Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 8:29 - ކިތާބުލް މުޤައްދަސާ

29 މާތްރޫޙުފުޅު ފިލިޕުއަށް އެންގެވީ ހިނގާފައި ގޮސް އެ އަސްގާޑިޔަލާއި ހަމަކޮށް އެއާއި ކައިރީގައި ވުމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 8:29
16 ပူးပေါင်းရင်းမြစ်များ  

ޕަތަރަސް އޭނާއަށް ފެނިދިޔަ ކަންތަކާ މެދު ވިސްނަމުން ދަނިކޮށް މާތްރޫޙުފުޅު އޭނާއަށް އެންގެވިއެވެ. ”⁠ކަލޭ ހޯދަން އައިސް ތިބި ތިން މީހުން ބޭރުގަ އެބަތިބި.


މާތްރޫޙުފުޅު އަހަރެންނަށް އެންގެވީ ބިރު ނުގަނެ އެމީހުންނާއި އެކު ދިއުމަށް. ދެން އަހަރެންނާއިއެކު މިތާ މިތިބަ އީސާގެފާނަށް އީމާންވެގެންވާ މި ހަ މީހުންނާއި އެކު ކައިސަރިޔާއަށް ގޮސް ކޮރުނޭލިޔުސްގެ ގެއަށް އަހަރެމެން ދިޔައީން.


މީނާ ޕައުލް އަޅައިގެން ހުރި ކަމަރު އަތުލާ އޭގެން އޭނާގެ އަމިއްލަ އަތާއި ފަޔާއި ބަނދެފައި އަހަރެމެންނަށް ބުންޏެވެ. ”⁠މާތްރޫޙުފުޅު އަންގަވަނީ ޖެރޫސަލަމުގެ ބަނީއިސްރާއީލު މީހުންގެ ބައެއްވެރިން މި ކަމަރުގެ ވެރިމީހާ ބަނދެލާނެ ކަމުގައޭ. އަދި އެމީހުން އޭނާ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ބަޔަކާ ހަވާލު ކުރާނެ ކަމުގައޭ.⁠“


ދެން އެމީހުންގެ މެދުގައި މި ކަމާއި ދެބަސްވުން އުފެދެން ފެށުމުން އެމީހުން އެތަނުން ދާން ފެށިއެވެ. ނަމަވެސް އޭގެ ކުރިން ޕައުލް އެމީހުންނަށް ބުންޏެވެ. ”⁠މާތްރޫޙުފުޅު ނަބީ ޔަޝަޔާޙުގެފާނު މެދުވެރިކުރައްވާ ކަލޭމެންގެ ކާބަފައިންނަށް މި ފަދައިން އެންގެވީ އެއީ ހަމަ ތެދުފުޅެއް.


ފިލިޕުއަށް މާތްރަސްކަލާނގެ މަލާއިކަތަކު މެދުވެރިކޮށް އެންގެވީ ޖެރޫސަލަމުން ޣައްޒާއަށް ދެވެން އޮންނަ ހަނަފަސް ބިމުގެ މަގުން ދެކުނަށް ދިއުމަށެވެ.


މީނާ ރަށަށް އެނބުރި ދިއުމަށްޓަކައި އޭނާގެ އަސްގާޑިޔަލުގައި އެހެން ލާފައި ދިޔައެވެ. އެވަގުތު އޭނާ އިނީ ނަބީ ޔަޝަޔާޙުގެފާނުގެ ފޮތްކޮޅު ކިޔާށެވެ.


ފިލިޕު ދުވެފަ ގޮސް އެ އަސްގާޑިޔަލާ އަރާ ހަމަ ކުރި އިރު އޭނާ ނަބީ ޔަޝަޔާޙުގެފާނުގެ ފޮތްކޮޅުން ކިޔަމުން ދާ އަޑު އިވުނެވެ. ފިލިޕު އޭނާ ކުރެން ސުވާލު ކުރިއެވެ. ”⁠މަނިކުފާނު ތިޔަ ކިޔުއްވަމުން ގެންދަވާ އެއްޗެއްގެ ފުރިހަމަ މާނަ މަނިކުފާނަށް ސާފުކޮށް އެނގޭތޯ؟⁠“


އެމީހުން އެފެންގަނޑުން އެރި ހިނދު މާތްރޫޙުފުޅު ކުއްލިއަކަށް ފިލިޕު ގެންދެވިއެވެ. އަދި މި ވަޒީރާއި ފިލިޕު އާއި އޭގެ ފަހުން ދުވަހަކު ވެސް ބައްދަލެއްނުވެއެވެ. ނަމަވެސް އޭނާ ރަށަށް ދިއުމަށް ދަތުރުކޮށް ދިޔައީ ވަރަށް އުފާވެ ހިތްހަމަޖެހުމާއި އެކުގައެވެ.


މާތްރަސްކަލާނގެ މަތިވެރި ރޫޙުފުޅުން އެނގިގެންވާގޮތުގައި ފަހު ދުވަސްތަކުގައި އެކަލޭގެފާނު ވަރަށް ސާފުކޮށް އަންގައިދީފައިވާ ގޮތުން ބައެއް މީހުންގެ އީމާންތެރިކަން ގެއްލި އަދި ނުބައި ރޫޙުތަކުގެ ދަށުގައިވެ، ޝައިތާނީ ފަތުވާތަކުން އެމީހުން މޮޔަ ހައްދާނެއެވެ.


އެހެންވެ މާތްރޫޙުފުޅު މިހެން ބުނެއެވެ. ”⁠މާތްރަސްކަލާނގެ އަޑުފުޅު ކަލޭމެންނަށް މިއަދު އިވިއްޖެނަމަ،


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ