Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 8:17 - ކިތާބުލް މުޤައްދަސާ

17 ދެން މި ދެ މަންދޫބުން މީސްތަކުންގެ މައްޗަށް ދުޢާ ކޮށް އެމީހުންގެ ގައިގައި އަތްލުމުން އެމީހުންނަށް މާތްރޫޙުފުޅު ލިބެމުން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 8:17
15 ပူးပေါင်းရင်းမြစ်များ  

ދެން މި ބައިމީހުން އިތުރަށް ވެސް ދުވަސްކޮޅަކު ރޯދަހިފާ ދުޢާ ކުރުމަށް ފަހު ބަރުނައްބާސް އާއި ޝާއުލްއަށް ހިތްހެޔޮކަންދީ އެމީހުންގެ ބޮލުގައި އަތްލާ އެމީހުންނަށް ރަޙުމަތްލެއްވުމަށް އެދި ދުޢާ ކުރުމަށް ފަހު އެމީހުންގެ މަގުގައި ކުރިއަށް ފޮނުވިއެވެ.


ދެން ޕައުލް އެމީހުންގެ ކޮނޑުގައި އަތްލާ ދުޢާ ކުރުމުން މާތްރޫޙުފުޅު އެމީހުންގެ މައްޗަށް ވެރިވިއެވެ. އެވަގުތު އެމީހުން ތަފާތު ބަސްތަކުން ވާހަކަދައްކާ އަދި މާތްރަސްކަލާނގެ ކުރައްވާނެ މަތިވެރި ކަންތައްތަކުގެ ވާހަކަތައް ދެއްކިއެވެ.


އެ ވަގުތު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެއެންމެންގެ މައްޗަށް ވެރިވިއެވެ. އަދި މާތްރޫޙުފުޅު މި އެންމެންގެ މައްޗަށް ބާރު ހިންގަވަން ފެށުމުން އެ ރޫޙުފުޅުގެ ބާރުފުޅުގެ ދަށުން އެމީހުން އެކިއެކި ތަފާތު ބަސްތަކުން ވާހަކަ ދައްކަން ފެށިއެވެ.


މި ހަތް މީހުން އީސާގެފާނުގެ މަންދޫބުންގެ ކައިރިއަށް ގެނެވުނެވެ. އަދި އެ މަންދޫބުން އެމީހުންގެ މައްޗަށް ދުޢާ ކޮށް އެމީހުންގެ ގައިގައި އަތްޖެއްސިއެވެ. އެއީ މިމީހުންނަކީ މި މަސައްކަތް ކުރުމަށް ހޮވިކަނޑައެޅިފައިވާ މީހުން ކަން އެންގުމަށެވެ.


މަންދޫބުން މީސްތަކުންގެ ގައިގައި އަތްލުމުން އެމީހުންނަށް މާތްރޫޙުފުޅު ލިބެމުން ދާ ތަން ސައިމަންއަށް ފެނުނެވެ. ދެން އޭނާ ވެސް އެ ބާރު ލިބިގަތުމަށް ބޭނުންވެ އީސާގެފާނުގެ މަންދޫބުންގެ އަތަށް ލާރި ދީފައި އޭނާ ބުންޏެވެ.


ދެން އަނާނިޔާހު ޔުދާސްގެ ގެ ހޯދައިގެން އެގެއަށް ދިޔައެވެ. އެގެއަށް ގޮސް އޭނާ ޝާއުލް އަށް ބުންޏެވެ. ”⁠ޝާއުލް އަހަރެން މި އައީ މާތްސާހިބާ އީސާގެފާނު އަހަރެން ފޮނުއްވީމަ. ކަލޭ ދިމިޝްޤަށް ދަތުރުކޮށް އައި މަގުމަތީގައި ކަލެއަށް ވެސް ފެނުނީ ހަމަ އެކަލޭގެފާނު. އެކަލޭގެފާނު އަހަރެން ފޮނުއްވީ ކަލެއަށް ކަލޭގެ ލޮލުގެ އަލިކަން އަނބުރާ ދެއްވުމަށް. އަދި ކަލެއަށް މާތްރޫޙުފުޅު ވެސް ދެއްވުމަށް.⁠“


މަސީޙީ ޖަމާޢަތުގެ ބޮޑުން ތިބާއަށް ރަޙުމަތް ލެއްވުމަށް އެދި މާތްރަސްކަލާނގެއަށް ހުށަހެޅި ގޮތުގެ މަތިން ހަނދާން ބަހައްޓައި އެ ބޮޑުން ނިމުތުގައި ދެއްވި ޚަބަރުތަކުން ތިބާއަށް ލިބިފައިވާ ރޫޙީ ހަދިޔާ ބޭނުން ކޮށްގެން ކުރިއަށް ދާށެވެ.


މަސީޙީ ޖަމާޢަތުގެ ބޮޑުންގެ މީހަކަށް ހަމަނުޖެހިގެން އަވަސްވެގަނެގެން ނޫޅޭށެވެ. އަދި އެހެން މީހުންގެ ފާފައިގެ ތެރެއަށް ތިބާ ނުވެއްޓި ސާފު ތާހިރުގޮތުގައި ހުންނާށެވެ.


އަހަރެން ތިބާގެ ގައިގައި އަތް ބީއްސައި ތިބާއަށް ލިބިގެންދިޔަ ރޫޙާނީ ހަދިޔާގެ ބޭނުން އާލާކުރަމުން ގެންދިއުމަށް އަހަރެން ހަނދާންކޮށްދެނީ އެހެންވެއެވެ.


އަދި ތައުބާގެ ހިނައިގަތުމާއި ގައިގައި އަތް ޖެއްސުމާއި އަލުން ދިރި މަހުޝަރަށް ގެންދެވުމާއި، ހިސާބުބެއްލެވޭނެ ކަމުގެ ވާހަކަ އަލުން ނުދައްކަމާހެއްޔެވެ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ