Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 8:30 - ކިތާބުލް މުޤައްދަސާ

30 ފިލިޕު ދުވެފަ ގޮސް އެ އަސްގާޑިޔަލާ އަރާ ހަމަ ކުރި އިރު އޭނާ ނަބީ ޔަޝަޔާޙުގެފާނުގެ ފޮތްކޮޅުން ކިޔަމުން ދާ އަޑު އިވުނެވެ. ފިލިޕު އޭނާ ކުރެން ސުވާލު ކުރިއެވެ. ”⁠މަނިކުފާނު ތިޔަ ކިޔުއްވަމުން ގެންދަވާ އެއްޗެއްގެ ފުރިހަމަ މާނަ މަނިކުފާނަށް ސާފުކޮށް އެނގޭތޯ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 8:30
18 ပူးပေါင်းရင်းမြစ်များ  

މަގުމައްޗަށް އެޅުނު އޮށްތަކަކީ މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ޚަބަރުފުޅު އަޑުއިވުނު މީހުން. ނަމަވެސް އެ ބަސްފުޅުގެ މާނަ އެބައިމީހުންނަކަށް އެނގިގެންނުވި. ވީމާ ޝައިތާނާ އައިސް އެބައިމީހުންގެ ހިތްތަކުގައި ވާ އެކަލާނގެ ބަސްފުޅު އަތުލައިގަތް.


ގޮވާން ހެއްދުމަށް ރަނގަޅު ފަސްގަނޑުގެ މައްޗަށް އެޅުނު އޮށްތަކުގެ މާނައަކީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއަހައި އެ ބަސްފުޅު ފުރިހަމައަށް އެނގިހުރި މީހުންގެ މިސާލު. އެމީހުންނީ އެކަލާނގެ ކިބަފުޅަށް އިތުބާރުކޮށް އެގޮތުގައި ދެމިތިބި މީހުން. އެފަދަ މީހުންނަކީ ގޮވާން ލިބިދެނޭ މީހުން. ބައެއްފަހަރު ސަތޭކަގުނަ އިތުރަށް ލިބިދޭނެ. އަނެއްބައި ފަހަރު ފަސްދޮޅަސް ގުނަ އިތުރަށް ލިބި އަދި ބައެއްފަހަރު ތިރީސްގުނަ އިތުރަށް ލިބިދޭނެ.⁠“


އީސާގެފާނު އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންނަށް މިހުރިހާ ކަމެއް އެނގިއްޖެތަ؟⁠“ އެބައިމީހުން ޖަވާބު ދެއްވިއެވެ. ”⁠އާދެ. އަޅުގަނޑުމެންނަށް އެނގިއްޖެ.⁠“


އީސާގެފާނު އެތަނުގައި ވީ މީސްތަކުންނަށް އެއްވުމަށް އެންގެވިއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ބުނާ ބަސްތައް އަޑުއަހައި ދޭހަވޭތޯ ބަލާ!


”⁠ވަގުތުޖެހުމުން ނަބީބޭކަލެއް ކަމުގައިވާ ދާނިޔާލް ވިދާޅުވެ ދެއްވާފައިވާ ފަދައިން ފަނާކުރުވަނިވި ނަޖިސް މުޑުދާރު އެތި މުޤައްދަސް މަޤާމުފުޅު ތެރޭގައި ފެނިގެންދާނެ. (ކިޔުންތެރިންނަށް މިބުނާ އެއްޗެއްގެ މާނަ ޔަޤީންކަމާއެކުގައި އެނގެންޖެހޭނެއެވެ!)


އެދުވަހުން މުޤައްދަސް ބިނާގައި ތާހިރުވެގެން ނުވާފަދަ ލާދީނީ ފަރާތެއްގެ ބިރުވެރިކަން ފެނިގެންދާނެ. (ކިޔުންތެރިންނަށް މިބުނާ އެއްޗެއްގެ މާނަ ޔަޤީންކަމާއެކުގައި އެނގެންޖެހޭނެއެވެ!) ދެން އެ ދުވަހުން ޖުދެއާ ކަރައިގައި ތިބި ހުރިހާ އެންމެން ފަރުބަދަތަކާއި ދިމާއަށް ފިލަން ދުވާނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މިބުނާ ކާނާއަކީ އަހަރެން ފޮނުއްވި ފަރާތުގެ އެންގެވުންތަކަށް ކިޔަމަންވެ އަދި އެފަރާތުން އަހަރެންނާއި ހަވާލުކުރެއްވި މަސައްކަތް ކޮށް ނިންމުން.


ކަލޭމެން މާތްރަސްކަލާނގެ މުޤައްދަސް ފަތްފުށްތައް ކިޔަވާ އެފޮތްތައް ދަސްކޮށް ހަދާ! ކަލޭމެން އެފޮތްތައް ކިޔަވަނީ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އެދި. އެކަމަކު އެފޮތްތަކުގައި ލިޔެވިގެން ވަނީ ހަމަ އަހަރެންނާ ބޭހޭގޮތުން.


ދެން ފިލިޕު ދަތުރަށް ފެށިއެވެ. އޭނާ ދަތުރުކޮށް ދިޔަމަގުމަތީ އިތިޔޯޕިޔާގެ މީހަކާ ދިމާވިއެވެ. މީނާއަކި އިތިޔޯޕިޔާގެ ރާނީ ކަންދާޒުގެ ޚަޒާނާ ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ވަޒީރެވެ. މީނާއަކީ ހޯޖާއެކެވެ. އެކަމަނާގެ ހުރިހާ ފައިސާއެއް ވަނީ މީނާގެ ބެލެހެއްޓުމުގެ ދަށުގައެވެ. މީނާ ޖެރޫސަލަމަށް އައީ ބައިތުލް މަޤްދިސްގައި އަޅުކަން ކުރުމަށްޓަކައެވެ.


މާތްރޫޙުފުޅު ފިލިޕުއަށް އެންގެވީ ހިނގާފައި ގޮސް އެ އަސްގާޑިޔަލާއި ހަމަކޮށް އެއާއި ކައިރީގައި ވުމަށެވެ.


އޭނާ ބުންޏެވެ. ”⁠އަހަރެންނަށް މީގެ މާނަ ފުރިހަމައަށް ކިޔާ ނުދެނީސް އަހަންނަށް މި ރަނގަޅަށް އެނގި ވިސްނޭނީ ކިހިނެއް ތަ؟⁠“ ދެން އޭނާ ފިލިޕުގެ ކިބައިން އެދުނީ އޭނާގެ އަސްގާޑިޔަލަށް އަރާ އޭނާ ކައިރި އިށީނުމަށެވެ.


އޭގެ ތެރެއިން އެކަކީ ފިލިޕު އެވެ. އޭނާ ދިޔައީ ސަމީރިއްޔާއަށެވެ. އެ ރަށުގައި އޭނާ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި ފަރާތް ކަމުގައިވާ އަލްމަސީޙާއި ބެހޭ ގޮތުން މީސްތަކުންނަށް އަންގައިދިނެވެ.


އެހެންވީމާ، ބުއްދިނުކުރާ މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ. ނަމަވެސް އޭގެ ބަދަލުގައި މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަކީ ކޮބައިތޯ ބަލާށެވެ.


އެ ދާއްބައިގެ ނަމްބަރު އުނގެނިގަތުމަށް އެދޭނަމަ ޙިކުމަތްތެރިކަން ބޭނުންވެއެވެ. ނަމަވެސް ތިޔަބައިމީހުންގެ ވިސްނުން ތޫނު ކަމުގައި ވާނަމަ މި އަދަދު ބަލައި ހެދޭނެއެވެ. އަދި މި އަދަދު އެތުރިފައި ވަނީ އިންސާނެއްގެ ނަމަށް ނިސްބަތް ކޮށެވެ. އޭނާގެ ނަމްބަރަކީ 666 އެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ