Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 8:21 - ކިތާބުލް މުޤައްދަސާ

21 އަހަރެމެންނާއި އެކު މި ކަންތައް ކުރުމަށް ބައިވެރިވުމަކަށް ކަލެއަކަށް އެއްވެސް ޖާގައެއް ނެތް. އަދި ކަލޭގެ ހިތުގެ މަގުސަދާއި ނިޔަތް ރަނގަޅު ނޫންކަން މާތްރަސްކަލާނގެ ދެނެވޮޑިގެންވޭ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 8:21
19 ပူးပေါင်းရင်းမြစ်များ  

ޒަކަރިއްޔާ އާއި އޭނާގެ އަންހެނުން އެލިޒަބަތަކީ މަތިވެރި މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކިޔަމަންވާ ތެދުވެރިކަމާއިއެކު އެކަންތައްތައް އަދާކުރަމުން ދާ ބަޔެކެވެ. އެދެމީހުންގެ މައްޗަށް މާތްރަސްކަލާނގެ ރުހިވޮޑިގެން ވިއެވެ.


އަނެއްކާވެސް އީސާގެފާނު ސުވާލު ކުރެއްވިއެވެ. ”⁠ޔޫޙަންނާގެ ދަރި ޝަމްއޫނު! ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟!⁠“ ޕަތަރަސްގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެއީ އީސާގެފާނު ތިން ފަހަރަށް އޭނާ ކުރެން މިހެން އެއްސެވީތީއެވެ. ”⁠އާދެ، ސާހިބާ! ސާހިބާއަށް ހުރިހާ ކަމެއް ވެސް އެނގި ވަޑައިގަންނަވާނެ. އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގި ވަޑައިގަންނަވާނެ.⁠“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އެހެން ވިއްޔާ އަހަރެންގެ ކަންބަޅި ބަކަރިތައް ގެންގުޅެ ބަލަހައްޓާ!⁠“


ތިޔަބައިމީހުން ޔަޤީން ކުރާންވީ ޖިންސީ ފާފަވެރިކަމުގަ އާއި ނުތާހިރު ކަމުގައިވެ ނުވަތަ ދަހިވެތިކަމުގައިވާ އެއްވެސް ފަރާތަކަށް އަލްމަސީޙާއި އަދި މާތްރަސްކަލާނގެ ރަސްކަންފުޅު ލިބިނުގަނެވޭނެ ކަމެވެ. އެހެނީ ދަހިވެތި މީހާއަކީ ޙަޤީޤަތުގައި ދުނިޔަވީ ކަންތައްތައްތަކާއި މެދުގައި އަޅުކަންކުރާ މީހާ ކަމުގައި ވުމެވެ.


ކާއިނާތުގައިވާ އެކައްޗެއް ވެސް މާތްރަސްކަލާނގެއަށް ފޮރުވިގެންނެއް ނުވެއެވެ. އެކަލާނގެ ލޯފުޅުގެ ކުރިމަތީގައި ހުރިހާ ތަކެއްޗެއް ވެސް ވަނީ އަމަށުން ހާމަވެފައެވެ. އަހަރެމެންގެ ހުރިހާ ހިސާބުތަކެއް ހުށަހެޅޭނީ އެކަލާނގެ ޙަޟްރަތަށެވެ.


އަހަރެން އެ އަންހެނާގެ ދަރިން ނެތިކޮއްލާނަން. އެގޮތުން އެންމެހާ މަސީޙީ ޖަމާޢަތްތަކުގެ މީހުން އެބައިމީހުންގެ ވިސްނުމާއި އަދި އެބައިމީހުންގެ އެދުން ހުރިގޮތް އަހަރެންނަށް އެނގިގެންވާކަން ދަންނާނެ. އަދި ތިޔަބައިމީހުން ކުރި ޢަމަލަކަށް ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެކަށީގެންވާ ޖަޒާ އަހަރެން ދޭނަން.


މި ޣައިބުގެ ވަޙީ ބަސްފުޅުތަކުން އެންމެ ބަހެއް އުނިކުރި ފަރާތަކަށް ވެސް މި ފޮތުގައި ބަޔާން ކޮށްފައިވާ މުޤައްދަސް ސަހަރާގައި ވާ އަބަދަށް ދެމިގެންވާ ޙަޔާތެއް ލިބިދޭ ގަހުން އެފަރާތަކަށް ލިބިދޭ ޙިއްސާ މާތްރަސްކަލާނގެ ނަންގަވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ