުރާ މީހަކު އުޅުނެވެ. މާތްސާހިބާ އަނާނިޔާހުއަށް ހޭލާހުރެ ފެނުނު ހުވަފެނެއްގެ ފަދައިން ދައްކަވާ އެންގެވިއެވެ. ”⁠އަނާނިޔާހު.⁠“ އަނާނިޔާހު ޖަވާބުގައި ދެންނެވިއެވެ. ”⁠އާދެ މާތްސާހިބާ މިއީ އަޅުގަނޑު.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 9:10
23 ပူးပေါင်းရင်းမြစ်များ  

އަބްރާމް އެކަލޭގެފާނުގެ ލަޝްކަރު ބައިކުރެއްވުމަށް ފަހު ރޭގަނޑުގައި ދުޝްމަނުންނަށް ޙަމަލާދެއްވާ ކާމިޔާބު ހޯއްދެވިއެވެ. އަދި ދިމިޝްޤުގެ އުތުރު ސަރަހައްދެއް ކަމުގައިވާ ޙޫބާއާއި ހަމައަށް ހަނގުރާމަ ކުރައްވަމުން އެމީހުންގެ ފަހަތުން ވަޑައިގަތެވެ. ދެން އެއަށް ފަހު ލޫޠުގެފާނާއި އެކަލޭގެފާނުގެ އަތުން އަތުލެވިފައިވީ މުދާ ތަކާއި އަންހެނުންނާއި ހައްޔަރު ކުރެވުނު އެހެނިހެން މީހުން މިނިވަން ކޮށްދެއްވިއެވެ.


މި ހިނގާދިޔަ ކަންތައްތަކަށް ފަހު މާތްކަލާނގެ އިބްރާހީމްގެފާނުގެ އީމާންތެރިކަމާއި ކިޔަމަންތެރިކަން އިމްތިޙާނު ކުރެއްވުމުގެ ގޮތުން އިބްރާހީމްގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠އިބްރާހީމް.⁠“ އެ ހިނދު އިބްރާހީމްގެފާނު ޖަވާބު ދެއްވިއެވެ. ”⁠މާތްރަސްކަލާކޯ. އަޅާ ޙާޟިރުވެ ހުރީމު.⁠“


އެއަށް ފަހު އަހަރެންގެ އެ ހުވަފެނުގައި މާތްކަލާނގެ މަލާއިކަތާ ވަޑައިގެން ’⁠ޔަޢުޤޫބޭ!⁠‘ ވިދާޅުވި ހިނދު އަހަރެން ރައްދުގައި މިފަދައިން ދެންނެވިން. ’⁠އާދެ، އަޅާ އަޑުހަމޭ!⁠‘


މާތްރަސްކަލާނގެ އަހަންނާ މެދު ރުހިވޮޑިގެން ނުވާނަމަ އެކަލާނގެ އަހަންނާ މެދު ނިންމަވާނެ ގޮތެއް ނިންމަވާފާށި.⁠“


މޫސާގެފާނު ކައިރިއަށް ވަޑައިގަންނަވާތަން މާތްރަސްކަލާނގެއަށް ފެނިވޮޑިގަތުމުން އެ ގަސްގަނޑު ތެރޭން ވަޙީ ކުރެއްވިއެވެ. ”⁠މޫސާ! މޫސާ!⁠“ މޫސާގެފާނު ވިދާޅުވިއެވެ. ”⁠އާދެ! އަޅުގަނޑު އެބަހުރިން.⁠“


އެއްދުވަހަކު މެންދުރުފަހު ތިނެއް ޖަހާކަން ހާއިރު ކޮރުނޭލިޔުސްއަށް ހުވަފެނެއް ފަދަ ގޮތަކަށް މާތްރަސްކަލާނގެ މަލާއިކަތަކު ފެނުނެވެ. މި މަލާއިކަތާ އޭނާގެ ނަމުން ގޮވާލިއެވެ. ”⁠ކޮރުނޭލިޔުސް.⁠“


އޭނާ ބުންޏެވެ. ”⁠އެއްދުވަހަކު އަހަރެން ޖައްފާގައި ދުޢާ ކުރުމަށް އިންދާ ހުވަފެނެއް ފަދަ ގޮތަކަށް އަހަރެން މި ކަންތައް ދުށިން. އަހަންނަށް ފެނުނީ އުޑުން ބޮޑު ސަތަރިއެއް ފަދަ އެއްޗެއް އޭގެ ހަތަރު ކަނުގައި ހިފިފައިވާ ފަދައިން ތިރިވަނިކޮށް. އެ ސަތަރިގަނޑު އަހަރެންނާއި ވަރަށް ކައިރިއަށް އައި.


ޕަތަރަސް މަލާއިކަތާ އާއި އެކު ދިޔައެވެ. ނަމަވެސް އޭނާއަށް އެމަލާއިކަތާ އެކުރެއްވި ކަންތައް އެއީ ޙަޤީޤަތެއް ކަމެއް ނޭނގެއެވެ. އޭނާ ހީކުރީ މިހުރިހާ ކަމަކީ ހުވަފެނެއް ފަދަ ކަމެއްކަމުގައެވެ.


ހަމަ ޕައުލްއަށް މި ފަދައިން ފެނުމާއިއެކު އަހަރެމެން މެސެޑޯނިޔާގެ ސަރަހައްދަށް ދިއުމަށް ތައްޔާރު ވީމެވެ. އެއީ އަހަރެމެން ގަސްތު ކުރި ގޮތުގައި މާތްރަސްކަލާނގެ އެދިވޮޑިގެން ވަނީ ހެޔޮޚަބަރުފުޅު ދިނުމަށް އަހަރެމެން އެ ރަށަށް ދިއުމަށެވެ.


އެ ރަށަށް އާދެވުނު ރޭ ޕައުލްއަށް ހުވަފެނެއް ފަދަ ގޮތެއްގައި ފެނުނީ މެސެޑޯނިޔާގެ މީހަކު އައިސް އާދޭހާއިއެކު މިފަދައިން އެދި ބުނިތަނެވެ. ”⁠މެސެޑޯނިޔާއަށް އައިސް އަހަރެމެންނަށް އެހީވޭ.⁠“


އެއް ރެއަކު ޕައުލްއަށް ހުވަފެނެއް ފަދައިން ފެނުނެވެ. އޭނާއަށް ފެނުނީ މާތްސާހިބާ އީސާގެފާނު މި ފަދައިން ވިދާޅުވި ތަނެވެ. ”⁠ބިރުގަނެ ޖެހިލުންނުވޭ. އަދި ހުއްޓާނުލާ މީސްތަކުންނަށް އަންގައިދެމުން ދޭ.


އެކަލާނގެ ނަބީ ޔޮއެލްއަށް ވަޙީ ކުރެއްވި: ’⁠ތިމަންކަލާނގެ އިންސާނުންނަށް ތިމަންކަލާނގެ މާތްރޫޙުފުޅު ފޮނުއްވާނީ ފަހު ޒަމާނުގެ ދުވަސްވަރު އޭ. އޭރުން ކަލޭމެންގެ ފިރިހެން ދަރިންނާއި އަންހެން ދަރިން ތިމަންކަލާނގެ އެމީހުންނަށް އަންގަވާ ވަޙީ ބަސްފުޅުތައް ހާމަކޮށްދޭނޭ. ކަލޭމެންގެ ތެރެއިން ޒުވާން ފިރިހެނުން ތިމަންކަލާނގެ ދައްކަވާ އަލާމާތްތައް ދެކޭނޭ. އަދި ކަލޭމެންގެ ތެރެއިން ދުވަސްވީ ފިރިހެނުންނަށް ތިމަންކަލާނގެ ދައްކަވާ ހުވަފެންތައް ފެންނާނޭ.


އެ ރަށުގައި އަނާނިޔާހު އޭ ކިޔުނު މީހަކު ވި. މީނާ އަކީ މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ހުރިހާ ގަވާއިދުތަކަކަށް ފުރިހަމައަށް ކަންކޮށް އުޅުނު ބަނީއިސްރާއީލު މީހެއް. އަދި އެ ރަށުގެ އެންމެން ވެސް މީނާއަށް ވަރަށް އިޙުތިރާމު ކުރޭ.


އަނާނިޔާހުއޭ ކިޔާ މީހަކު އައިސް އޭނާގެ ގައިގައި އަތްލުމުން އޭނާގެ ލޮލުގެ އަލިކަން ލިބޭނެކަން ހޭލާހުރެ ފެނުނު ހުވަފެނެއްގައި ތިމަންކަލޭގެފާނު އޭނާއަށް އަންގަވައިފިން.⁠“


އޭގެ ފަހުން ތިން ދުވަސް ވަންދެން އޭނާގެ ލޮލުގެ އަލިކަން ގެއްލިފައި ވިއެވެ. އަދި އެދުވަސްތަކުގައި އޭނާ އެއްވެސް ކާއެއްޗެއް ނުކައެވެ. އަދި ބޯއެއްޗެއް ވެސް ނުބޮޔެވެ.


އަދި އަހަރެންގެ ކުރިން އީސާގެފާނަށް އީމާންވެތިބި އެކަލޭގެފާނުގެ މަންދޫބުންގެ ގާތަށް ޖެރޫސަލަމަކަށް ވެސް އަހަރެންނެއް ނުދަމެވެ. ހަމަވަގުތުން އަހަރެން ދިޔައީ އަރަބިކަރައަށެވެ. ދެން އެތަނުން އެނބުރި އަހަރެން ދިޔައީ ދިމިޝްޤަށެވެ.


އެވަގުތު ޞަމޫއީލަށް މާތްރަސްކަލާނގެ ގޮވާލެއްވިއެވެ. ޞަމޫއީލް ޖަވާބު ދެންނެވިއެވެ. ”⁠އަޅުގަނޑު ހާޒިރުވެ ހުރިން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ