Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 8:28 - ކިތާބުލް މުޤައްދަސާ

28 މީނާ ރަށަށް އެނބުރި ދިއުމަށްޓަކައި އޭނާގެ އަސްގާޑިޔަލުގައި އެހެން ލާފައި ދިޔައެވެ. އެވަގުތު އޭނާ އިނީ ނަބީ ޔަޝަޔާޙުގެފާނުގެ ފޮތްކޮޅު ކިޔާށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 8:28
19 ပူးပေါင်းရင်းမြစ်များ  

ޔަޙުޔާގެފާނު މިކަންތައްތައް ކުރައްވަމުން ދާ ގޮތުގެ ވާހަކަ މާތްރަސްކަލާނގެ ވަނީ މާކުރީންސުރެ ވެސް އަންގަވާފައެވެ. އެގޮތުން އިހު ޒަމާނުގެ ނަބީބޭކަލެއް ކަމުގައިވާ ޔަޝަޔާޙުގެފާނަށް މާތްރަސްކަލާނގެ މިފަދައިން ވަޙީކުރައްވާ ބާވައިލެއްވިގެން ވެއެވެ. ”⁠މީހުން ނޫޅޭ އެކަހެރި ހިސާބުގަނޑުގެ ތެރޭގައި އުޅޭމީހަކު ގޮވަމުން ދާނެއެވެ. ’⁠މާތްރަސްކަލާނގެ އަށްޓަކައި މަގުތައް ސީދާކުރާށޭ.


އެދުވަހު އެކަލޭގެފާނަށް ކިޔަވާ ވިދާޅުވުމަށް ޖެހިވަޑައިގަތް ފޮތްކޮޅަކީ ނަބީބޭކަލެއް ކަމުގައިވާ ޔަޝަޔާޙުގެފާނަށް މާތްރަސްކަލާނގެ އެންގެވި ވަޙީގެބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅެވެ. އެކަލޭގެފާނު ކިޔަވާވިދާޅުވީ އެފޮތްކޮޅުގައި ލިޔެވިގެންވާ މި ބަސްފުޅުތަކެވެ.


ދެން އެމީހުންގެ މެދުގައި މި ކަމާއި ދެބަސްވުން އުފެދެން ފެށުމުން އެމީހުން އެތަނުން ދާން ފެށިއެވެ. ނަމަވެސް އޭގެ ކުރިން ޕައުލް އެމީހުންނަށް ބުންޏެވެ. ”⁠މާތްރޫޙުފުޅު ނަބީ ޔަޝަޔާޙުގެފާނު މެދުވެރިކުރައްވާ ކަލޭމެންގެ ކާބަފައިންނަށް މި ފަދައިން އެންގެވީ އެއީ ހަމަ ތެދުފުޅެއް.


ދެން ފިލިޕު ދަތުރަށް ފެށިއެވެ. އޭނާ ދަތުރުކޮށް ދިޔަމަގުމަތީ އިތިޔޯޕިޔާގެ މީހަކާ ދިމާވިއެވެ. މީނާއަކި އިތިޔޯޕިޔާގެ ރާނީ ކަންދާޒުގެ ޚަޒާނާ ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ވަޒީރެވެ. މީނާއަކީ ހޯޖާއެކެވެ. އެކަމަނާގެ ހުރިހާ ފައިސާއެއް ވަނީ މީނާގެ ބެލެހެއްޓުމުގެ ދަށުގައެވެ. މީނާ ޖެރޫސަލަމަށް އައީ ބައިތުލް މަޤްދިސްގައި އަޅުކަން ކުރުމަށްޓަކައެވެ.


މާތްރޫޙުފުޅު ފިލިޕުއަށް އެންގެވީ ހިނގާފައި ގޮސް އެ އަސްގާޑިޔަލާއި ހަމަކޮށް އެއާއި ކައިރީގައި ވުމަށެވެ.


އީސާއަލްމަސީޙުގެ ރިސާލަތު އޭގެ މުއްސަނދިކަމާއެކު ތިޔަބައިމީހުންގެ ކިބައިގައި އެކުލަވާށެވެ. އަދި އެކަކު އަނެކަކަށް އޭގެ ޙިކުމަތްތައް ކިޔައިދީ ވިސްނައިދީ ހަދާށެވެ. މިއާއެކު މާތްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވައި މަދަހަ ސަނާ ކިޔައި ރޫހާނީ ލަވަޔާއި ތަރާނާތައް ކިޔަމުން ދާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ