މަންދޫބުންގެ މަސައްކަތް 8:2 - ކިތާބުލް މުޤައްދަސާ2 މާތްސާހިބަށް އީމާންވެގެން ތިބި ބަޔަކު އިސްތިފާނު ކަފުންކޮށް ވަޅުލިއެވެ. އަދި އޭނާގެ މަރުގެ މައްޗަށް ހިތާމަ ކޮށް ރޮއެހެދިއެވެ. အခန်းကိုကြည့်ပါ။ |
އެދުވަސްވަރު ސިމިއޯން އޭ ކިޔުނު މީހަކު ޖެރޫސަލަމުގައި އުޅުނެވެ. މީނާއަކީ މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކިޔަމަން ވާ ތެދުވެރި ކަމާއިއެކު އެކަންތައްތައް އަދާކުރަމުން ގެންދާ މީހެކެވެ. އޭނާ ހުރީ ބަނީއިސްރާއީލު މީހުންގެ އުނދަގޫތައް ލުއިކޮށްދެއްވުމަށް ވަޑައިގަންނަވާނެ ކަލޭގެފާނުގެ އިންތިޒާރުގައެވެ. މާތްރޫޙުފުޅުގެ އެހީފުޅު އޭނާއާއި އެކުގައިވިއެވެ.
މީނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެގެން އުޅުނު ޞާލިޙު މީހެކެވެ. އޭނާއާއި އޭނާއާއި އެކު އޭނާގެ ގޭގައި އުޅޭ އެންމެން ވެސް ހަމައެކަނި ތެދު ކަލާނގެ ކަމުގައިވާ މާތްރަސްކަލާނގެ ކިބައަށް އަޅުކަން ކުރެއެވެ. އޭނާގެ އަތުގައިވާ މުދަލާއި ފައިސާގެ ގިނަބައެއް ވެސް އޭނާ ފަގީރުންނަށް ހޭދަކުރެއެވެ. އަދި އަބަދުވެސް ގަވާއިދުން އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއެވެ.
އެ ދުވަސްވަރު ދީނުގެ ކަންތަކަށް ޚާއްސަކަންދޭ ދީންވެރި ޞާލިޙު ބަނީއިސްރާއީލުގެ އެތައް ބަޔަކު ދުނިޔޭގެ އެތައް ޤައުމަކުން ޖެރޫސަލަމަށް އައިސް ތިއްބެވެ. މި އަޑު އިވުމުން އެމީހުންގެ ތެރެއިން ބޮޑުބައިގަނޑެއް މި ވަނީ ކީއްތޯ ބެލުމަށް އައެވެ. މި ބައިމީހުން އީސާގެފާނުގެ މައްޗަށް އީމާންވާ މީހުން ތިބި ގެއަށް ވަނުމާއިއެކު އެމީހުންނަށް ފެނުނު ކަންތައްތަކުން އެމީހުން ހައިރާންވެ އަޖައިބުވިއެވެ. އެމީހުންނަކީ ތަފާތު ޤައުމުތަކުން އެ ރަށަށް އައިސް ތިބި ބަޔެކެވެ. ނަމަވެސް މިހާރު އެމީހުންނަށް އިވެމުން އެ ދަނީ އެމީހުންގެ އަމިއްލަ ބަހުން ވާހަކަ ދެކެވޭ އަޑެވެ.
ހިލައިންތަޅާ އިސްތިފާނު މަރާލުމަށް ޝާއުލް އެއްބަސްވިއެވެ. އެދުވަހު ޖެރޫސަލަމުގައި އީސާގެފާނަށް އީމާންވެގެން ތިބި އެންމެންނަށް މީހުންގެ ފަރާތުން ވަރަށް ބޮޑެތި އަނިޔާތައް ލިބެން ފެށިއެވެ. އެހެން ކަމުން އީސާގެފާނުގެ މަންދޫބުން ފިޔަވާ އެކަލޭގެފާނަށް އީމާންވެގެން ތިބި އެންމެ ހާ މީސްތަކުން ޖުދެއާ އާއި ސަމީރިއްޔާ އަށް ދިޔައެވެ.