Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 8:36 - ކިތާބުލް މުޤައްދަސާ

36-37 ދެން އެމީހުން އެމަގުން ދަތުރުކޮށް ކުރިއަށް ދިޔައިރު އެތާނގައިވާ ފެންގަނޑެއް ފެނުނެވެ. އެވަގުތު މި އިތިޔޯޕިޔާގެ ވަޒީރު ފިލިޕުއަށް ބުންޏެވެ. ”⁠ނިކަން ދެކިބަލާ. މިތާނގައި މި ވަނީ ފެންގަނޑެއް. ވީއިރު އަހަރެން ތައުބާގެ ހިނެވުމުން ހިނައި ނުގަންނަންވީ ކީއްވެ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 8:36
9 ပူးပေါင်းရင်းမြစ်များ  

ކަލޭމެންގެ ހިތާއި އަދި ދިރިއުޅުން ބަދަލުވެއްޖެކަން ދައްކައި ދިނުމުގެ ގޮތުން އަހަރެން ކަލޭމެން ތައުބާގެ ހިނެވުމުން މި ހިނަވަނީ ފެނުން. ނަމަވެސް އަހަރެންނަށް ވުރެން މަތިވެރި ބޭކަލަކު ވަޑައިގަންނަވާނެ. އަހަރެންނަކީ އެބޭކަލެއްގެ ފައިވާން އުފުލުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެން ހިނަވާނީ މާތްރޫޙުފުޅުންނާއި އަދި އަލިފާނުން.


އެބައިމީހުން އެބައިމީހުންގެ ފާފަތަކަށް އެއްބަސްވުމުން އެކަލޭގެފާނު އެމީހުން އުރުދުން ކޯރުގައި ތައުބާގެ ހިނެވުމުން ހިނަވައިދެއްވިއެވެ.


ޔަޙުޔާގެފާނު ޖަލަށް ލެވުމުގެ ކުރީގައި އެކަލޭގެފާނު ޝާލެމްގެ ކައިރީގައިވާ އައިނޯނުގައި މީސްތަކުން ހިނަވަމުން ގެންދެވިއެވެ. އެއީ އެތާނގެ ކޯރުގެ ފެންގަނޑު ބޮޑުވެފައި އަދި އެތައް ބައިވަރު މީސްތަކުންނެއް އެކަލޭގެފާނުގެ އަރިހަށް ހިނައިގަތުމަށް އަންނަމުން ދިޔައީތީއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ނަމަވެސް މީހަކު ފެނާއި ރޫޙުން އުފަންނުވާ ހާ ހިނދަކު އެމީހަކު މާތްރަސްކަލާނގެ ރަސްކަންފުޅުގައި ހަމަ ޔަޤީނުން ވެސް ނުހިމެނޭނެ.


”⁠ހަމަ އަހަރެމެންނެކޭ އެއް ފަދައިން މާތްރަސްކަލާނގެ އެމީހުންނަށް ވެސް މާތްރޫޙުފުޅު ދެއްވައިފި. ވީއިރު އެމީހުން ތައުބާގެ ހިނެވުމުން ހިނެވުމާއި މެދު އެއްވެސް މީހަކަށް އިޢުތިރާޒު ކުރެވޭނީ ކިހިނެއް؟⁠“


އީސާ އަލްމަސީޙުއަކީ މާތްރަސްކަލާނގެ ދަރިކަލުންކަން ފާޅުވެގެން ދިޔައީ އެކަލޭގެފާނު ފެނުން ތައުބާގެ ހިނެވުން ހިނެވުމުންނާއި ސަލީބަށް އެރުވިފައިވީ ހިނދު އޮހުނު ލޭފޮދުންނެވެ. ހަމައެކަނި ފެނަކުން ނޫނެވެ. މިކަންތަކަށް ޚުދު މާތްރޫޙުފުޅު ވެސް ހެކިވެއެވެ. އެހެނީ އެ ރޫޙުފުޅަކީ ޙައްޤުތެދު ކަމަށް ވާތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ