Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 7:58 - ކިތާބުލް މުޤައްދަސާ

58 އަދި އެމީހުން އިސްތިފާނު ދަމާ ގެންގޮސް ރަށުގެ ބޭރަށް ގެންދިޔައެވެ. ދެން އޭނާގެ ގަޔަށް ހިލަ އުކަން ފެށިއެވެ. އިސްތިފާނު އާއި ދެކޮޅަށް ހެކިދިން ހެކިން ދިޔައީ އެމީހުންގެ ގައިގައި ވީ ސާލުތައް އެތާނގައި ހުރި ޝާއުލްއޭ ކިޔުނު ޒުވާން ފިރިހެނަކާއި ހަވާލުކޮށްފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 7:58
17 ပူးပေါင်းရင်းမြစ်များ  

އެމީހުން ރުޅިއައިސްގެން އީސާގެފާނާއި ދިމާލަށް އެއްޗިހި ކިޔާ ހަޅޭއްލެވިއެވެ. މިއަވަށަކީ ފަރުބަދަމަތީގެ އަވަށެކެވެ. ދެން މިބައިމީހުން އީސާގެފާނު ތިރިއަށް ވައްޓާލުމަށް ގަސްތުކޮށް އެއަވަށް އޮންނަ ފަރުބަދައިގެ ކޮޅަށް އެކަލޭގެފާނު ގެންދިޔައެވެ.


އަދި މާތް ސާހިބާ އާއި ބެހޭ ގޮތުން ވާހަކަދައްކާ މީސްތަކުންނަށް އަންގައިދީ އުޅުނު އިސްތިފާނު ގައިގައި ގަލުން ތަޅާ މަރާލިއިރު ވެސް އަޅުގަނޑު އެތާނގައި އެބައިމީހުންނާއި އެއްކޮޅުވެ އެމީހުންނަށް ތާއީދު ކުރަން ހުރީމޭ، އަދި އެ ގަލުން ތެޅި މީހުންގެ ކޮނޑުގައި ވީ ފޮށާތައް ވެސް ބެލެހެއްޓީ ވެސް ހަމަ އަޅުގަނޑޭ.⁠‘


އެމީހުން ހަޅޭއްލަވަމުން ދިޔައެވެ. އަދި އެމީހުން ގަމީސްތައް ބާލާ އެ ހޫރާ އަދި ވެލި އުކާ ހެދިއެވެ.


ހަމަ އަޅުގަނޑު ވެސް އީސާގެފާނު ދެއްކެވި މަގުން އުޅުމަށް ގަސްތު ކުރި މީހުންނަށް އަނިޔާ ދިނީން. އަދި އޭގެ ތެރެއިން ބައެއް މީހުން މެރުމަށް ވެސް އެންގީން. އަދި އެމީހުންގެ ތެރެއިން އަންހެނުންނާ ފިރިހެނުން ދަމާ ބަނދެ ހައްޔަރުކޮށް ޖަލަށް ވެސް ލީން.


އަޅުގަނޑު ވެސް ކަންތައް ކުރީ ހަމަ އެ ފަދައިން. ޖެރޫސަލަމުގެ ބޮޑު އިމާމުން ދެއްވި ހުއްދައަށް އަޅުގަނޑު އީސާގެފާނަށް އީމާންވި އެތައް ބަޔަކު ޖަލަށް ލީން. އަދި އޭގެ ތެރެއިން މީހުންނަށް މަރުގެ އަދަބު ދެވުނު ހިނދު އެކަމަށް ރުހި އަޅުގަނޑު ވެސް ވޯޓުލީން.


އެހެންކަމުން އެމީހުން ބަޔަކު ލައްވާ ދޮގު ވާހަކައެއް ފެތުރިއެވެ. މިމީހުން ބުންޏެވެ. ”⁠އިސްތިފާނު މާތްރަސްކަލާނގެ އާއި އަދި މޫސާގެފާނާއި ދެކޮޅަށް އެއްޗިހި ކީ އަޑު އަހަރެމެން އެހީން.⁠“


އެމީހުން އިސްތިފާނު އާއި މެދު ދޮގު ހެކި ދިނުމަށް އެތަނަށް ބަޔަކު ގެނައެވެ. އެ ދޮގު ހެކިން ބުންޏެވެ. ”⁠މީނާ އަބަދުވެސް ބައިތުލް މަޤްދިސާއި އަދި މޫސާގެފާނު މެދުވެރިކޮށް ފޮނުވުނު ޤާނޫނާއި ގަވާއިދުތަކާއި ދެކޮޅަށް ވާހަކަދައްކާ ހަދާ.


ހަމައެވަގުތު ބަނީއިސްރާއީލުގެ ދީނީކޯޓުގައި ވީ އެންމެން އިސްތިފާނުގެ އެ ވާހަކަތަކުގެ އަޑުނާހަން ވެގެން ކަންފަތުގައި އަތް އަޅާ ހަޅޭއްލަވަން ފެށިއެވެ. އަދި އެންމެން އެއްފަހަރާ އޭނާއާ ދިމާޔަށް ދުއްވައިގަތެވެ.


ހިލައިންތަޅާ އިސްތިފާނު މަރާލުމަށް ޝާއުލް އެއްބަސްވިއެވެ. އެދުވަހު ޖެރޫސަލަމުގައި އީސާގެފާނަށް އީމާންވެގެން ތިބި އެންމެންނަށް މީހުންގެ ފަރާތުން ވަރަށް ބޮޑެތި އަނިޔާތައް ލިބެން ފެށިއެވެ. އެހެން ކަމުން އީސާގެފާނުގެ މަންދޫބުން ފިޔަވާ އެކަލޭގެފާނަށް އީމާންވެގެން ތިބި އެންމެ ހާ މީސްތަކުން ޖުދެއާ އާއި ސަމީރިއްޔާ އަށް ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ