މަންދޫބުންގެ މަސައްކަތް 8:4 - ކިތާބުލް މުޤައްދަސާ4 ނަމަވެސް އެކިތަންތަނަށް ބެހިބެހިގެން ދިޔަ އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުން އެކަލޭގެފާނާއި ބެހޭ ޚަބަރުތަކާ އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގަމުން ދިޔައެވެ. အခန်းကိုကြည့်ပါ။ |
އިސްތިފާނު މަރާލި މީސްތަކުން އީސާގެފާނު ގަބޫލުކޮށް އީމާންވެގެން ތިބި އެހެން މީހުންނަށް ވެސް ވަރަށް ގިނަ އުނދަގޫތަކާ އަނިޔާތައް ދިނެވެ. އެކަމުގެ ސަބަބުން އީސާގެފާނަށް އީމާންވެގެން ތިބި ވަރަށް ގިނަ ބަޔަކު ވަކި ވަކި ވެ ވިއްސިވިހަވާލި ވެގެން ދިޔައެވެ. މީގެ ތެރެއިން ބައެއްމީހުން ފެނީސިޔާއާއި ސައިޕުރަސް އާއި އަންތީޔޮކުގައި ދަތުރުކޮށް އީސާގެފާނާއި ބެހޭ ޚަބަރުފުޅުތަކާ އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދިނެވެ. ނަމަވެސް މިމީހުން މި ކަންތައްތައް އަންގައިދީ ވާހަކަދައްކާ އުޅުނީ ހަމައެކަނި ބަނީއިސްރާއީލު މީހުންނާއެވެ.
ހިލައިންތަޅާ އިސްތިފާނު މަރާލުމަށް ޝާއުލް އެއްބަސްވިއެވެ. އެދުވަހު ޖެރޫސަލަމުގައި އީސާގެފާނަށް އީމާންވެގެން ތިބި އެންމެންނަށް މީހުންގެ ފަރާތުން ވަރަށް ބޮޑެތި އަނިޔާތައް ލިބެން ފެށިއެވެ. އެހެން ކަމުން އީސާގެފާނުގެ މަންދޫބުން ފިޔަވާ އެކަލޭގެފާނަށް އީމާންވެގެން ތިބި އެންމެ ހާ މީސްތަކުން ޖުދެއާ އާއި ސަމީރިއްޔާ އަށް ދިޔައެވެ.
ތިޔަބައިމީހުންގެ ކައިރިއަށް އަހަރެމެން ދިއުމުގެ ކުރިން ފިލިއްޕީގައި އަހަރެމެން ނުހަނު ވޭނުގައިވިކަން ތިޔަބައިމީހުން ދަންނާނެއެވެ. އެ ރަށުގެ އަހުލުވެރިން އަހަރެމެން ބަދުނާމްކޮށް އަދި ގިނަބަޔަކު އަހަރެމެންނާއި ދެކޮޅުވެރި ވިއެވެ. އެމީހުން އެހެން ކަންތައް ކުރި ކަމުގައިވިޔަސް މާތްރަސްކަލާނގެ އަހަރެމެންނަށް އެކަލާނގެ ކިބަފުޅުން އައި ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އިއްވުމަށް ހިތްވަރު ދެއްވިއެވެ.