މަންދޫބުންގެ މަސައްކަތް 8:40 - ކިތާބުލް މުޤައްދަސާ40 އެ ހިނދު ފިލިޕު ވީ އަޒޯތުސް އޭ ކިޔުނު ރަށެއްގައެވެ. އޭނާ އީސާގެފާނާއި ބޭހޭ ހެޔޮޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދެމުން ދަތުރުކޮށް އެއް ރަށުން އަނެއް ރަށަށް ދިޔައެވެ. މި ގޮތުގެ މަތިން ދަތުރު ކުރަމުން ގޮސް އޭނާ ކައިސަރިޔާ އާއި ހަމައަށް ދިޔައެވެ. အခန်းကိုကြည့်ပါ။ |
ދެން ހެރޮދު ރަސްގެފާނު ސިފައިންނަށް ޕަތަރަސް ހޯދުމަށް އަމުރުކުރިއެވެ. ނަމަވެސް އެމީހުންނަކަށް ޕަތަރަސް ވީތަނެއް ނުހޯދުނެވެ. ދެން އޭނާ ޖަލު ބަލަހައްޓަން ތިބި ސިފައިންނާއި ސުވާލުކޮށް ތަޙުޤީޤު ކުރުމަށް ފަހު އެމީހުންނަށް މަރުގެ އަދަބު ދިނުމަށް ޙުކުމް ކުރިއެވެ. ދެން މިއަށް ފަހު ހެރޮދު ދުވަސްކޮޅަކަށް ޖުދެއާކަރަ ދޫކޮށް ގޮސް ކައިސަރިޔާގައި ހުއްޓެވެ.
އަނެއްދުވަހު އަހަރެމެން ކައިސަރިޔާއަށް ދިޔައީމެވެ. އެ ރަށަށް ގޮސް އަހަރެމެން ދިޔައީ ދިންނެވުން ލިބޭ އުފާވެރި ޚަބަރު ފާޅު ކުރާ މީހެއް ކަމުގައިވާ ފިލިޕުގެ ގެއަށެވެ. މީނާއަކީ އެތައް އަހަރެއް ކުރިން މީސްތަކުންނަށް ކާތަކެތި ބެހުމަށް އީސާގެފާނުގެ މަންދޫބުންނަށް އެހީވެދިނުމަށް ހޮވުނު ހަތްމީހުންގެ ތެރެއިން އެކަކެވެ.
ޕަތަރަސްއާއި ޔޫޙަންނާ އީސާގެފާނު ކުރެއްވި ކަންތައްތަކާއި އެކަލޭގެފާނާއި ބެހޭ ހެޔޮޚަބަރުފުޅު އެ ރަށުގެ މީހުންނަށް ކިޔާ ދިނުމަށް ފަހު އެނބުރި ޖެރޫސަލަމަށް ދިއުމަށް ދަތުރު ފެށިއެވެ. އެމީހުން ދަތުރުކޮށް ދިޔަ މަގުމަތީގައި ވީ ސަމީރިއްޔާގެ ވަރަށް ގިނަ ރަށްތަކުގައި ވެސް އެމީހުން އެ ހެޔޮޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދިނެވެ.