Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 8:27 - ކިތާބުލް މުޤައްދަސާ

27 ދެން ފިލިޕު ދަތުރަށް ފެށިއެވެ. އޭނާ ދަތުރުކޮށް ދިޔަމަގުމަތީ އިތިޔޯޕިޔާގެ މީހަކާ ދިމާވިއެވެ. މީނާއަކި އިތިޔޯޕިޔާގެ ރާނީ ކަންދާޒުގެ ޚަޒާނާ ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ވަޒީރެވެ. މީނާއަކީ ހޯޖާއެކެވެ. އެކަމަނާގެ ހުރިހާ ފައިސާއެއް ވަނީ މީނާގެ ބެލެހެއްޓުމުގެ ދަށުގައެވެ. މީނާ ޖެރޫސަލަމަށް އައީ ބައިތުލް މަޤްދިސްގައި އަޅުކަން ކުރުމަށްޓަކައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 8:27
25 ပူးပေါင်းရင်းမြစ်များ  

ޤިޔާމަތް ދުވަހު ދެކުނުގެ ރާނީ މި ޖީލާއި ދެކޮޅަށް ތެދުވާނެ. އެކަމަނާ ކަލޭމެންގެ ކުށްތައް ދައްކައިދޭނެ. ސަބަބަކީ ސުލައިމާނުގެފާނުގެ ޙިކުމަތްތެރިކަމުގެ ބަސްފުޅު އަޑުއެހުމަށް ޓަކައި އެކަމަނާ ދުނިޔޭގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރު ކުރެއްވި. ކަލޭމެންނަށް އަހަރެން ބުނަން. މިތަނުގައި މިހާރު މިވަނީ ސުލައިމާނުގެފާނަށް ވުރެން މާމަތިވެރި ބޭކަލެއް.⁠“


ގުރީކުގެ ބައެއް މީހުން ވެސް އެ ޢީދުގެ އަޅުކަންތަކަށް ޖެރޫސަލަމަށް އައިސް ތިއްބެވެ.


މީނާ ރަށަށް އެނބުރި ދިއުމަށްޓަކައި އޭނާގެ އަސްގާޑިޔަލުގައި އެހެން ލާފައި ދިޔައެވެ. އެވަގުތު އޭނާ އިނީ ނަބީ ޔަޝަޔާޙުގެފާނުގެ ފޮތްކޮޅު ކިޔާށެވެ.


އިބްރާހީމްގެފާނު އީމާންތެރިވެ މާތްރަސްކަލާނގެއަށް ކިޔަމަންތެރިވެ ވަޑައިގަތެވެ. އެހެންކަމުން އެކަލޭގެފާނަށް ދެއްވާނެކަމަށް މާތްރަސްކަލާނގެ އެންގެވި ބިމަށް ދިއުމަށް އެކަލޭގެފާނު ނުކުމެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އަމިއްލަ ރަށް ދޫކުރައްވައި ވަޑައިގެންނެވީ ދުވަހަކު ވެސް ދެކެވަޑައިގެންފައި ނުވާ ތަނަކާ ދިމާއަށެވެ. އެކަލޭގެފާނު މި ދަތުރު ކުރައްވަން ފެއްޓެވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ