Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 7:59 - ކިތާބުލް މުޤައްދަސާ

59 އެމީހުން އިސްތިފާނު މަރާލުމަށް އޭނާގެ ގައިގައި ހިލަތަކުން ތަޅަމުން ދިޔަ ވަގުތު އިސްތިފާނު ދުޢާ ކުރިއެވެ. ”⁠މާތްސާހިބާ އީސާގެފާނު. މި އަޅާގެ ފުރާނައާއި ހަވާލުވޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 7:59
12 ပူးပေါင်းရင်းမြစ်များ  

”⁠ބައްޕާ! އަހަރެންގެ ފުރާނަ ބައްޕައާއި ހަވާލު ކުރަން.⁠“ މިހެން ވިދާޅުވި ހިނދު އެކަލޭގެފާނުގެ ފުރާނަފުޅު އެކަލޭގެފާނުގެ ހަށިކޮޅާއި ވަކިވެއްޖެއެވެ.


އެދުވަހުގެ ކުރިން މާތް ސާހިބާގެ ނަންފުޅުގަނެ އެނަންފުޅުގައި އެދެފި ކޮންމެ މީހަކު ދިންނެވޭނޭ.⁠‘


އެހެންވީމައި އިތުރަށް ދެން މަޑު ނުކުރާށޭ. ތެދުވެ އަވަހަށް ތައުބާގެ ހިނެވުމުން ހިނައިގަނެ މާތްސާހިބާގެ ނަންފުޅުގަނެ ދުޢާ ކޮށް ކަލޭގެ ފާފަތައް ފޮހެ ނައްތާލާށޭ.⁠‘


އަދި އަޅުގަނޑުމެން އަހާފައިވާ ގޮތުގައި އޭނާ ދިމިޝްޤަށް އައީ ވެސް ކަލޭގެފާނަށް އީމާންވާ އެންމެން ހައްޔަރު ކުރުމަށް. އަދި ކަލޭގެފާނަށް އީމާންވެ އަޅުކަން ކުރާ ކޮންމެ މީހަކު ހައްޔަރު ކުރުމަށް ބޮޑު އިމާމުންގެ ފަރާތުން އޭނާއަށް އެކަމުގެ ހުއްދަ ދިނުމުގެ ގޮތުން ޚާއްސަ ސިޓީއެއް ވެސް ދީފައިވާ ވާހަކަ އަޅުގަނޑުމެން ވަނީ އަހާފަ.⁠“


ޝާއުލްގެ ވާހަކަތައް އަޑު އެހި ކޮންމެ މީހަކު ހައިރާންވެ ބުނެއެވެ. ”⁠މީނާ މިއީ ޖެރޫސަލަމުގައި އީސާގެފާނަށް އީމާންވެ އެކަލޭގެފާނު އެންގި މަގުން އުޅުނު މީހުން ނައްތާލަން ގަދައަޅާ މަސައްކަތް ކުރި މީހާއެއް ނޫން ހޭ؟ އަދި އަހަރެމެންނަށް އިވިފައިވާ ގޮތުގައި މީނާ މި ރަށަށް އައީ ވެސް އީސާގެފާނު ގަބޫލު ކުރާ އެންމެން ހައްޔަރުކޮށްގެން ބޮޑު އިމާމުންގެ ކައިރިއަށް ގެންދަން.⁠“


ޒުވާންކަމުގެ ފާހިޝް އެދުންތަކުން އުފެދިދާނެ ވަސްވާސްތަކުން އެކަހެރިވާށެވެ. އެއާ ޚިލާފަށް ސާފު ހިތަކުން ދުޢާ ކުރާ މީހުންނާއި އެކުގައި ޞާލިޙު، ވަފާތެރި އީމާނަކާއި ލޮބުވެތި ސުލްޙަވެރި ދިރިއުޅުމެއް އުޅެމުން ދާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ