Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 8:13 - ކިތާބުލް މުޤައްދަސާ

13 މި ސައިމަން ވެސް އީސާގެފާނު ގަބޫލުކޮށް އީމާންވެ ތައުބާގެ ހިނެވުމުން ހިނައިގަތެވެ. އަދި އޭނާ އަބަދުވެސް އުޅުނީ ފިލިޕު އާއި ވަރަށް ގާތްކޮށް އޭނާއާއި އެކުގައެވެ. އެއީ ފިލިޕުގެ ކިބައިން ފެންނަމުން ދިޔަ މުޢުޖިޒާތްތަކުގެ ސަބަބުން އޭނާ ހައިރާން ވީތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 8:13
16 ပူးပေါင်းရင်းမြစ်များ  

އެބައިމީހުން އެބައިމީހުންގެ ފާފަތަކަށް އެއްބަސްވުމުން އެކަލޭގެފާނު އެމީހުން އުރުދުން ކޯރުގައި ތައުބާގެ ހިނެވުމުން ހިނަވައިދެއްވިއެވެ.


އީމާންތެރިވި ފަރާތްތަކަށް މުޢުޖިޒާތްތައް ދެއްކުމުގެ ކުޅަދާނަކަން ލިބިދޭނެ. އެފަދަ މީހުންނަށް ޖިންނީގެ އުނދަގޫތަކުން މީސްތަކުން ރަނގަޅު ކުރުމަށާއި ތަފާތު އެކިއެކި ބަސްތަކުން ވާހަކަ ދައްކުމުގެ ކުޅަދާނަކަން ލިބޭނެ.


ހިލަބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއިވި އަދި އުފަލާއި އެކު އެބަސްފުޅުތައް ގަބޫލު ކުރި ނަމަވެސް އެބައިމީހުންގެ ހިތުގައި އެކަލާނގެ ބަސްފުޅުތައް ހަރުނުލުމުގެ ސަބަބުން އެމީހުން ހަމައެކަނި ކުޑަ ވަގުތު ކޮޅަކަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް އިތުބާރު ކޮށް އުނދަގޫތަކާ ދިމާވުމުން އެކަލާނގެ ކިބަފުޅަށް ކުރަންވީ އިތުބާރު ކުރުން ހުއްޓާލާ މީހުންގެ މިސާލު.


ބައްޕާފުޅު ދަރިކަލުންދެކެ ލޯބިފުޅުވެ ވޮޑިގެންވާތީ ބައްޕާފުޅު ކުރައްވާ ހުރިހާ ކަމެއް ދަރިކަލުންނަށް އަންގަވާ. ބައްޕާފުޅު މިއަށް ވުރެ އަދި މާ މަތިވެރި ކަންތައްތައް ކުރައްވަން ވެސް ދަރިކަލުންނަށް އަންގަވާނެ. އަދި އޭރުން ކަލޭމެން އެންމެން ވެސް މާހައިރާންވެ އަންތަރީސްވާނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ސަބަތުގެ ދުވަހެއްގައި ބަލި މީހެއްގެ ބަލި ރަނގަޅު ކުރީތީ ކަލޭމެން ތިބީ ހައިރާންވެފައި.


ޖެހިގެން އައި ސަބަތުގެ ދުވަހުގައި މުޅިރަށުގެ އެންމެން ހެން މާތްރަސްކަލާނގެ ދެއްވި ޚަބަރުގެ އަޑު އެހުމަށް ދީނީ މަރުކަޒަށް އައެވެ.


އާދަޔާ ޚިލާފު މުޢުޖިޒާތްތައް ދެއްކުމުގެ ބާރު މާތްރަސްކަލާނގެ ޕައުލް އަށް ދެއްވިއެވެ.


އެމީހުން މި ކަމާއި ހައިރާންވެ އަޖައިބު ވިއެވެ. އެއީ މިމީހާ އަކީ ކޮންމެ ދުވަހަކު ބައިތުލް މަޤްދިސްގެ ރީތި ދޮރާއްޓޭ ކިޔުނު ދޮރާށި ކާރީ ސަލާން ޖަހަން އޮންނަ ވާވެފައިވާ މީހާ ކަން އެމީހުންނަށް އެނގޭތީ އެވެ. ނަމަވެސް މިހާރު އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރަމުން އެހެރަ ހިނގަނީއެވެ.


އަހަރެމެންނާއި އެކު މި ކަންތައް ކުރުމަށް ބައިވެރިވުމަކަށް ކަލެއަކަށް އެއްވެސް ޖާގައެއް ނެތް. އަދި ކަލޭގެ ހިތުގެ މަގުސަދާއި ނިޔަތް ރަނގަޅު ނޫންކަން މާތްރަސްކަލާނގެ ދެނެވޮޑިގެންވޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ