Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 8:3 - ކިތާބުލް މުޤައްދަސާ

3 ނަމަވެސް ޝާއުލް އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުން ނައްތާލުމަށް މަސައްކަތް ކުރިއެވެ. އޭނާ އެމީހުންގެ ގޭގެއަށް ގޮސް އަންހެނުންނާއި ފިރިހެނުންގެ މައްޗަށް ގަދަ ބާރުދައްކާ އެމީހުން ޖަލަށް ލިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 8:3
13 ပူးပေါင်းရင်းမြစ်များ  

މި އަޅު އަންހެންކުއްޖާ ގެންގުޅުނު މީހުން މި ތަން ފެނުމުން ދެން އިތުރަށް އެކުއްޖާގެ ކިބައިން ފައިސާ ނުހޯދޭނެކަން އެނގުމުން އައި ރުޅިން ޕައުލް އާއި ސިލާހު ހިފަހައްޓާ ހައްޔަރުކޮށްގެން އެރަށުގެ ވެރިންނަށް ދެއްކުމަށް ބޮޑު ބާޒާރަށް ގެންދިޔައެވެ.


ނަމަވެސް އަޅުގަނޑު މާތް ސާހިބާއަށް ދެންނެވީން. ’⁠އެތައް ދީނީ މަރުކަޒުތަކެއްގައި އަޅުގަނޑު މާތް ސާހިބާއަށް އީމާންވެގެން ތިބި މީހުންނަށް އަނިޔާކޮށް ހައްޔަރުކޮށް ހެދިކަން މި ރަށުގެ އެންމެންނަށް ވެސް އެނގޭނޭ.


އަދި އެމީހުން އިސްތިފާނު ދަމާ ގެންގޮސް ރަށުގެ ބޭރަށް ގެންދިޔައެވެ. ދެން އޭނާގެ ގަޔަށް ހިލަ އުކަން ފެށިއެވެ. އިސްތިފާނު އާއި ދެކޮޅަށް ހެކިދިން ހެކިން ދިޔައީ އެމީހުންގެ ގައިގައި ވީ ސާލުތައް އެތާނގައި ހުރި ޝާއުލްއޭ ކިޔުނު ޒުވާން ފިރިހެނަކާއި ހަވާލުކޮށްފައެވެ.


މާތްސާހިބަށް އީމާންވެގެން ތިބި ބަޔަކު އިސްތިފާނު ކަފުންކޮށް ވަޅުލިއެވެ. އަދި އޭނާގެ މަރުގެ މައްޗަށް ހިތާމަ ކޮށް ރޮއެހެދިއެވެ.


ޝާއުލްގެ ވާހަކަތައް އަޑު އެހި ކޮންމެ މީހަކު ހައިރާންވެ ބުނެއެވެ. ”⁠މީނާ މިއީ ޖެރޫސަލަމުގައި އީސާގެފާނަށް އީމާންވެ އެކަލޭގެފާނު އެންގި މަގުން އުޅުނު މީހުން ނައްތާލަން ގަދައަޅާ މަސައްކަތް ކުރި މީހާއެއް ނޫން ހޭ؟ އަދި އަހަރެމެންނަށް އިވިފައިވާ ގޮތުގައި މީނާ މި ރަށަށް އައީ ވެސް އީސާގެފާނު ގަބޫލު ކުރާ އެންމެން ހައްޔަރުކޮށްގެން ބޮޑު އިމާމުންގެ ކައިރިއަށް ގެންދަން.⁠“


އަހަރެން ކުރީގައި އުޅުނު ގޮތުގެ ވާހަކަތައް ކަލޭމެން ވާނީ އަހާފައެވެ. އަހަރެން ބަނީއިސްރާއީލު މީހުންގެ ދީނުގައި ހަރުދަނާވެ ހުރި ވަރާއި ބެހޭގޮތުންނާއި، އަދި އަހަރެން އީސާގެފާނަށް އީމާންވެގެންވީ އެންމެން ނައްތާލުމަށް، ކުރި ނުބައި އަނިޔާވެރި ކަންތައްތަކުގެ ވާހަކަވެސް ކަލޭމެން ވާނީ އަހާފައެވެ.


އަދި އަހަރެން ލޭ ހޫނުވެފައި ހުރެ މަސީޙީ ޖަމާޢަތުގެ އަހުލުވެރިންނަށް ވަރުގަދަ އަނިޔާތައް ކުރިމަތި ކުރީމެވެ. ޤާނޫނާއި ގަވާއިދު ދެއްކި މަގުން މާތްކަލާނގެ ރުހުން ހޯދުމަށް ކުރެވެން އޮތްހާ ކަމެއް ކުރީމެވެ.


އަހަރެން އެކަލޭގެފާނުގެ އަބުރުފުޅަށް ކުފުރުބަސް ބުނީމެވެ. އެކަލޭގެފާނަށް އީމާންވީ ފަރާތްތައް ޝިކާރަކޮށް އަހަރެންނަށް ކުރެވެންހުރި ހުރިހާ އަނިޔާއެއް ކުރީމެވެ. އެހެނަސް މާތްރަސްކަލާނގެ ރަޙުމަތް އަހަރެންނާއެކު ވޮޑިގެންވި ސަބަބަކީ އެ ހުރިހާ ކަމެއް އަހަރެންނަށް ކުރެވުނީ ޖާހިލު ކަމާއި އީމާންތެރިކަމެއް ނެތް ޙާލުގައެވެ.


ނަމަވެސް ފަގީރުންނާއިމެދު ކަލޭމެން ފުރައްސާރަ ކުރީމުއެވެ! އެހެނީ ދުނިޔަވީ މުއްސަނދިން އެބައިމީހުންގެ ބާރުގެ ދަށުގައި ކަލޭމެން ގެންގުޅެފައި ނުވޭހެއްޔެވެ؟ އެ މުއްސަނދިން ކަލޭމެން ޝަރުޢީ މަޙްކަމާތަކަށް ދަމާކޫއްތާފައި ނުގެންދޭހެއްޔެވެ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ