މަންދޫބުންގެ މަސައްކަތް 8:5 - ކިތާބުލް މުޤައްދަސާ5 އޭގެ ތެރެއިން އެކަކީ ފިލިޕު އެވެ. އޭނާ ދިޔައީ ސަމީރިއްޔާއަށެވެ. އެ ރަށުގައި އޭނާ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި ފަރާތް ކަމުގައިވާ އަލްމަސީޙާއި ބެހޭ ގޮތުން މީސްތަކުންނަށް އަންގައިދިނެވެ. အခန်းကိုကြည့်ပါ။ |
އަނެއްދުވަހު އަހަރެމެން ކައިސަރިޔާއަށް ދިޔައީމެވެ. އެ ރަށަށް ގޮސް އަހަރެމެން ދިޔައީ ދިންނެވުން ލިބޭ އުފާވެރި ޚަބަރު ފާޅު ކުރާ މީހެއް ކަމުގައިވާ ފިލިޕުގެ ގެއަށެވެ. މީނާއަކީ އެތައް އަހަރެއް ކުރިން މީސްތަކުންނަށް ކާތަކެތި ބެހުމަށް އީސާގެފާނުގެ މަންދޫބުންނަށް އެހީވެދިނުމަށް ހޮވުނު ހަތްމީހުންގެ ތެރެއިން އެކަކެވެ.
އެންމެން ވެސް މި ޙިޔަލާއި އެއްބަސްވެ އެމީހުންގެ ތެރެއިން މި ހަތްމީހުން ހޮވިއެވެ. އެއީ އީމާންކަން ވަރުގަދަ މާތްރޫޙުފުޅުން ފުރިގެންވީ މީހަކު ކަމުގައިވާ އިސްތިފާނު އާއި އަދި އޭގެ އިތުރުން ފިލިޕު އާއި، ޕުރަކޯރުސް އާއި، ނިކަނޫރު އާއި، ތިމޮން އާއި ޕަރުމެނާހު އާއި އަދި ނިކޮލާހު އެވެ. މި ނިކޮލާހު އަކީ އަންތީޔޮކުގެ އާ ބަނީއިސްރާއީލު މީހެކެވެ. މީނާއަކީ ވެސް އީސާގެފާނު އެންގެވި މަގުން އުޅޭ މީހެކެވެ.
ހިލައިންތަޅާ އިސްތިފާނު މަރާލުމަށް ޝާއުލް އެއްބަސްވިއެވެ. އެދުވަހު ޖެރޫސަލަމުގައި އީސާގެފާނަށް އީމާންވެގެން ތިބި އެންމެންނަށް މީހުންގެ ފަރާތުން ވަރަށް ބޮޑެތި އަނިޔާތައް ލިބެން ފެށިއެވެ. އެހެން ކަމުން އީސާގެފާނުގެ މަންދޫބުން ފިޔަވާ އެކަލޭގެފާނަށް އީމާންވެގެން ތިބި އެންމެ ހާ މީސްތަކުން ޖުދެއާ އާއި ސަމީރިއްޔާ އަށް ދިޔައެވެ.