Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 8:22 - ކިތާބުލް މުޤައްދަސާ

22 ތިޔަ ފަދަ ނުބައި ޚިޔާލުތަކުން ދުރުވޭ. އަދި މަޢާފަށް އެދި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރޭ. ފަހަރެއްގައި އެކަލާނގެ ކަލޭގެ ތިޔަ ފަދަ ނުބައި ޚިޔާލުތަކަށް މަޢާފު ކޮށްފާނެ ކަން ނޭނގެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 8:22
23 ပူးပေါင်းရင်းမြစ်များ  

ނުބައި ރޭވުން ރާވާ މީހާއަކީ ފާފަވެރިއެކެވެ. ފޮނިވެފަ ހުންނަ މީހާ ދެކެ އެންމެން ވެސް ނަފްރަތު ކުރެއެވެ.


އޮޑީގެ ކައްޕިތާނަށް މިކަން އެނގުމުން އެކަލޭގެފާނަށް ގޮވައި ހޭފުޅު ލައްވައިފިއެވެ. މިވަރުވެގެން ދާއިރު ވެސް ކަލޭ ތިއޮންނަނީ ނިދާފައިތަ؟ ކައްޕިތާނު ރުޅިއައިސްގެން ބުންޏެވެ. ”⁠ތެދުވެ ކަލޭގެ ކަލާނގެއަށް ވެސް ދަންނަވާބަލަ މި މުސީބާތުން އަހަރެމެން މިންޖު ކޮށްދެއްވާތޯ.⁠“


ފަހަރުގައި މާތްކަލާނގެ އިރާދަފުޅު ބަދަލުކުރައްވައި އަހަރެމެންގެ މައްޗަށް އޯގާވަންތަވެ ވޮޑިގެން އަހަރެމެން މަރުން މިންޖު ކުރައްވައި މި ރަށް ސަލާމަތް ކުރައްވައި ފާނެއެވެ.⁠“


މި ވީހާ ތަނަށް މާތްރަސްކަލާނގެ މީސްތަކުން ކުރަމުން ދިޔަ މި ފަދަ ޖާހިލު ކަންތަކާ މެދު އަޅާނުލައްވާ ދޫކޮށްލެއްވި ނަމަވެސް، މިހާރު އެކަލާނގެ ދުނިޔޭގެ އެންމެ ހާ މީސްތަކުންނަށް އަމުރުކުރައްވަނީ ފާފަކުރުން ހުއްޓާލާ، އެކަލާނގެ ކިބަފުޅަށް އެނބުރުމަށޭ.


ޕަތަރަސް ބުންޏެވެ. ”⁠ކަލޭމެން ފާފަކުރުން ހުއްޓާލާ ހިތާއި އަމަލާއި ބަދަލުކޮށް މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި ކަލޭމެންގެ ފާފަތައް ފުއްސެވުމަށް އެދި، އީސާ އަލްމަސީޙުގެ ނަންފުޅުމަތީ ތައުބާގެ ހިނެވުމުން ހިނައިގަންނާށޭ. އޭރުން ކަލޭމެންނަށް ދެއްވާ ހަދިޔާފުޅެއް ކަމުގައިވާ މާތްރޫޙުފުޅު ލިބޭނެ.


ވީމާ ކަލޭމެންގެ ހިތާއި އަމަލާއި ބަދަލުކޮށް ދިރިއުޅުމުގައި މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައިން ކަން ކުރަން ފަށާ. އޭރުން އެކަލާނގެ ކަލޭމެންގެ ފާފަތަކަށް މަޢާފު ކުރައްވާ އެ ފާފަތައް ފުއްސަވާނެ. އަދި އޭރުން އެކަލާނގެ ޙަޟްރަތުން ކަލޭމެންގެ ހިތްތަކަށް ތަނަވަސްކަން ދެއްވާނެ.


ޕަތަރަސް އޭނާއަށް ބުންޏެވެ. ”⁠ކަލެއާއި ކަލޭގެ ފައިސާ އާއި ދާނީ ނަރަކައަށް. އެއީ ކަލޭ ތިޔަ ހީކުރީ މާތްރަސްކަލާނގެ ދެއްވާ ހަދިޔާފުޅު ފައިސާ ދީފަ ގަތުމަށް.


މާތްސާހިބާ އޭނާއަށް ވިދާޅުވިއެވެ. ”⁠ތެދުވެގެން ގޮސް ސީދާމަގޭ ކިޔޭ މަގުގައިވާ ޔުދާސްގެ ގެއަށް ދޭ. އެގެއަށް ގޮސް އަހާ އެ ގޭގައި ޝާއުލް އޭ ކިޔާ ތަރުސުސްގެ މީހަކު ވޭހޭ. އޭނާ ހަމަ މި ވަގުތު ތިމަންކަލޭގެފާނުގެ ނަންފުޅުގައި އެބަ ދުޢާ ކުރޭ.


މާތްރަސްކަލާނގެ ބަސްފުޅު އަދިވެސް ދިރި އެބައޮތެވެ. ބާރުފުޅު ވެސް ގަދައެވެ. އެ ބަސްފުޅު ދެމިޔަލީ ކަނޑިޔަކަށް ވުރެން ވެސް ތޫނެވެ. އެ ކަނޑިން އަހަރެމެންގެ ހުޅުތަކާއި ކަށީގެ މަދާއި ފުރާނައާއި ރޫޙު ގުޅޭ ހިސާބު ކަނޑައި ވަކިކޮށްލައެވެ. އަދި އަހަރެމެންގެ ހިތްތަކުގެ ފުންމިނުގައިވާ ޚިޔާލުތަކާ އެދުންތަކާ މެދު ވެސް އިންސާފު ގާއިމު ކުރެއެވެ.


އަހަރެން އެ އަންހެނާއަށް ތައުބާވުމަށް ފުރުސަތު ދިނީން. ނަމަވެސް އެ އަންހެނާގެ ވަޙުޝީ ފާފަވެރި ކަމުން އެއްކިބާވެ ތައުބާ ވުމަކަށް އެދިގެންނެއް ނުވި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ