މަންދޫބުންގެ މަސައްކަތް 7:9 - ކިތާބުލް މުޤައްދަސާ9 ޔޫސުފުގެފާނަކީ ވެސް ޔަޢުޤޫބުގެފާނުގެ ބާރަ ދަރިކަލުންގެ ތެރެއިން އެއް ދަރިކަލެއް. ޔޫސުފުގެފާނުގެ އެއްބަފާބޭބެއިން އެކަލޭގެފާނުގެ މައްޗަށް ވަރަށް ބޮޑަށް ހަސަދަވެރިވެ އެކަލޭގެފާނު އަޅެއްގެ ގޮތުގައި މިޞްރަށް ވިއްކާލި. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައިވި. အခန်းကိုကြည့်ပါ။ |
ވީމާ، ޔޫސުފުގެފާނު މިފަދައިން ވިދާޅުވިއެވެ. ”އަހަރެންގެ ގާތަށް އައިސްބަލަ.“ އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނުގެ އަރިހަށް އައުމުން، އެބައިމީހުންނަށް މިފަދައިން އެކަލޭގެފާނު ވިދާޅުވިއެވެ. ”އަހަރެންނަކީ ތިޔަބައިމީހުންގެ އެއްބަފާ ޔޫސުފު. އަޅު ކުއްޖެއްގެ ގޮތުގައި ތިޔަބައިމީހުން އަހަރެން މިޞްރަށް ވިއްކާލީމު.