މަންދޫބުންގެ މަސައްކަތް 7:51 - ކިތާބުލް މުޤައްދަސާ51 އިސްތިފާނު ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. ”ކަލޭމެންނަކީ ގޮތް ދޫ ނުކުރާ ޖާހިލު މާތްރަސްކަލާނގެ ކިބަފުޅަށް އީމާން ނުވާ ބައެއް. ކަލޭމެންގެ ކަންފަތްތައް ތިޔަ ވަނީ ބަންދުވެފަ. އެހެން ކަމުން ކަލޭމެންނަކަށް މާތްރަސްކަލާނގެ ބަސްފުޅުގެ އަޑެއް ނީވޭ. ކަލޭމެން އަބަދުވެސް މާތްރަސްކަލާނގެ މާތްރޫޙުފުޅާއި ދެކޮޅުވެރިވޭ. ކަލޭމެންގެ ކާބަފައިން ވެސް ކަން ކުރީ ހަމައެފަދައިން. အခန်းကိုကြည့်ပါ။ |
އެހެނީ މާތްރަސްކަލާނގެ މޫސާގެފާނު ގާތު މިހެން ބުނާށޭ ވަޙީ ކުރައްވާފައިވެއެވެ. ”ކަލޭމެންނީ ބޯހަރު ނުކިޔަމަންތެރި ބައެކޭ. އަހަރެން ކަލޭމެންނާއެކު ދަތުރު ކުރަން ވެއްޖެނަމަ ކަލޭމެން ނައްތާލެވިދާނެޔޭ. ކަލޭމެންގެ ޖަވާހިރާއި ރީތި ހެދުންތައް ބާލާށޭ. އޭރުން ކަލޭމެންނާ މެދު ކަންތައް ކުރަންވީ ގޮތެއް ތިމަންކަލާނގެ ހިންމަވާފާނަމޭ.“
އެކަލޭގެފާނު ދެންނެވިއެވެ. ”އޭ ސާހިބުވަންތަ ކަލާނކޯ! އިނބަރަސްކަލާނގެ މިއަޅާއާ ރުހިވޮޑިގެންވާނަމަ އަޅަމެންނާއެކު މި ދަތުރުގައި ވޮޑިގެންފާނދޭވެ! ތެދުފުޅެއް! މިމީހުންނަކީ ގޮތް ދޫނުކުރާ ބައެއް. އެކަމަކު އަޅަމެން ކުރި ވިޔާނުދާ ނުބައި ފާފަތަކަށް މަޢާފު ކުރައްވާފާނދޭވެ! އަޅަމެންނަކީ އިނބަރަސްކަލާނގެ އަމިއްލަފުޅު ބައެއްގެ ގޮތުގައި ލައްވާފާނދޭވެ!“
މޫސާގެފާނަކީ ބަނީއިސްރާއީލު މީހުން އެމީހަކާއި ގަބޫލު ނުވި މީހާ. އެމީހުން މޫސާގެފާނާއި ދިމާލަށް ބުނި. ’ކަލޭ ތިޔައީ އަހަރެމެންގެ ވެރިޔާ ނުވަތަ ގާޒީ ކަމުގައި ލީ ކާކު ހޭ؟‘ ނަމަވެސް އަދަމުން ދިޔަ ގަހުގެތެރެއިން މާތްރަސްކަލާނގެ ދެއްކެވި މަލާއިކަތާ މެދުވެރިކުރައްވާ ބަނީއިސްރާއީލު މީހުންގެ މައްޗަށް ވެރިކަން ކުރުމަށާއި އަދި އެމީހުން ސަލާމަތް ކުރުމަށް އެކަލާނގެ ފޮނުއްވީ ހަމަ އެ މޫސާގެފާނު.
އެކަމަކު އަހަރެމެންނަކީ އަސްލު ގޮތުގައި ޚިތާނު ކުރެވިފައިވާ ބައެކެވެ. ސަބަބަކީ އަހަރެމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރަނީ އެކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ. އަދި އަލްމަސީޙު އީސާގެފާނު ކުރެއްވި ކަންތަކަށްޓަކައި އަހަރެމެން ފަޚުރުވެރިވަމެވެ. އަހަރެމެންގެ ނަފްސުތަކާމެދަކު އަހަރެމެންގެ އިތުބާރެއް ނުވާ ޙާލުގައެވެ.