މަންދޫބުންގެ މަސައްކަތް 7:8 - ކިތާބުލް މުޤައްދަސާ8 މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް އެންގެވި. ’ތިމަންކަލާނގެއާއި ކަލެއާއި ދެމެދު މި ކުރެވުނު ޢަހުދުނާމާ ހަނދާން ހުރިކަމާއި އަދި އެ ޢަހުދުނާމާގައި ކަލޭ އެއްބަސްވެފައިވާ ކަން ހާމަކުރުމަށްޓަކައި ކަލޭމެންގެ ހުރިހާ ފިރިހެންދަރިން ޚިތާނު ކުރަން ޖެހޭނޭ.‘ އެހެން ކަމުން އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ އުމުރުފުޅުން އަށްވަނައަށް ވީ ދުވަހު އެދަރިކަލުން ޚިތާނު ކުރެއްވި. އަދި ފަހުން އިސްޙާޤުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނު ޚިތާނު ކުރެއްވި. އަދި ޔަޢުޤޫބުގެފާނު ވެސް އެކަލޭގެފާނުގެ ބާރަ ފިރިހެން ދަރިކަލުން ޚިތާނު ކުރެއްވި. މިއީ އަހަރެމެންގެ ދަރިކޮޅުގެ މަޝްހޫރު ބާރަ ކާބަފައިކަލުން. အခန်းကိုကြည့်ပါ။ |
ޕަތަރަސް އެތަނުގައިވާ އެންމެންނާއި މުޚާޠަބު ކޮށް ބުނަމުން ގެންދިޔައެވެ. ”އަޚުންނޭ، އަހަރެމެންގެ މަތިވެރި ކާބަފައިކަލުން ދާއޫދުގެފާނު މި ބަސްފުޅުތައް ވިދާޅުވީ އެކަލޭގެފާނުގެ އަމިއްލަ ނަފްސުފުޅަށް މުޚާޠަބު ކުރައްވާފައެއް ނޫން. އެއީ އެކަލޭގެފާނު އަވަހާރަވެ ފަސްދާނު ލެވިފައި އެވަނީ އަހަރެމެންގެ ތެރޭގަ. މިހާރު ވެސް އެކަލޭގެފާނުގެ މަހާނަފުޅު އަހަރެމެންގެ ތެރޭގައި އެބަވޭ.