Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 7:6 - ކިތާބުލް މުޤައްދަސާ

6 މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް އެންގެވީ އެކަލޭގެފާނުގެ ދަރިކޮޅުގެ މީހުން އެމީހުންގެ ޤައުމު ނޫން ބީރައްޓެހި ޤައުމެއްގައި އުޅެން ޖެހޭނެ ކަމުގަ. އަދި އެ ރަށުގައި އަޅުންގެ ގޮތުގައި ވަރަށް އަނިޔާލިބި ހަތަރުސަތޭކަ އަހަރު ހޭދަކުރާނެ ކަމުގަ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 7:6
5 ပူးပေါင်းရင်းမြစ်များ  

އެ ހިނދު މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠އަބްރާމް. ތިބާގެ އުމުރު ދިގުވެގެންވާނެ. ތިބާ މި ދުނިޔެ ދޫކޮށް ދާނީ އަމާން ކަމާއެކު. ތިބާއަށް ތިމަންކަލާނގެ ވަރަށް މަތިވެރި ވަޢުދެއް ކުރައްވަމު. ތިބާގެ ދަރިފަސްކޮޅު އެމީހުންގެ އަމިއްލަ ޤައުމެއް ކަމުގައިނުވާ ޤައުމެއްގައި ބިދޭސީންގެ ގޮތުގައި އުޅެން ޖެހޭނެ. އެ އަޅުވެތިކަމުގެ ދަށުގައި ހަތަރުސަތޭކަ އަހަރު ވަންދެން އެމީހުން އެގޮތުގައި ތިބޭނެ. އެމީހުން އަޅުވެތިކަމުގެ ދަށުގައި ގެންގުޅުނު ޤައުމަކަށް ތިމަންކަލާނގެ ގަދަވެގެންވާ ޢަޒާބެއް ފޮނުއްވާނަން. ފަހުން އެމީހުން އެ ޤައުމުން އެނބުރި ދާނީ ގިނަ ޢަދަދެއްގެ މުދަލާއި މުއްސަނދިކަން ހިފައިގެން.


އޭގެ ހަތަރު ދަރިފަސްކޮޅަށް ފަހު، ތިބާގެ އާއިލާގެ މީހުން މިރަށަށް އެނބުރި އަންނާނެ. އެއީ އަދި މިރަށުގައި އުޅޭ އަމޫރީން ފާފަކުރުމުގެ ހައްދުފަހަނަޅާއި ނުދާތީ.⁠“


އެހެންވީމާ އަހަރެން ކަލޭ ފޮނުވާނަން މިޞްރު ރަސްގެފާނުގެ ގާތަށް. ކަލޭ ގޮސް އެމީހުން މިޞްރުން ނެރޭ.⁠“


އަހަރެން މިބުނާ އެއްޗަކީ މޫސާގެފާނު ވަޑައިގެންނެވުމުގެ ހަތަރުސަތޭކަ ތިރީސް އަހަރު ކުރިން އިބްރާހީމްގެފާނާއި މާތްރަސްކަލާނގެ އާދެމެދު ކުރެއްވި ޢަހުދުނާމާއެއް، މޫސާގެފާނު ގެންނެވި އަމުރުފުޅުތަކާއި ގަވާއިދުގެ ސަބަބުން ބަދަލުކޮށް އުވައެއް ނުލެވޭނެއޭ، މިހެންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ