މަންދޫބުންގެ މަސައްކަތް 7:60 - ކިތާބުލް މުޤައްދަސާ60 އޭނާ ބިންމަތީ ކަކޫ ޖަހައިގެން އޮވެ ރޮއެގަތެވެ. ”މާތްސާހިބާ. އެމީހުންގެ މި ފާފައިގެ އަޒާބު އެމީހުންނަށް ނުދެއްވާފާނދޭ.“ ހަމަ އެހެން ބުނެ ނިމުނު ވަގުތު އޭނާގެ ފުރާނަ ދިޔައެވެ. အခန်းကိုကြည့်ပါ။ |
އެވަގުތު އީސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ދެންނެވިއެވެ. ”ބައްޕާ! އެބައިމީހުންގެ ފާފަ ފުއްސަވާ ދެއްވާ. އެބައިމީހުން އެކުރާ ކަންތައްތަކެއް އެބައިމީހުންނަކަށް ނުވިސްނޭ.“ އީސާގެފާނު ސަލީބަށް އެރުވުމުގެ ކަންތައް ކުރި ސިފައިންގެ މީހުން އެކަލޭގެފާނުގެ ހެދުންކޮޅު ލިބޭނެ މީހަކު ބެލުމަށް ގުރުއަތު ލިއެވެ.
މި އާޔަތްތަކުގައި މި ވަނީ މާތްރަސްކަލާނގެ ދާއޫދުގެފާނާއި މެދު އެންގެވި ބަސްފުޅުތަކެއް ނޫން. އެއީ ދާއޫދުގެފާނު މި ދުނިޔޭގައި އުޅުއްވާ އެކަލޭގެފާނަށް މާތްރަސްކަލާނގެ އެންގެވި ފަދައިން ކަންތައްތައް ކުރެއްވުމަށް ފަހު އަވަހާރަވި. އަދި އެކަލޭގެފާނުގެ ހަށިކޮޅު ވަޅުލެވުނު. އަދި އެ ހަށިކޮޅު ކުނިވެ ނެތިގެން ދިޔަ.
ނަމަވެސް ހަމަ އެ ހަފްތާ ހަމަވުމާއި އެކު އަހަރެމެން އަނެއްކާވެސް އަހަރެމެންގެ ދަތުރުގައި ކުރިއަށް ދިޔައީމެވެ. އީސާގެފާނަށް އީމާންވެގެންވީ ޖަމާޢަތުގެ ހުރިހާ ފިރިހެނުން އެމީހުންގެ އަނބިންނާއި ދަރިންނާއި އެކު އަތިރިމައްޗަށް އަހަރެމެން ފުރުވަން އައެވެ. އަދި އެތާނގައި އަހަރެމެން އެންމެން ކަކޫ މައްޗަށް ތިރި ވެ މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރީމެވެ.