Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 8:7 - ކިތާބުލް މުޤައްދަސާ

7 އެމީހުންގެ ތެރޭގައި ނުބައި ރޫޙުތަކުގެ ބާރުގެދަށުވެފައި ވީ އެތައް ބަޔަކު ވިއެވެ. ފިލިޕު އެހުރިހާ އެންމެން އެ ނުބައި ރޫޙުތަކުގެ ދަށުން ސަލާމަތްކޮށް އެ ނުބައި ރޫޙުތައް ފޮނުވާލިއެވެ. އެ ރޫޙުތައް އަޑުގައި ނެއްތަނަށް ރޮއެ ހަޅޭއްލަވަމުން އެމީހުން ދޫކޮށް ދިޔައެވެ. އޭގެ އިތުރުން އެތާނގައި ތިބި ވާބަލި ޖެހިފައިވީ މީހުންނާއި ކޮރު މީހުން ވެސް ފިލިޕު ރަނގަޅު ކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 8:7
16 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީން ހޮއްވަވައި އެކަލޭގެފާނުގެ އަރިހަށް އެބޭކަލުން ގެންނަވައި ނުބައިރޫޙުތަކުގެ ދަށުގައިވާ މީހުން ސަލާމަތް ކޮށްދެއްވުމަށާއި އެންމެހައި ބަލިމަޑުކަމަކުން މީސްތަކުންނަށް ޝިފާދިނުމުގެ ބާރާއި ހުއްދަ ދެއްވިއެވެ.


ލޯފަން މީހުންނަށް ފެނުން ދެއްވައި، ނުހިނގޭ މީހުންނަށް ހިނގާ ދެއްވައި، ޖުޒާމުބަލި ޖެހިފައިވާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވައި، ބީރު މީހުންނަށް އިވުން ދެއްވައި، މަރުވެފައިވާ މީހުންނަށް ދިރުން ދެއްވައި، އަދި ނިކަމެތިންނަށް ހެޔޮޚަބަރު ބުނެދެއްވައި ކަމުގައި.


މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.


ގަދަ އަޑުފަށްގަނޑަކާއެކު އެ ފިރިހެން ކުއްޖާ އިދިފުށަށް ދަމައިގަތުމަށް ފަހު ޖިންނި އެ ފިރިހެން ކުއްޖާގެ ހަށިގަނޑުން ބޭރުވެގެން ދިޔައެވެ. އެ ހިނދު އެ ފިރިހެންކުއްޖާ ވަނީ ޙަރަކާތްނެތި މަރުވެފައިވާ މައްޔިތެއް ފަދައިންނެވެ. އަދި އެ ކުއްޖާ ދުށް ގިނަ މީހުންނަށް ބުނެވުނެވެ. ”⁠އެ ކުއްޖާ އެ އޮތީ މަރުވެފަ!⁠“


މި ދިޔަ ހަތްދިހަ ދެ އަސްޙާބީން އެނބުރި އައީ ވަރަށް އުފާވެރި ކަން މަތީގައެވެ. އެމީހުން އީސާގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ! އަޅުގަނޑުމެން ކަލޭގެފާނުގެ ނަންފުޅުގަތުމުން ޖިންނީން ވެސް އަޅުގަނޑުމެންނަށް ބޯލަނބާ.⁠“


ހަމަތެދެއް، އަހަރެން ގަބޫލު ކޮށް އީމާންވެއްޖެ ކޮންމެ މީހަކުމެ އަހަރެން މިކުރި ފަދަ ކަންތައްތައް ކުރާނެ. އަދި އެމީހަކު އެއަށް ވުރެ މަތިވެރި ކަންތައް ވެސް ކުރާނެ. އެއީ އަހަރެން އެނބުރި މިދަނީ ބައްޕާފުޅުގެ އަރިހަށް ކަމުގައި ވީތީ.


ޖެރޫސަލަމުގެ ވަށައިގެންވާ އެކި ރަށްތަކުން އެތައް ބައިވަރު ބަޔަކު ތަފާތު ބަލިތައް ޖެހިފައި ވާ މީހުންނާއި ނުބައި ރޫޙުތަކުގެ ބާރުގެދަށުވެ އުނދަގޫތައް ލިބެމުން ދާ މީހުން ގެނައެވެ. އަދި މި އެންމެންނަށްމެ ޝިފާ ލިބި ރަނގަޅުވިއެވެ.


އޭނާގެ ބަސްތަކުގެ ފުރިހަމަ ކަމުން ފަރުވާތެރިކަމާއިއެކު އެ ބަސްތަކުގެ އަޑު އެހުމަށާ އަދި އޭނާގެ ކިބައިން ފެންނަމުން ދިޔަ މުޢުޖިޒާތްތައް ދުށުމަށް މީސްތަކުން އެއްވިއެވެ.


އޭގެ އިތުރުން މި ބަސްފުޅުތަކަށް ހެކި ދެއްކެވުމަށް އެތައް ބާވަތެއްގެ މުޢުޖިޒާތްތަކާއި ހައިރާންވާފަދަ އެތައް އަލާމާތްތަކެއް މާތްރަސްކަލާނގެ ދެއްކެވިއެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ގޮތެއްގެ މަތިން އެމީހުންނަށް މާތްރޫޙުފުޅުގެ ހަދިޔާތައް ދެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ