19 ”މަށަށް ވެސް ތިޔަ ބާރު ދީ. އޭރުން މަ ވެސް އަތްލާ މީހަކަށް މާތްރޫޙުފުޅު ލިބޭނެ.“
ކަލޭމެން އެކަކު އަނެކެއްގެ ތަޢުރީފުގެ ބަސްތައް ލިބުމަށް އެދޭ. ނަމަވެސް އެއްކައުވަންތަ މާތްކަލާނގެ ކިބަފުޅުން ރުހިވޮޑިގަތުން ލިބިގަތުމަކަށް ކަލޭމެން މަސައްކަތެއް ނުކުރޭ. ވީއިރު ކަލޭމެންނަށް އީމާން ވެވޭނީ ކިހިނެއް؟
ދެން މި ދެ މަންދޫބުން މީސްތަކުންގެ މައްޗަށް ދުޢާ ކޮށް އެމީހުންގެ ގައިގައި އަތްލުމުން އެމީހުންނަށް މާތްރޫޙުފުޅު ލިބެމުން ދިޔައެވެ.
މަންދޫބުން މީސްތަކުންގެ ގައިގައި އަތްލުމުން އެމީހުންނަށް މާތްރޫޙުފުޅު ލިބެމުން ދާ ތަން ސައިމަންއަށް ފެނުނެވެ. ދެން އޭނާ ވެސް އެ ބާރު ލިބިގަތުމަށް ބޭނުންވެ އީސާގެފާނުގެ މަންދޫބުންގެ އަތަށް ލާރި ދީފައި އޭނާ ބުންޏެވެ.
ޕަތަރަސް އޭނާއަށް ބުންޏެވެ. ”ކަލެއާއި ކަލޭގެ ފައިސާ އާއި ދާނީ ނަރަކައަށް. އެއީ ކަލޭ ތިޔަ ހީކުރީ މާތްރަސްކަލާނގެ ދެއްވާ ހަދިޔާފުޅު ފައިސާ ދީފަ ގަތުމަށް.
އަހަރެން މަސީޙީ ޖަމާޢަތަށް ލިޔުނީމެވެ. ނަމަވެސް ދިއޯތްރިފިސް ބޭނުންވީ އެންމެ އިސް ވެރިޔަކީ އޭނާ ކަމުގައި ވުމަށެވެ. އެހެންވެ އަހަރެމެން ބުނިބަހެއް އޭނާ އަޑެއް ނޭހިއެވެ.